ހޮލީވުޑް އަދި ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އާއި ހޮލީވުޑްގެ ތަރި ނިކް ޖޯނަސް އަކީ ހޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޖޯޑެވެ. އެ ދެ ތަރިންގެ ލޯބީގެ ވާހަކައަކީ ނިކަން މަޝްހޫރު ވާހަކައެކެވެ. ނިކް އަށް މިދިޔަ ހަފްތާގައި 29 އަހަރު ފުރުން ފާހަގަކުރަން ޕްރިޔަންކާ ވަނީ ނިކް އަށް ޚާއްސަ ޕާޓީ އެއްވެސް ދީފައެވެ.

މިހާރު ނިކް ދަނީ އޭނާގެ އާއިލާގެ ބައެއް މެމްބަރުންނާއި އެކު ދަތުރުކުރަމުންނެވެ. އެ ދަތުރުގައި ކެވިން ޖޯނަސް އާއި ޖޯ ޖޯނަސްގެ އިތުރުން އޭނާގެ އަނބިމީހާ ބައިވެރިވިއެވެ. ހޮލީވުޑްގެ ފިލްމުތައް ޝޫޓްކުރުމުގައި ވަރަށް އަވަދިނެތި އުޅެމުންދާ ޕްރިޔަންކާ ވަނީ ނިކް އަށް އިތުރު ސަޕްރައިޒް އެއް ވެސް ދީފައެވެ. އެގޮތުން އެނާ ވަނީ އާއިލާ އާއި އެކު ގޮލްފް ކުޅެން ގެންގޮސްފައެވެ.

އެ ގޭމް އަށް ޕްރިޔަންކާ ދިޔައީ ހުދު ޓޮޕަކާއި ނޫޖިންސެއް ލައިގެންނެވެ. އޭނާ ހުރީ އޭނާގެ އުނަގަނޑުގައި ޖެކެޓެއް ބަނދެގެންނެވެ. އެ ގޭމްގައި ބައިވެރިވާން ނިކް ދިޔައީ ކަޅު ކުލައިގެ ޕޯލޯ ޓީ-ޝާޓަކާއި ނޫކުލައިގެ ޖިންސެއް ލައިގެންނެވެ.

އެ ގޮލްފް މެޗުގައި ނިކްގެ ގާތް މީހުންކަމަށްވާ މައިކެލް ވެސް ވަނީ ބައިވެރިވެފައެވެ. މިއީ ނިކް އަށް އުފާވެރި އަދި އޭނާ ކުރާ ހިތްވާ ފަދަ ކަމެއް ކުރުމަށް އުފަންދުވަހު ފުރުސަތު ހޯދާދިނުމަށް ޕްރިޔަންކާ ކުރިކަމެކެވެ. ނިކް އަށް ވެސް އެ ސަރޕްރައިޒް ވަރަށް ކަމުދިޔައެވެ.

ޕްރިޔަންކާ ނިކް އާއި އެކު ވަގުތު ހޭދަކުރަން މިވަގުތު މަސައްކަތާއި ދުރުވާން ނިންމީ އޭނާގެ ޝެޑިއުލްގައި ގިނަ މަސައްކަތްތަކެއް ހުރުމުންނެވެ. އެހެންނަމަވެސް ދާދި އަވަހަށް އޭނާ އިނގިރެސިވިލާތަށް ގޮސް އަލުން ފިލްމުތަކުގެ މަސައްކަތްތަކާއިގެން ކުރިއަށް ދާނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިން ނިކްގެ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ފޮޓޯއަކާއި އެކު ޕްރޮޔަންކާ ހިއްސާ ކުރި މެސެޖުގައި ވަނީ އޭނާ އަށް ލޯބި ބަންޑުންކޮށްލާފައެވެ. ޕްރިޔަންކާ މި ފަހުން ގިނަ ވަގުތު ހޭދަކުރި ލަންޑަންގައެވެ. ޕްރިޔަންކާ ވަނީ އޭނާގެ މެސެޖުގައި ނިކް އަށް ވަރަށް ތައުރީފުކޮށްފައެވެ. އެގޮތުން ނިކް އަކީ އޭނާ އަށް އެނގޭ އެންމެ ހިތްހެޔޮ މީހާ ކަމަށާއި، ނިކް އަށް ވުރެ މީހުންނަށް ހެޔޮކޮށް ހިތާ އެހެން މީހަކު ނޭނގޭ ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.