ނެޓްފްލިކްސް އިން ދައްކާފައިވާ ދެކުނު ކޮރެޔާގެ ޑުރާމާ ސްކުއިޑް ގޭމް އިން ނެޓްފްލިކްސްއަށް 900 މިލިއަން ޑޮލަރުގެ ފައިދާ ލިބިއްޖެއެވެ.

ބްލޫމްބާގްގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ސްކުއިޑް ގޭމުން ނެޓްފްލިކްސްއަށް 900 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައިވެއެވެ.

މި ސީރީޒްގެ ކޮންމެ އެޕިސޯޑަކީ 2.4 މިލިއަން ޑޮލަރު ނަމަވެސް ކޮންމެ އެޕިސޯޑަކަށް 21.4 މިލިއަން ޑޮލަރުގެ ފައިދާ ލިބިފައިވެއެވެ.

ނެޓްފްލިކްސްއިން ބުނެފައިވާ ގޮތުގައި 132 މިލިއަން މީހުން ވަނީ ދެ ފަހަރަށް ވެސް މި ސީރީޒް ބަލާފައެވެ. ނެޓްފްލިކްސްގެ އެންމެ ގިނަ މީހުން ބެލި ސީރީޒްއަކީ ވެސް މި ސީރީޒްއެވެ.

ނެޓްފްލިކްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 111 މިލިއަން ވިއުސްއާއި އެކު ސްކުއިޑް ގޭމުން ވަނީ އެންމެ ގިނަ މީހުން ބެލި ސީރީޒްގެ ރެކޯޑު ހަދާފައި ކަމަށެވެ.

9 އެޕިސޯޑެއްގެ މައްޗަށް އެކުލަވާލައިގެން ދައްކާފައިވާ މި ސީރީޒްގެ މަގުބޫލުކަން އެޕިސޯޑަކަށް ފަހު އެޕިސޯޑަކުން ދިޔައީ އިތުރު ވަމުންނެވެ.

ވަޒީފާ ނެތް ބަޔަކު ފައިސާ ހޯދުމަށް ބައިވެރިވާ ގޭމުތަކެއްގައި އަންނަ ނުރައްކާތެރި ޗެލެންޖުތައް ފުރިހަމަ ކުރަމުންދާ މި ޑުރާމާ ނެޓްފްލިކްސް އިން ދައްކަން ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

މި ޑުރާމާގައި ހޯ ޔިއޯން ޖަންގް، ލީ ޖަންގް ޖައެ، ގޮންގް ޔޫ، ވީ ހާޖޫން، ޕާކު ހައެސޫގެ އިތުރުން ވެސް އެތައް ފަންނާނުންނެއް ހިމެނެއެވެ.

ޑުރާމާގައި ދައްކުވައިދޭ ބައެއް ޗެލެންޖުތަކުގެ ސަބަބުން ސުކޫލުތަކުން ވަނީ ދަރިވަރުންނަށް މި ޑުރާމާ ނުދެއްކުމަށް އެދިފައެވެ.