ދެކުނު ކޮރެޔާގެ ލަވަ ބޭންޑެއް ކަމުގައިވާ ބެންގްޓަން ބޯއީސް ނުވަތަ ބީޓީއެސްއަށް ލަވައިގެ ދުނިޔޭގައި އެންމެ މޮޅު އާޓިސްޓްގެ އެވޯޑް ލިބިއްޖެއެވެ.

މި އެވޯޑް ލިބިފައު ވަނީ މި މަހުގެ 21 ވަނަ ދުވަހު ބޭއްވި އެމެރިކަން މިޔުޒިކް އެވޯޑްސް 2021 ގައެވެ.

މީގެއިތުރުން އެންމެ ކަމުދާ ގުރޫޕްގެ އެވޯޑާއި އެންމެ ކަމުދާ ލަވައިގެ އެވޯޑު ވެސް ލިބިފައިވަނީ ބީޓީއެސްގެ ލަވަ ''ބަޓަރ'' އަށެވެ.

އެމެރިކަން މިޔުޒިކް އެވޯޑް ދިނުމުގެ ހަފުލާގައި ވާހަކަ ދައްކަމުން ބީޓީއެސް ގުރޫޕުގެ ލީޑަރ އާރްއެމް ބުނެފައިވަނީ އެމީހުންނަށް އެ ލިބުނު އެވޯޑު ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

''މީގެ ހަތަރު އަހަރު ކުރިން، ޓީވީ ލައިވް ޕާރފޮމެންސެއް އެންމެ ފުރަތަމަ ދީފައިވަނީ މި ސްޓޭޖުގައި. އެމެރިކަން މިޔުޒިކު އެވޯޑު ދިނުމުގެ ހަފުލާގައިޡ އެއިރު އަހަރެމެން ތިބީ ވަރަށް ހާސްވެފައި ނަމަވެސް ވަރަށް ހިތްހަމަ ޖެހިފައި. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް މި ކުރެވުނީ ކާމިޔާބު ދަތުރެއް. މި ލިބުނު އެވޯޑު ދެމެހެއްޓުމަށް ވަރަށް މަސައްކަތް ކުރާނަން'' ގުރޫޕުގެ ލީޑަރ އާރްއެމް ބުނެފައިވެއެވެ.

މީގެ ކުރިން ވެސް މިޔުޒިކު އެވޯޑު ހަފުލާތަކުން ބީޓީއެސްއަށް ވަނީ އެތައް އެވޯޑެއް ލިބިފައެވެ. އަދި ދުނިޔޭގެ ރިކޯޑު ފޮތުން ވެސް ވަނީ އެތައް ފަހަރެއްގެ މަތިން ޖާގަ ހޯދާފައެވެ.

ބީޓީއެސްގެ ''ޑައިނަމައިޓް''، ''ބަޓަރ'' އަދި ''ޕާމިޝަން ޓު ޑާންސް'' މި ތިން ލަވައަށް ވަނީ އެތައް އެވޯޑުތަކެއް ލިބި ގިނަ ޗާޓުތަކެއްގެ އެއްވަނައިގައި ހިމެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖިން

    💜💜💜💜

    13
    1
  2. ނޫނާ

    💜💜💜💜💜💜💜

    13
    1
  3. ޭަަަ💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

    💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

    5
    1