ބޮލީވުޑްގެ ފިލްމީ ތަރި ރާޖިތް ބެޑީގެ ކާރުގައި ޖެހި މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ މީޑިއާތަކުން ރާޖިތްގެ ކާރުގެ ދަށުގައި ރަޖޭޝް ބައުދް ނަމަކަށް ކިޔާ މީހަކު ޖެހި އެމީހާ ބޮޑެތި އަނިޔާތަކެއް ވެގެން ހޮސްޕިޓަލުން ފަރުވާހޯދަމުން ދަނިކޮށް ވަނީ މަރުވެފައެވެ. މި ހާދިސާ އާ ގުޅިގެން އިންޑިއާގެ ފުލުހުން ވަނީ ރާޖިތްގެ މައްސަލަ ކޯޓަށް ހުށަހަޅައިފައެވެ.

ފުލުހުން އަދި ރާޖިތް ހައްޔަރުކޮށްފައި ނުވާއިރު ރާޖިތްގެ ކާރުގައި ރަޖޭޝް ޖެހުމުން އޭނާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އޭނާގެ ކާރުގައި ރަޖޭޝް ޖެހުނު ކަމަށް ވެސް ރާޖިތް ވަނީ އެއްބަސްވެފައެވެ.

ރާޖިތް ވަނީ އޭނާގެ ކާރުގައި ޖެހި މަރުވި ރަޖޭޝްގެ އާއިލާއަށް އެހީވުމަށްވެސް ނިންމައިފައެވެ. ރާޖިތް ކާރުގައި ރަޖޭޝް ޖެހުނު ވަގުތު އޭނާގެ ކާރުގައި އޭނާގެ އަނބިމީހާ އާއި ދެކުދިން ތިއްބެވެ.

ބޮލީވުޑްގެ ސާޅީހަށް ވުރެ ގިނަ ފިލްމު ރާޖިތް ކުޅެފައިވާ އިރު އޭގެ ތެރޭގައި ކާމިޔާބު އެތައް ފިލްމުތަކެއްވެސް ހިމެނެއެވެ. އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ހާމޯޝް"، "ދަ ޓްރެއިން"، "ރަކްތް" އަދި ރިތިކް ރޯޝަން އާއި ޕްރިތީ ޒިންތާ އާއި އެކު ކުޅުނު ފިލްމު "ކޮއި މިލްގަޔާ" ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    އިންޑިއާ މީހަކަށް ކަމެވެއްޖެޔާ ހާދަކަންތަބޮޑުއެބަވެޔޭދޯ ތިޔަކީ އްހަރުމެނައް މުހިމްމުހަބަރެނޫން