ހެރީ ޕޮޓާގެ ސަޕޯޓަރުން އާ އަހަރާ ދިމާކޮށް އިންތިޒާރު ކުރަން ޖެހޭ ބޮޑު ކަމެއް އެބަ އޮތެވެ. މި ފްރެންޗައިޒްގެ އެނބުރި އައުމަށް ޓަކައި ފިލްމުތަކުގެ ކާސްޓުންނާއި ކްރޫ އަލުން އެއްތަންވާން މިވަނީ ނިންމާފައެވެ.

އެންމެ މަގުބޫލު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ހެރީ ޕޮޓާ އަކީ އެއަށް އެތައް ބައެއްގެ ލޯބި ޖެހިފައިވާ ޕްރެންޗައިންޒް އެކެވެ. ކުޅަދާނަ ލިޔުންތެރިޔާ ޖޭކޭ ރޯލިން ލިޔެފައިވާ ހިޔާލީ ވާހަކަ އަކަށް ކުޅެފައިވާ އެތައް ފިލްމުތަކެއް ހިމެނޭ މި ޕްރެންޗައިންޒްގެ އާ ބައެއް ނެރެން ނިންމާފައި ވަނީ 20 އަހަރު ފުރުމުގެ ޝަރަފުގައި އެވެ.

"ހެރީ ޕޮޓާ 20 ވަނަ އެނިވާސަރީ: ރިޓާން ޓު ހޮގްވާޑްސް" އަށް ބިލް ކުރަމުން ދަނީ ހެރީ ޕޮޓާ ގެ ފުރަތަމަ ފިލްމު ރިލީޒްކުރިތާ 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ރެޓްރޯސްޕެކްޓިވްއެއްގެ ގޮތުގައި ކަމަށާއި އާ އަހަރުގެ ދުވަހު އެޗްބީއޯ މެކްސް އަށް ނެރެން ހަމަޖެހިފައިވާ ކަމަށް ސްޓްރީމިން ސާވިސް އިން އަންގާރަ ދުވަހު ވަނީ ބުނެފަ އެވެ.

މި ފިލްމުގައި ޖޭކޭ ރޯލިން ނުފެންނައިރު އާކައިވްކޮށްފައިވާ ފުޓޭޖްތަކުގައި ރޯލިން ފެނިގެންދާނެއެވެ. އޭނާ މި ހާއްސަ ފިލްމުގައި ނުހިމެނޭނެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ރޯލިން ފެނިގެން ނުދަނީ ކީއްވެގެން ކަމެއް ނުވަތަ އޭނާ ބައިވެރިވުމަށް އެދުނު ކަމާއި އެކަމާ ދެކޮޅު ހެދި ކަމެއް ވެސް އެ ޓީމުން ބުނެފައެއް ނުވެއެވެ.

ހެރީ ޕޮޓާ އަކީ އިނގިރޭސި ލިޔުންތެރިޔާ ޖޭކޭ ރޯލިން ލިޔެފައިވާ ހަތް ފެންޓަސީ ނާވިލް(ނޮވެލް) ސިލްސިލާއެކެވެ.