ދިގު ދަތުރެއްކޮށް ދަރިފުޅުގެ ގްރެޖުއޭޝަން ފާހަގަ ކުރަން ދިޔަ ބައްޕައަކު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

އިންގްލޭންޑްގައި ހިނގާދިޔަ މި ހާދިސާގައި މަރުވެފައިވާ އުމުރުން 45 އަހަރުގެ ޝޭން ސްކޮޓް އަކީ ހަތަރު ކުދިންގެ ބައްޕައެކެވެ. އެއީ އުމުރުން ތިން އަހަރާއި 20 އަހަރާއި ދެމެދުގެ ދެ ފިރިހެން ކުދިންނާއި ދެ އަންހެން ކުދިންނެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ދަރިފުޅުގެ ގްރެޑުއޭޝަން ފާހަގަ ކުރުމަށް އޭނާ ވަނީ 200 މޭލުގެ ދިގު ދަތުރެއް ކޮށްފައެވެ. އެހެން ނަމަވެސް އޭނާގެ ނިމުން ވެގެން ދިޔައީ އެއްވެސް މީހަކަށް ގަބޫލު ކުރެވޭނެ ގޮތަކަށް ނޫނެވެ.

ގްރެޖުއޭޝަން ފާހަގަ ކުރުމުގެ ގޮތުން ދަރިފުޅު ގޮވައިގެން ބޭރަށް ކާންދާ އޭނާ ވަނީ ވިސްނާފައެވެ. އެހެންކަމުން ދަރިފުޅު ބަލައި ދާން ވެގެން ބައްޕަ މެންގެއިން އޭނާ ދިޔައީ ވަރަށް ވެސް އުފަލާއި އެކުއެވެ. އެހެން ނަމަވެސް އެގެއިން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިތުރު ކާރަކާއި ޖެހި ވަނީ އެކްސިޑެންޓެއް ހިނގާފައެވެ.

އެހާދިސާއާއި ގުޅިގެން އޭނާގެ ބައްޕަ ބުނެފައިވަނީ އޭނާގެ މަރު އަދިވެސް ގަބޫލު ނުކުރޭ ކަމަށާއި އެހާ ކައިރީގައި ހުރެފައި ކުއްލިއަކަށް ވަކިވާނެ ކަމަށް ގަބޫލެއް ވެސް ނުކުރެވުނު ކަމަށެވެ.

"އަޅުގަނޑުމެންނާއި އެކީ ހުރެފައި ގެއްލުނީ. އޭގެ ފަހުން އެ ހާދިސާ ހިނގީ" ސްކޮޓްގެ ބައްޕަ އާތާ ބުންޏެވެ.

އޭނާ ބުނީ، ސްކޮޓް އަކީ މީހުންނާއި ގުޅިގެން އުޅޭ މީހަކު އެހީތެރިކަމަކަށް ބޭނުން ވެއްޖެ ހިނދެއްގައި އެކަމެއް ކޮށްދީގެން އުޅޭ އެންމެންގެ ލޯބި ލިބިފައިވާ މީހެއް ކަމަށެވެ.

އޭނާގެ މަރާއި ގުޅިގެން އެގައުމުގެ ފުލުހުން އެކަން ތަހުގީގު ކުރަމުން އަންނައިރު، އެކްސިޑެންޓް ހިނގި އަނެއް ކާރު ދުއްވަން އިން މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި ހާދިސާގެ ތަހުގީގަށް ފުލުހުން ވަނީ މަންޒަރު ދުށް ފަރާތްތަކުގެ އެހީއަށް އެދިފައެވެ.