ހަޔާތުގެ ބައިވެރިއަކު އިހުތިޔާރު ކުރާއިރު އެމީހަކީ ދީނީގޮތުން އެންމެ އެކަށީގެންވާ މީހެއްތޯ ޔަގީން ކުރަން ޖެހެއެވެ. އެއީ އުފާވެރި ދިރިއުޅުމަކަށްޓަކައެވެ.

މީގެއިތުރުން ވެސް އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި އިހުތިޔާރު ކުރާ ބައިވެރިޔާގެ ވަކި ސިފަތަކެއް ހުރިތޯ ބަލަން ޖެހެއެވެ.

ކައިވެނި ކުރުމުގެ ކުރިން ބައިވެރިޔާގެ މިސިފަތައް ހުރިތޯ ޔަގީން ކުރަން ޖެހެއެވެ.

ތިބާގެ މައިންބަފައިންނާއި މެދު ކަންތައް ކުރާގޮތް

ދެމީހުން އެކަކު އަނެކަކު ދެކެވާ ލޯބީގެ އިތުރުން މައިންބަފައިންނާއި މެދު ކަންތައް ކުރާގޮތަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. މައިންބަފައިންނާއި މުހާތަބު ކުރާ ގޮތާއި އެމީހުންނަށް އިހުތިރާމު ކުރުމަކީ ވެސް ހަޔާތުގެ ބައިވެރިޔާގެ ހުންނަން ޖެހޭނެ މުހިންމު ސިފައެކެވެ.

ތިބާގެ ބޭނުންތަކަށް ސަމާލުކަން ދޭ މިންވަރު

ކޮށްދޭ ކުދިކުދި ކަންތައްތަކަކީ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރު ފޯރުވާ ކަމެކެވެ. އާދައިގެ ކުޑަކުޑަ ކަމެކޭ ހިތާ ދޫކޮށްލާ ކަންތައްތައް ގިނަވެ، އެކަން ބޮޑު މައްސަލައަކަށްވެ ވަރިއާއި ހަމައަށް ދާންޖެހޭ ފަހަރު ވެސް އާދެއެވެ.

އެހެންކަމުން ތިބާގެ ބޭނުންތަކަށް ބައިވެރިޔާ ސަމާލުކަން ދޭ މިންވަރު ބެލުން ވަރަށް މުހިންމެވެ. ތިބާގެ ބޭނުންތަކަށް އިހުތިރާމު ކުރޭތޯ ބަލަންވާނެއެވެ. މިއީ ހަމައެކަނި ގަނެދޭ އަގުބޮޑު އެއްޗެހީގެ ވާހަކައެއް ނޫނެވެ. ނަމަވެސް ލޯތްބާއި އަޅާލުން ވެސް ހިމެނެއެވެ.

ތިމާއަކީ ރަނގަޅު މީހަކަށްވުމަށް އެހީތެރިވެދޭ

ސިއްހީ ގޮތުންނާއި ނަފުސާނީ ގޮތުންނާއި، ހުރިހާ ގޮތަކުން ވެސް ތިމާއަކީ ރަނގަޅު މީހަކަށް ހެދުމަށް މަސައްކަތް ކުރާ މީހެއްތޯ ބަލަންވާނެއެވެ. ތިބާގެ ގޯސް ކަންތައްތަކާއި މައްސަލަތައް ފާހަގަކޮށް އެކަންތައްތައް ދެބަސްވުމުގެ ހަތިޔާރަކަށް ބޭނުން ކުރުމުގެ ބަދަލުގައި ތިބާގެ އެ ކަންތައްތައް ރަނގަޅު ކުރުމަށް އެހީތެރިވެދޭ މީހަކަށް ވާންވާނެއެވެ.

އުފާވެރި ކައިވެންޏެއް ބޭނުންވާނަމަ ކައިވެނިކުރާ ބައިވެރިޔާގެ މި ސިފަތައް ހުރިތޯ ބަލައިލަން ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖާމުނަގަރު

    ސިފަތަށް ކަމުދިޔަސް އިންނަން ނޫޅޭ !! ވަގުތީ އޮންނަނީ !!

  2. Anonymous

    ނެތް.

  3. ޑެސްޕޯ

    ތި ބެލިޔަސް ވާނެ ކަމެއް ނޯންނާނެ. އިންނަންދެން އުޑުން ތަރިވެސް ބާލަދޭނޭ ބުނަނީ ކަމެއް ވެގެންނޭ