އަންނަ ހަފްތާފައި އެޕަލްގެ އެންމެ ފަހުގެ ފޯނު ދައްކާލާއިރު އައިފޯން 14 ގެ ހުންނާނެ ކަމަށް ބެލެވޭ ބައެއް ފީޗާތައް ލީކުވެއްޖެ އެވެ.

ގޫގުލް އަދި ޓުވިޓާގައި އައިފޯން 14 ގައި ހުންނާނެ ބައެއް ފީޗާތަކާއި ގުޅޭ ބައެއް މައުލޫމާތު ދައުރުވަމުންދާއިރު އައިފޯން 13 ގައި ހުންނާނެ ކަމަށް ބުނަމުންދާ ފީޗާތަކަށްވުރެ ރަނގަޅު ފީޗާތަކެއް އެ ފޯނުގައި ހުންނާނެ ކަމަށް މިހާރު މިވަނީ ބެލެވިފަ އެވެ.

2022 ހުގައި އައިފޯން 14 ނެރޭއިރު އެ ފޯނުގެ ކޮލެޓީ މިމަހު ނެރޭ އައިފޯނަށްވުރެ ރަނގަޅުވާނެކަމަށް ޓެކް ހަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނެއެވެ. އެގޮތުން މިއަހަރު ނެރޭ ފޯނުގައިވެސް ކުޑަކޮށް ކެމެރާ ބޭރަށް ނުކުމެފައި ހުންނާތީ ގިނަބަޔަކަށް ކަމުނުދެއެވެ. އައިފޯން 14 ގެ ކެމެރާ އެއްވެސް ގޮތަކަށް ފޯނުން ބޭރަށް ނުކުމެފައި ނުހުންނާނެ އެވެ.

އައިފޯން 14 ގެ ކެމެރާ ކޮލެޓީ މިއަހަރު ނެރޭ ފޯނުގެ ކެމެރާއަށްވުރެ ރަނގަޅުވާނެކަމަށްވެސް ހަބަރުތައް ބުނެއެވެ. އަދި އާ ކުލަތަކާއި ޑިސްޕްލޭއިވެސް ރަނގަޅުވާނެ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

https://twitter.com/pdx_er/status/1435635650032590854?s=21

އެޕަލް ފޭނުން މިހާރު އެންމެ ބޮޑަށް ދައްކާ އެއް ވާހަކަ އަކީ އައިފޯން 14 ގައި ހުންނަ ފީޗާތަކުގެ ވާހަކަ އެވެ. އަދި އައިފޯން 13 ނުގަނެ އައިފޯން 14 ގަންނަން މަޑުކުރުމުގެ ވާހަކަތައްވެސް ބައެއް ފަރާތްތަކުން ދައްކާކަން ފާހަގަ ކުރެވެއެވެ.

މިއަހަރު އައިފޯން ނެރޭ އިވެންޓު ބާއްވަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 14 ވަނަ ދުވަހުގައި އެވެ. އަދި އޭގެ ފަހުން ފޯނު ޕްރީއޯޑާ ކުރަން ހުޅުވާލާއިރު މި އަހަރު އެޕަލް ވޮޗް ސީރީސް 7 ވެސް ނެރޭނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައި އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފާއިޒު

    މި އުޅެނީ އައިފޯނު 5 ވެސް ނުގަނެވިގެން. ދެން ކިހިނެއް 13 ގަނެވޭނީ

    15
    • ބުރޯކަން

      އިންޖީން

  2. Anonymous

    އައިފޯންް 21 ގަންނަން މަޑުކޮއްގެން އަޅުގަނޑު މިހުރީ.

  3. މަޖީދު

    އަނެއްކާވެސް ރާއްޖޭގެ ބޭންކުތަކަށާ އަދި އެހެނިހެނ ގުއި ލޯނު ދޫކުރާމީހުންނަށް ތިޔައިން ވަރަށް ފައިދާ ވާނެ.

  4. ޢެޕުލް

    14 ނުގަނެ 15 ކިހިނެއްވާނެ؟ ބޯހަލާކު

  5. އައި

    އައިފޯން 100 ގަންނަން މަޑުކޮށްލައިގެން މިހުންނަނީ