މަޝްހޫރު ޓިކްޓޮކް ތަރި މަރިޔަމް ޝިފާ ދެވަނަ ފަހަރަށް ބުރުގާ ބާލާފައި ބުރުގާ އެޅި ޚަބަރާއެކީ މީސް މީޑިއާ ކެކިގަތެވެ. މީސް މީޑިއާ ކެކިގަތީ އޭނާ ބުުރުގާ އެޅުމަށްފަހު މަހެއްހާ ދުވަސް ފަހުން އަނެއްކާވެސް ބުރުގާ ބާލާފައިވާއިރު، އޭނާ އެއިރު ބުރުގާ އެޅުމަށްފަހު ބުނީ، މިއީ "އެކްޓެއް ނޫން ކަމާއި، މިއީ ހަގީގަތެއް" ކަމަށެވެ.

ބުރުގާ އަޅައިގެން އިން ފޮޓޯއަކާއިއެކު ޝިފާ އާއްމުކުރި "ސްޓޯރީ" ގައި ލިޔެފައި ވަނީ މިއީ އާފެށުމެއް ކަމަށެވެ.

އޭނާ ބުރުގާ އެޅުމަށްފަހު، ޓިކްޓޮކް އެކައުންޓްގައި ހުރި ވީޑިއޯތައްވެސް ޑިލިޓް ކުރިއެވެ. މިއާއެކު ގިނަބަޔަކު ހީކުރީ ހަމަ އަސްލުވެސް ދެން ޝިފާ ބުރުގާ ނުބާލާނެ ކަމަށެވެ.

އެހެން ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. އެންމެން ހައިރާންކޮށްލީ އޭނާ އަލުން ބުރުގާ ބޭލުމަށްފަހު، މީސް މީޑިއާއަށް ދޫކޮށްލި ވީޑިއޯ ކްލިޕާއި އެކުގައެވެ. އޭނާ ބުރުގާ ބޭލިކަން ހާމަކުރީ ސަންގު ޓީވީގެ އެންޓަޓައިންމެންޓް ޗެނަލް މެދުވެރިކޮށެވެ.

ޓިއުޒް ޑޭ ނައިޓް ޝިފާގައި، އޭނާ ބުރުގާ ބޭލި ގޮތާއި ގުޅޭގޮތުން ބެލުންތެރިއަކު ސުވާލު ކުރުމުން އޭނާ ވަނީ އެކަމާއި ވަރަށް ދެރަވިކަން ހާމަކޮށްފައެވެ.

"ބުރުގާ މި ނެގީ ވަގުތުގެ ގޮތުން ތަންކޮޅެއް އުނދަގޫވީ ޝިފާއަށް ކަންތައްތަކުގައި، ވަރަށް ބައިވަރު ރީޒަންސްތަކެއް ހުރެގެން ބުރުގާ ނެގީ އެއްވެސް ވަރަކަށް ނަގާހިތުންނެއް ނޫން، ވަރަށް ދެރަވި ނަގަން، ހަމަ ހިތައް އެރީމަވެސް ވަރަށް ދެރަވި، އެނގޭ ހަމަ މާރަނގަޅުކަމެއް ނޫންކަން މި ކުރެވުނީ އަޅާފައި ނަގަން ޖެހުނީމަ" ޝިފާ ބުންޏެވެ.

ޝިފާ ބުނީ، ކޮންމެވެސް ދުވަހަކުން އަދި ބުރުގާ އަޅާނެ ކަަމަށެވެ. އަދި ދެން އަޅާނީ "ޕާމެނެންޓްކޮށް" އަޅާފައި ނުނަގާ ގޮތަށް ކަމަށްވެސް ބުންޏެވެ. އަދި އިތުރު ގޮތަކަށް ދެން ނާޅާނެ ކަމަށް ޝިފާ ބުނެފައި ވެއެވެ.

ޝިފާއަކީ ޓިކްޓޮކްގައި ވަރަށް ބޮޑަށް ވިދާލި ދިވެހި ތަރިއެކެވެ. އޭނާ ޓިކްޓޮކްގައި ދެއްކި ހުނަރުވެރިކަމާއެކު އެތައް ފިލްމަކުން ފުރުސަތު ލިބުނެވެ. އަދި އިޝްތިހާރުތަކުންނާއި، ބައެއް ޕްރޮގްރާމްތަކުންވެސް ފުރުސަތު ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ޢަހ

    ޢޭނަ ބުރުގާ ބާލައިގެން ދެރަވަންޔާ އޭނައަށް ހިދާޔަތް ދައްކަވައިތޯ ދުޢާ ކޮށްބަލަ. މީހުންނާ މައްލަވަ ކޮށް ލަދުގަންނަވައިގެން ހިދާޔަތް ލިބޭތަ. ޢޭނަ އެކުރީ ގޯސް ކަމަކަށް ވާ ފަދައިން އޭނާއަށް ބަސުބަސް ބުނާ މީހުންވެސް އެކުރަނީ ހަމަ ގޯސް ކަމެއް.

