ގޭގައި ފޫހިވެފައި އިންނާކަށް ނުވާނެއެވެ. ބޭރަށް ގޮސް ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިވާންވީއެވެ. ހެލިފެލިވެ އުޅެންވީއެވެ. އެކި ތަފާތު މެރެތަންތަކުގައިވެސް ބައިވެރިވާން ވީއެވެ. ތަފާތު ކަމަކާއި ދިމާވެދާނެއެވެ. އެފަދަ ތަފާތު ކަމެއް މި ވަނީ ޓީސީއެސް ނިއު ޔޯކް ސިޓީގެ މި އަހަރުގެ މެރަތަންގައި ދިމާވެފައެވެ. އެ މެރަތަންގައި ބައިވެރިވީ ތަފާތު އެއްޗެކެވެ. މީހެއް ނޫެނވެ. އަސްދޫންޏެކެވެ. އެ އަސްދޫނި އެ މެރެތަންގައި ބައިވެރިވި މީހުންނައެކު ދުވީއެވެ.

މިހާރު އިންސްޓަގްރާމްގައި އެ ވީޑިއޯ ދަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯގައި ފެންނަނީ ނިއުޔޯކްގެ މަގުތަކުގައި އަސްދޫންޏެއް ދުވާ މަންޒަރެވެ.މި ތަފާތު ދުވުންތެރިޔާއަށް އެތައް ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ. މަންޒަރު ބަލަން ތިބި މީހުންނާއި އެއްބީދައިން، ރޭސްގެ އެހެން ބައިވެރިން ވެސް ފެންނަނީ އެ އަސްދޫންޏާއި ދިމާލަށް ބަލާ ތަނެވެ.

 

View this post on Instagram

 

A post shared by Wrinkle 🦢 宙紋✨ (@seducktive)


އެ ސަރަހައްދުގައި ތިބި އާއްމުން އެ އަސްދޫންޏަށްވެސް މަރުހަބާ ކިޔާ އަޑު އިވިގެން ދެއެވެ.

އެ ވީޑީއޯ އިންސްޓަގްރާމްގައި ދައުރުވުމުން މިހަތަނަށް 60000 އަށްވުރެ ގިނަ ލައިކްސް ލިބިފައި ވެއެވެ. އަދި 1.8 މިލިއަން ވިއުސް ލިބިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

އެ ވީޑިއޯއަށް ކޮމެންޓް ކުރި ބައެއް މީހުން ބުނެފައި ވަނީ މިއީ އެ މީހުންނަށް ހައިރާންވާވަރުގެ ކަމެއް ކަމަށެވެ.