ޑިސްކަވަރީ އެޑްވެންޗަރ ޝޯއެއް ކަމުގައިވާ ''އިން ޓު ދަ ވައިލްޑް ވިތު ބެއާ ގްރިލްސް'' ޝޫޓިންގއަށް ބޮލީވުޑްގެ ކުޅަދާނަ ފިލްމީތަރި އަޖޭ ދޭވްގަން ރާއްޖެއަށް އަތުވެއްޖެ އެވެ.

52 އަހަރުގެ ފިލްމީތަރި އަޖޭ، ބެއާ ގްރިލްސް ހުށަހަޅައިދޭ އެޑްވެންޗަރ ޝޯވގެ އެޕިސޯޑެއްގައި ބައިވެރިވާނެ ކަމަށް މި ޝޯ އުފެއްދި ފަރާތުން ވަނީ އިޢުލާން ކޮށްފައެވެ.

އެންމެ ފުރަތަމަ މި ޝޯ ދެއްކުމަށް ހަމަޖެހިފައިވަނީ ޑިސްކަވަރީ ޕްލަސް އެޕުންނެވެ.

މަޝްހޫރު ފަންނާނުންގެ އިތުރުން މަތީ މަގާމުތަކުގައި ތިބޭ ފަރާތްތައްވެސް މި ޝޯގައި ބައިވެރިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން 2019 ވަނަ އަހަރު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ މި ޝޯގައި ބައިވެރިވެފައެވެ. މި ޝޯގެ އެޕިސޯޑެއް ކަމުގައިވާ ''މޭން ވަރސަސް ވައިލްޑް ވިތު ބެއާ ގްރިލްސް އެންޑް ޕީއެމް މޯދީ'' ގައި ބައިވެރިވެފައެވެ.

އަޖޭ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދަނީ ސަން ސިޔާމް އޮޅުވެލިގައެވެ.

އެ ރިސޯޓްގައި އޭނާ ވަގުތު ހޭދަކުރަމުންދާއިރު، އެކުގައި ފިރިހެން ދަރިފުޅު ޔޫގްވެސް އައި ކަމަށް ވެއެވެ. އަދި ޔޫގްގެ އުފަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. ޔޫގްއަަކީ ކާޖޮލް އާއި އަޖޭގެ ދެވަނަ ދަރިފުޅެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)


އަޖޭ ދޭވްގަންގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ ފަހުގެ ފިލުމުތަކުގެ ތެރޭގައި ހިމެނެނީ ބޫޖް: ދަ ޕްރައިޑް އޮފް އިންޑިޔާ، މައިދާން، މެއިޑޭ ފަދަ ފިލުމުތަކެވެ.