    79
    10
    • ދޮދި

      ޕާމެނެންޓްކޮށް ދުނިޔޭގެ ހުރެވޭނެ ތޯ ސުވާލަކީ؟؟އޭނައަށް ހިދާޔަތް ދައްކަވައިތޯ ދުޢާ ކުރަން

      25
      2
  2. ޟަޒް

    ނަފްސާނީ ބަލި ޖެހިފަ. ނީޑް ހެލްޕް.

    79
    3
  3. غ

    ތެދުމަގު ދައްކަވާށި

    90
    1
    • Shifaa

      ާameen

      33
      1
  4. ކައިސް

    ދެން ބުރުގާ އަޅަން ވަގުތު ނުވަނީސް މިފަނާވަނިވި ދުނިޔެ އާ ވަކިވާން ޖެހިއްޖެ ނަމަ ކިހިނެއް ހަދާނީ. އޭރުން އޮންނާނީ ވަގުތު ފާއިތުވެފަ.

    118
    4
    • ޝިފާ

      އެކާމާ ވިސްނުން އެންމެ އަައުލާ ކަންބޮޑީ އޭނަ ، ކައިސް ރަނގަޅުވާނީ ކައިސް ވަކިވާނެ ވަގުތަކަށް ތައްޔާރަށް ހުރީމަ، ދިން ނަސޭހަތަށް ޝުކުރިއްޔާ

      19
      22
      • ބޯ ހަލާކު

        ނަސޭހަތެއް ދޭ މީހާ އާ ދިމާލަށް ކަލޭވެސް މިހެން ހަދާށޭ އެހެން އުޅޭށޭ ބުނުމަކީ ވަރަށް ހަޑި ކަމެއް

        23
        1
    • ކޭ

      ދެން ވަގުތުފާއިތު ވާނީ ކަލެއަކަށް ނޫނެއްނު ހިތުން ދުނިޔޭގަ އުޅެނީ ޝިފާއެކަނިތަ އެތައް މިލިއަން މުސްލިމްނޫން އަދި މުސްލިމުންތެރޭގައިވެސް މާނުބައިއަނިޔާވެރި މީހުންއުޅޭ މިމަންޖެ އަދި މީހަކަށް އަނިޔާއެއް ކުރީނޫން ވިއްޔަ އެ އެންމެންނަށްވެސް ލައުނަތް ލައިލައި އޮންނަންވީނު.

      4
      25
  5. އެމްޑީސުމާން

    ސިފާ އަކި މިވަގުތު ރާއްޖޭ ހުރި އެންމެ މޮޅު ފިލްމް އިސްޓާރު

    9
    109
  6. ޣޮފީ

    ޙުރި ހަޔާތްކުޑަކަން

    82
    7
  7. ސިމާ

    އަދިވެސް ނަގާނެ.އެއް ފުޅަންމަތިން ފުންމާލި ބަކަރި އަނެއް ފުޅައްމަތިންވެސް ފުންމާލާނެ.ތީ މަޝްހޫރުވާނެވެގެން ކުރިކަމެއް.

    75
    6
  8. Anonymous

    ހެޔޮވާނީ ކިހިނެތް... ﷲ އަށް ޓަކައި އެޅިނަމަ ބުރުގާ ނަގާ އެއްލާލާކަށް ނުކެރުނިސް....
    ﴿31﴾ وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ
    އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخ ންނަށް، ނުވަތަ އެކަނބަލުންގެ أخ ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخت ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورة ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ.
    [ އަންނޫރު 31 ވަނަ އާޔަތް ]

    110
    3
    • މީ

      އަޅުގަނޑު އަޅަނީ މޫނު ބުރުގާ

      2
      1
  9. ޢަންމާރު

    މިކަހަަލަ ތާކުން ތާކު ނުޖެހޭ ހަބަރު ނުލިޔެ، ކީއްތަވާނީ މަރާ ހަނގުރާމަ ކުރަމުންދާ ދިވެހި ދަރިންގެ ހައްގުގާ ސަރުކާރަށް ޕުރެޝަރުކޮށްލިއްޔާ. ރުފިޔާ ލިބޭތޯ ސަލާން ޖަހަނީ ކިތައް މީހުން. ނުފެނޭތަ

    89
    6
  10. އަލީ

    މިދެންކިހާދެރަކމެއް އޭނަބާލާ އެއްޗެއް ބާލަފާނެއެއްނޫން ކަލޭމެއްނަން ތިއަރަނީކޮން ވަރެއްތަ

    37
    11
  11. Anonymous

    މިއަދު އުނދަގޫވެގެން ފަސޭހަ ގޮތް ގޮތައް އުޅެވިދާނެ ، މަރުވީމަ ހުރޭ ދެރަވެ ހިތާމަ ކުރަން.

