އުރަމަތީގެ ކެންސަރު ޖެހުމުން މިހާރު ދެމުން އަންނަ ފަރުވާއާއި އަޅާ ބަލާއިރު ބޮޑުތަނުން ރަނގަޅު، 72 އިންސައްތަ ބަލިން ރަނގަޅު ވުމުގެ ފުރުސަތު އޮންނަ އާ ބޭހެއް އުފައްދައިފި ކަމަށް އެސްޓްރާޒެނަކާއިން ބުނެފިއެވެ.

އެސްޓްރާޒެނެކާއިން ބުނީ އުރަމަތީގެ ކެންސަރަށް ފަރުވާ ކުރުމަށް ބޭނުން ކުރަމުން އަންނަ ބޭހެއް ކަމަށްވާ "އެންޙާޓޫ"ގެ ތަހުލީލުތަކުން ދައްކާގޮތުން މި ބޭހަކީ މިހާރު ބޭނުންކުރަމުން އަންނަ ފަރުވާތަކަށްވުރެ ވަރުގަދަ، ބަލިން ރަނގަޅު ވުމުގެ ފުރުސަތު ބޮޑު ފަރުވާއެއް ކަމަށެވެ.

ނަމަވެސް، އެސްޓްރަޒެނެކާއިން ބުނެފައިވަނީ އަދި މި ފަރުވާއަކީ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކޮށްފައިނުވާ ފަރުވާއެއް ކަމަށެވެ.

މި ފަރުވާގެ ތަހުލީލުތަކުގެ ތެރެއިން ތިންވަނަ މަރުހަލާގައި ޓްރާންސްޓުޒުމާބް އެމްޓާންސިން (ޓީޑީއެމްއައި) އާއި އެންހާޓޫ ފަރުވާ އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހުންނަށް ދިނުމަށްފަހު، ދެ ފަރުވާ އަޅާ ކިޔާފައިވެއެވެ. މި ތަހުލީލުގައި 500އަށް ވުރެ ގިނަ މީހުން ބައިވެރި ކޮށްފައިވާއިރު، އެސްޓްރަޒެނަކައިން ބުނީ އެންހާޓޫ ފަރުވާދިން މީހުންގެ ތެރެއިން 94.1 އިންސައްތަ މީހުން ދުނިޔޭގައި އެބަތި ކަމަށެވެ. ލިބުނު ކާމިޔާބީ ފާހަގަކޮށް އެސްޓްރަޒެނަކައިން ބުނީ ޓީޑީއެމްއައިގެ ފަރުވާ ދިން މީހުންގެ ތެރެއިން ސަލާމަތް ވެެފައިވަނީ 85.9 އިންސައްތަ މީހުން ކަމަށެވެ.

ބާސެލޯނާގައި ހުރި ބައިނަލްއަޤްވާމީ އުރަމަތީގެ ކެންސަރު ސެންޓަރުން ބުނީ މީގެ ކުރިން އެޗްއީއާރް-2 ޕޮޒިޓިވް މެޓާސްޓޭޓިކް ބްރެސްޓް ކެންސާ ޕޭޝަންޓުންނަށް ބަލީގައި ކުރިއެރުން ލިބެމުން އަންނަކަން ފާހަގަ ވާނީ އެޗްއީއާރް-2ގެ ޑައިރެކްޓެޑް ފަރުވާއެއްނަމަ އަހަރަކަށް ވުރެ މަދު ދުވަހުން ކަމަށެވެ.

ވޭތުވެދިޔަ 40 އަހަރުތެރޭގައި އިނގިރޭސިވިލާތުން އުރަމަތީގެ ކެންސަރު ޖެހި، ބަލިން ރަނގަޅު ވަމުން އަންނަ މީހުންގެ ރޭޓް ވަނީ އިތުރުވެފައެވެ. ރިޕޯޓުތައް ބުނާގޮތުން އަހަރެއްގެ މައްޗަށް އުރަމަތީގެ ކެންސަރު ޖެހި، ބައްޔާއި ހަނގުރާމަ ކުރުމުގެ ތެރޭގައި އާންމު ގޮތެެއްގައި 11,500 އަންހެނުން އަދި 85 ފިރިހެނުން މަރުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިބެ

    ތި ނިމުނީ ތި ވާހަކަ ދެން ތި ވާހަކައެއް ނުދަށްކާނެ އަނެއްކާވެސް ދުވަސް ގަނޑަކަށް ފަހު ކިޔާނެ ކެންސަރު ހަމަ އެކަށް ރަންގަޅުވާ ވަރުގެ ފަރުވާއެއް ފެނިއްޖޭ

    • ޢަަަން

      ފަރުވާ އެއް ލިބިއްޖެ ނަމަ ބާރުގަދަ ބޮދެތި ބޭސް އުފައްދާ ކުންފުނިތަކަށާ އިންށުއަރެންސް ކުންފުނިތަކައް މާގެއްލުން ބޮޑޭ އެހެންވެ އަވަހައް އޮއްބާލަނީ