އިންޑިއާގައި ސަލާންޖަހަން ތިބި ބައެއްގެ ފަތިފުށް ބެލިއިރު، އެ މީހުންނަށް ފައިސާ ދޭ މީހުންނަށްވުރެ މުއްސަނދިިކަން ހާމަވެއްޖެއެވެ.

"އިންޑިއަން ޓައިމްސް" ގައި ވަނީ ސަލާންޖަހައިގެން މުއްސަނދި މަހުޖަނުންނަށް ވެފައި ތިބި އެގައުމުގެ 7 މީހެއްގެ ފަތިފުށް ހާމަކޮށްފައެވެ.

އެނޫހުން ބެލި ބެލުމުން ހާމަވި ގޮތުގައި ސަލާން ޖަހައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ މުއްސަނދިވީ ބާރަތު ޖައިންއެވެ. ސަލާން ޖަހައިގެން އާންމުދަނީ ހޯދާ މި މީހާ މިހާރު ވަނީ ދެ އެޕާޓްމެންޓް ގަނެފައެވެ. އަދި ކޮންމެ މަހަކު ސަލާން ޖަހައިގެން އެވްރެޖްކޮށް 70،000 ރުޕީސް އޭނާއަށް ލިބޭ ކަމަށްވެއެވެ. އެއީ 15،587 ރުފިޔާއެވެ.

އެ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން ދެވަނައަށް ފާހަގަކުރެވުނީ ލަކަޝްމީ ޑަސްއެވެ. އުމުރުން އެންމެ 16 އަހަރުން ފެށިގެން ސަލާން ޖަހަން ފެށި އޭނާއަށް މިހާރު 50 އަށް ވުރެ ގިނަ އަހަރު ވެއްޖެއެވެ.

އޭނާގެ ސޭވިންގް އެކައުންޓްގައި މިލިއަނުން ފައިސާ ރައްކާކޮށްފައި ހުރިއިރު މިހާރުވެސް ދުވާލެއްގެ މައްޗަށް އާންމުކޮށް 1000 ރުޕީސް ލިބޭކަމަށްވެއެވެ. އެހެންނަމަވެސް މި މީހާއާއި ގުޅޭ އިތުރު މައުލޫމާތެއް ހޯދިފައި ނުވެއެވެ.

އިންޑިއާގެ ރިޕޯޓަރުން ބުނާ ގޮތުގައި ކްރިޝްނާ ކުމާރު ގްލައިޓްއަށް ސަލާން ޖަހައިގެން އާންމުކޮށް ދުވާލެއްގެ މައްޗަށް 1500 ރުޕީސް ހޯދައެވެ. ބެލިބެލިމުން އެނގިގެން ދިޔައީ އޭނާގެ އަމިއްލަ ފްލެޓެއް މުންބާއީގައި ހުރިކަމެވެ. އެތަނަކީ ފެންވަރު ރަނގަޅު، ލަގްޒަރީ ތަނެއްކަން ފާހަގަކޮށްލެވެއެވެ.

ހަތަރުވަނަ މީހެއްގެ ގޮތުގައި ފާހަގަކުރެވުނީ ބުރުޖު ޗަންދްރާއެވެ. އޭޭނާގެ ބޭންކް އެކައުންޓްގައި 8.7 ލައްކަ ރުޕީސް ހުރި އިރު އަތުގައި 1.5 ލައްކަ ނަގުދު ފައިސާ ހުރިކަމަށްވެއެވެ.

މީގެ އިތުރުން އަމިއްލަ ގެއެއް އިންޑިއާގެ ގޮވަންޑީގައި ހުރެއެވެ. މި މައުލޫމާތުތައް ހާމަވެގެން ދިޔައީ 2019 ވަނަ އަހަރު ހިނގި އެކްސިޑެންޓްއެއްގައި މި މީހާ މަރުވުމުންނެވެ.

ދިމާވި އެކްސިޑެންޓަކާއި ގުޅިގެން ޕާޕު ކުމާރު ސަލާން ޖަހަން ފެށިއެވެ. ރިޕޯޓްތަކުން އެނގޭ ގޮތުގައި 1.5 ލައްކަ ރުޕީސް އޭނާ އަތުގައި އެބަހުއްޓެވެ. އަދި އެސެޓްގެ ގޮތުގައި 2 މިލިއަނަށްވުރެ އަގު ހުރި މުދާ އޭނާގެ އަތުގައި އެބަހުރިއެވެ.

ފަސްވަނަ މީހެއްގެ ގޮތުގައި މައްސު ކިޔާ މީހެއް ފާހަގަވެފައިވާއިރު ސަލާން ޖަހައިގެން ދުވާލެއްގެ މައްޗަށް 1000 އާއި 1500 ރުޕީސް އާއި ދެމެދުގެ އާންމުދަނީ އޭނާއަށް ލިބޭ ކަމަށްވެއެވެ. އޭނާގެ ދެ ފްލެޓެއް ހުރިކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓް ކުރެއެވެ.

ހަވަނަ މީހެއްގެ ގޮތުގައި ސަވާތިއާ ޑެވީ ފާހަގަކުރެވިފައި ވާއިރު އޭނާއަށް މަހެއްގެ މައްޗަށް 50،000 ރުޕީސް ލިބޭ ކަމަށްވެއެވެ. އަދި އަހަރެއްގެ މައްޗަށް އިންސޯރެންސްގެ ގޮތުގައި 36،000 ރުޕީސް ދައްކަމުންދާ ކަމަށްވެއެވެ. އޭނާ ސަލާން ޖަހަން ހުންނަނީ އާޝްކޯކް ސިނަމާ ކައިރީއެވެ.

ހަތްވަނަ މީހަކަށް ސަމްބާޖީ ކާލްއެވެ. އޭނާ ފާޙަގަކުރެވިފައި ވަނީ ވަރަށް ތޫނުފިލި މީހެއްގެ ގޮތުގައެވެ. ސަލާން ޖަހަން އޭނާ އެކި އުކުޅުތައް ގެންގުޅޭއިރު ދުވާލެއްގެ މައްޗަށް އެތައް ފައިސާއެއް ހޯދާކަމަށްވެއެވެ. ނަމަވެސް އެ އަދަދު ހޯދިފައި ނުވެއެވެ.

އިންޑިއާގެ ރިޕޯޓަރުން ބުނާ ގޮތުގައި މީނަގެ ރިއަލސް ސްޓޭޓް ވިޔަފާރީއެއް އޮވެއެވެ. އަދި ފްލެޓަކާއި ފެންވަރު ރަނގަޅުކޮށް ހަދާފައިވާ ދެ ގެވެސް ހުރެއެވެ. އޭނާގެ ބެންކް އެހކައުންޓްގައި މިލިއަނުން ރުފިޔާވެސް އެބަހުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތުނިޔަ

    އިންކްރެޑިބަލް އިންޑިޔާ.

  2. ރ

    މިރާއްޖޭގައި ވެސް ތީގެ މީހުން ވަރަށް ގިނަ މުއްސަދިންގެ ގޮތުގައި އުޅޭނެ