ބޮލީވުޑްގެ މަޝްހޫރު ދެތަރިން އަބީޝޭކް ބައްޗަން އާއި އައިޝްވާރިޔާ ރާއީ ބައްޗަން އެމީހުންގެ އަންހެން ދަރިފުޅު އާރަދިޔާގެ 10 ވަނަ އުފަންދުވަސް ރާއްޖޭގައި ފާހަގަ ކޮށްފިއެވެ.

އައިޝްވާރިޔާ އާއި އަބީޝޭކް އެމީހުންގެ މީސް މީޑިއާގައި ވަނީ ރާއްޖޭގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ އާމިލާއަށް ޗެކިންވެފައިވާކަން ހާމަކޮށްފަ އެވެ. އަދި އެމީހުންގެ ވިލާއިން ފެންނަ ރީތި ވިއުގެ ފޮޓޯތައް ވެސް ހިއްސާކޮށްފައިވާއިރު މި ދަތުރަކީ އާރަދިޔާގެ އުފަންދުވަސް ފާހަގަ ކުރުމަށް އެ އާއިލާއިން ކުރި ދަތުރެއްކަން ފާހަގަ ކުރެވެއެވެ.

 

View this post on Instagram

 

A post shared by Abhishek Bachchan (@bachchan)


މި ދެމަފިރިންގެ އަންހެން ދަރިފުޅާއެކު ރާއްޖެއަށް އައިސްފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެމީހުންގެ އެންމެ ފަހުން ދަތުރުކުރީ ޕެރިސްއަށެވެ. އެ ދަތުރުގައި އައިޝްވާރިއާ ވަނީ އައުޓްޑޯ ރަންވޭ ޝޯއެއް ގެ ގޮތުގައި އޮތް ލެ ޑެފައިލޭ ލޯރިއަލް ޕެރިހުގެ ހަތަރު ވަނަ އެޑިޝަންގައި ލަވަކިޔުންތެރިޔާ ކާމިލާ ކަބެލޯ އާއި އެކްޓަރު ކެތުރީން ލަންގްފޯޑް އާ އެކު ރޭމްޕް ޝެއާކޮށްފަ އެވެ.

މީގެ ކުރިން އައިޝްވާރިޔާގެ އުފަންދުވަހަށް މިދެމެފިރިން ރާއްޖެ އައި ކަމަށް އިންޑިއާގެ ނޫސްތަކުގައިވެއެވެ. ނަމަވެސް ދިވާލީއަށް އެމީހުން އެނބުރި މުމްބާއީއަށް ގޮސްފައިވާ ކަމަށް ބުނެފައި ވެއެވެ.

އަބީޝޭކް ދެން އެންމެ އަވަހަށް ފެނިގެންދާނީ އަމިތު ސާދް އާއެކު "ބްރީތް: އިންޓު ދަ ޝެޑޯސް" ގެ ދެވަނަ ސީޒަނުގައެވެ. އައިޝްވާރިޔާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މަނީ ރަޓްނަމް ޑައިރެކްޓްކުރާ "ޕޮންނިޔިން ސެލްވަން" އިންނެވެ. އާންމުވެފައިވާ ރިޕޯޓްތަކަށް ބަލާއިރު، އަނޫރާގް ކަޝްޔަޕް ޑައިރެކްޓްކުރާ "ގުލާބް ޖާމުން" އިން ވެސް އޭނާ ފެނިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.