    66
    2
    • ހަސީ

      މަރުވީމާ މުޅި ހަށިގަނޑު ނިވާކޮށްގެން މިސްކިތަށް ގެންދާނެ ދޯ.

      20
      4
  12. ދެރަ

    إِنَّ الَّذِينَ آمَنُوا ثُمَّ كَفَرُوا ثُمَّ آمَنُوا ثُمَّ كَفَرُوا ثُمَّ ازْدَادُوا كُفْرًا لَّمْ يَكُنِ اللَّهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ سَبِيلًا (137)
    ސޫރަތުއްނިސާގެ 137، މާނަ ބައްލަވާށެވެ!

    36
    1
  13. ރަނާ

    ޜީޒަން އަކީ މީހަކު ބުނެގެން ބު ރުގާ އެޅިިކަން އެއީ މަންމަ ކަމަށް ވިޔަސް. ﷲ ގެ އަމު ރުފުޅަށް ކިޔަމަން ވުމުގެ ގޮތުން އައު ރަ ނިވާ ކު ރުމަށް ބު ރުގާ އެޅި ނަމަ ބު ރުގާ ނުބާލާނެ. މިއަދު ތިޔަ ފާޑަށް އުޅެވިދާނެ . އެކަމަކު ހަނދާން ކު ރަން ޖެހޭ ކަަމަކީ މި ނޫން ދުވަހެއް އޮތްކަންް.

    68
    3
  14. ސޭން

    ފަހުން ބުރުގާ އަޅަން ތިބާ ދުނިޔޭގައި ހުންނާނެެ ކަމާއިމެދު އޮތީ ކޮން ޔަޤީން ކަމެއް ހެއްޔެވެ. ތިބާއަށް ލިބުނު ކުޑަ ވަގުތުކޮޅުގެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މަސައްކަތް ކުރާށެވެ. މާތް ﷲ ތިބާއަށް ހިދާޔަތް ދެއްވައި ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤް ދެއްވާށި. އާމީން...

    28
  15. އައިޝާ

    ދެން ބުރުގާ އަޅާނެކަމެއްނެތް. އަނެއްކާވެސް އަޅައިގެން ކެތްނުވެގެން ބުރުގާ ބާލަން މާގިނަ ދުވަސްތަކެއް ނުވާނެ.

    12
    2
  16. ދުރުމި

    ޝިފާ އެބުނީ ރަނގަޅު ވާހަކައެއް. ޝިފާ ޕާމަނަންޓް ކޮށް ބުރުގާ އަމިއްލައަށް ނޭޅިއަސް ޕާމަނަންޓްކޮށް ބުރުގާ ކޮންމެވެސް ބަޔަކު އަޅުވާނެ ދުވަހެއް އަންނާނެ. އެއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް. އެއީ، ޙަޔާތުގެ ފުރަތަމަ މަރުޙަލާ ނިމޭދުވަސް. ޝިމާމެން ފަދަ ކުދިންނަށް ތެދުމަގު ދައްކަވާށި!

    24
    1
    • ނިމާ

      ޓްރޫ. ދިސް ހިޓް މީ ހާޑް

  17. ދެރަވޭ

    މަރުވާ ދުވަސްވެސް އެގެނީތޯ. ބިރުވެތިވޭ ހަމަކުއްލިއަކައްވެސް މަރުވެދާނެ ރަނގަޅު އެއްވެސް ކަމެއް ފަހުންކުރަން ނުބަހައްޓަވާ.

    17
    1
  18. އަފީ

    އިސްލާމްދީނުގެ ހުކުމްތަށް ކުޅޭ ކުޅޭ ކުޅިވަރަކަށްވެސް ވެއްޖެ

    17
  19. އަޙްމަދު

    ހެޔޮގޮތް ވިސްނޭނެކަމަށް އުއްމީދު ކުރަން!

