ދުނިޔޭގެ އެންމެ އަގުބޮޑު އެއްޕްރައިވެޓް ޖެޓްގައި މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ އާއި އޭނާގެ ފިރިމީހާ، މަޝްހޫރު ރެޕާ ޖޭޒީ ޗުއްޓީ ހޭދަކުރުމަށް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.

މިދެތަރިން ރާއްޖެ އައީ ސްރިސްޓަލް ސްކައި ނަމަކަށް ކިޔާ ބޮއިން 777 މަރުކާގެ ޕްރައިވެޓް ޖެޓެއްގައެވެ. މިއީ ގަޑިއިރަކަށް 50000 ޑޮލަރު (ގާތްގަނޑަކަށް -/772500 ރުފިޔާ) އަށް ކުއްޔަށް ދޫކުރާ ޖެޓެކެވެ. ކްރިސްޓަލް ސްކައި ގައި ދެތަރިން ރާއްޖެ އައީ އެމެރިކާގެ ނިއު ހެމިސްފިއާ އިން ފުރައިގެންނެވެ. ގާތްގަނޑަކަށް 18 ވަރަކަށް ގަޑިއިރު މިދަތުރުގެ ދަތުރަކަށް ފަހު ޖެޓް ޖެއްސީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ނަމަވެސް ޖެޓް ވަނީ އޭގެ ފަހުން ގަން އިންޓަނޭޝާނަލް އެއާޕޯޓަށް ގޮސްފައެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި، އެ ދެ ތަރިން ވެލާނާ އެއާޕޯޓްއަށް ފޭބި ވަގުތު ވެސް ވަރަށް ގިނަ ޕްރައިވެޓް ބޮޑީގާޑުން އެ މީހުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި އެވެ.

މިދެފަންނާނުން 2008 ވަނަ އަހަރު ހަނީމޫނަށް އައީ ވެސް ރާއްޖެ އަށެވެ.