    14
  20. ރިހި ރާންބާގަސް

    އިންޝާﷲ އަދި މިކުއްޖާއަށް ތެދުމަގު ދައްކަވާ އެމަގުން ހިނގުމުގެ ތައުފީގް ދެއްވަވާނެ

    25
  21. ބޯގޯސް

    އަނހާ ތިޔަ ހެދީ ކިހިނެތް

  22. މަރުމޯލް

    މޮޔަ އަކާއި ވަރަށް ވައްތަރު.
    އެއްގޮތަަކަށްވެސް ބޯ ހަމަޖެހޭ ފާޑެއް ނުޖަހާ މީނާ ގަޔަކު

    24
  23. ޒިވީ

    ޕާމަނަންޓް ކޮށް ބުރުގާ އަޅަން ހުއްޓާ ޕާމަނަންޓަކޮށް ވެލިގަނޑު ދަށަށް ލައިފިއްޔާ؟ ޢެދުވަހު ގައިމުވެސް އެހެން ބަޔަކު އައުރަނިވާ ކޮށްދޭނެ. ވަގުތު އެއީ ހޯދީމަ ލިބޭ އެއްޗެއް،،، އެހެންނޭ ކިޔާފަ ނުވާނެ ބުރުގާ ބާލާކަށް،،، މުސްލިމް އުހުތުންނަށް ހެޔޮވިސްނުން ދެއްވާ ހެޔޮ ރަހުމަތް ލައްވާންދޭވެ، އާމީން

    10
    1
  24. އަހުމަދު55

    މީ ވަރަށް ރީތި މަންޖެއެއް އެކަމު މިހާ އަވަސް އަވަހަށް ހިޔާލުބަދަލުވަންޏާ ކުރަންއުޅޭ އެއްވެސް ކަމެއް އެޗީވްއެއް ނުކުރެވޭނެ. ހެދުންބަދަލު ކުރާހެން ބިޓުން ބަދަލުކުރާހެން ހަމަހީވޭ... ބަޓް ސްޓިލް އައި ނޯ ނަތިންގ.....

    3
    1
  25. މަ

    އަޅަންޏާ އަޅާ ނާޅަންޏާ ނާޅާ ބުރުގާ މީ ޖޯކަކައްނަހަދާ
    ކުރިންވެސް ބުރުގާ އެޅީއޭ ނުބުނެ ތިމަންނަ ބުރުގާ އަޅައިގެން އުޅެވޭތޯ ޓެސްޓް ކޮއްލަން ބޮލުގަ ފޮތިކޮޅެއް އޮޅާލީއޭ ބުނިނަމަ … ވެއްޖެ އެންމެންނައް އަންގާ އިއުލާންކުރަން

    3
    1
  26. ޔަކް

    އެޓެންޝަން ސީކަރ

  27. އަލީ

    ތިމަންޖެގެ ސިކުނޑި ހަމަޖެހޭތޯ އެބަޖެހޭ ޓެސްޓް ކޮއްލަން

  28. Anonymous

    އެކަމު ތިބުނާ ވީޑިއޯއަކަށް ބަލާލާފަ ހިއެއްނުވޭ ކަލޭ ބުރުގާ ނަގައިގެން ދެރަވެފަ ހުރިހެންނެއް.ދެން ކޮންމެ ސް އެއްޗެކޭ ކިޔަންޖެހޭނެތާ ކުރެވުނު ކަންތައް ރީތިކަމުން ލަދުންވެ ސް

  29. Anonymous

    މުނާފިގުކަން ތިޔަ ދެއްކި ވާހަކައިން ހާމަވެގެން ދިޔައީ

  30. ހައްގު ތެދު

    ނަރަކަ ވަންތަވެރިންގެ ތެރޭން ވާ ބާވަތެއްގެ ބައެއް މީވެސް.

  31. ޢަފީ

    ކޮންމެސް ދުވަހަކުން އަދި ބުރުގާ އަޅާނަމޭ ބުނާއިރު، އުމުރުގަ ބާކީއޮތީ ކިހާ ދުވަހެއްކަން އަނގެނީތޯ؟

    1
    1
  32. ނަޝީދު

    ބުރުގާ އަޅާފަ ބާލަންޖެހޭ ހުއްޖަތެއްވެސް ބުނެދޭންވާނެދޯ ތީ ހަމަ މަޝްހޫރު ވުމައް ކުރާނެ ކަމެއް ނޭނގިގެން ކުރި ކަމެއް ތީ ހަމަ ނުބައި ނުލަފާކަމުން އުޅޭވައްތަރެއް ދެން ކޮންކަމެއް ބޭނުމަކީ ފިރިހެނުން ގިނައިން މަގު ފުރެއްދުން .............