ރާއްޖޭގައި ކުރިއަރަމުން އަންނަ ލަވަ ކިޔުންތެރިޔާ ލައިބާ އަހުމަދު މަހުލޫފު (އެލީ) ގެ އާ ކަވާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

އޮސްޓްރޭލިއާ އަށް އުފަން ލަވަކިޔުންތެރިޔާ ސިއާ, 2016 ވަނަ އަހަރު ރިލީޒްކުރި "ޗީޕް ތްރިލްސް" އަކީ ދުނިޔޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލަވައެކެވެ.

ގްރެމީ އެވޯޑަށް ވެސް ނޮމިނޭޓްވި އެ ލަވަ އެލީއާއެކު ކިއާފައި ވަނީ އެލީގެ ކޯޗު ޖޫލިއާއެވެ.

ޔޫޓިއުބްގައި ރޭ އާންމު ކުރި އެ ލަވަ އަށް އާންމުންގެ ބޮޑު ތަރުހީބެއް ވެސް އަންނަނީ ލިބެމުންނެވެ. މިހާތަނަށް އައިއިރު އެ ލަވަ އަށް 2،800 އަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ. މިއީ އެލީ ކިއާފައިވާ އިނގިރޭސި ދެ ވަނަ ލަވައެވެ.

މި ލަވައިގައި އެލީ އާ އެކީ ޖޫލިއާ ބައިވެރިވީ އޭނާ ރާއްޖެ ކުރި ދަތުރެއްގައެވެ. ލަވައިގެ މިއުޒިކް އާއި ރިކޯޑިން ހަދާފައިވަނީ އަބްދުލް ބާސިތު (ބާޗީ)އެވެ.

އެލީ ވަނީ މިހާތަނަށް ދިވެހި ލަވަތަކާއި ހިންދީ އަދި މަދަހަތައް ވެސް ކިއާފައިވެއެވެ. އެގޮތުން "އިތުރު ރަސޫލާ" އާއި "ކިޔާ ދޫ ތަކުން މީ" އަކީ އެލީގެ ފާހަގަކޮށްލެވޭ ދެ މަސައްކަތެވެ.

އެލީ ވަނީ "ދި ވޮއިސް ކިޑްސް ރަޝިއާ" ލަވަ މުބާރާތުގައި ދެވަނަ ރައުންޑަށް ވެސް ކޮލިފައިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އެލީ

    އެއްވެސް ރީއްޗެއް ނޫން

    70
    9
  2. ދިދަ ދަނޑި

    ރީއްޗެއްނޫން.. މިދެން ކޮންފަދަ ކަމެއްތަ؟؟؟ މިއުޅެނީ އެލީގެ ކުޅިވަރު ނުބެލިގެނެެއް ނޫން.. ތާކުންތާކު ނުޖެހޭ ޚަބަރު ލިޔުން ހުއްޓާލަން ވެއްޖެއެއްނު…

    69
    7
  3. ފޫހި

    މަށަށް ހަޑި އެލަވައަށް ކުރަފި އަރުވައިފި ވިއްޔާ

    56
    5
  4. ލައިލާ

    މިއަށްވުރެ ހުނަރުހުރި ކުދިން އުޅޭ. އެކުދިންގެ ހަބަރު ނޫހުގަ ނުލިޔަނީ ނުފޫޒުގަދަ އާއިލާގެ ކުދިން ނޫންވީމަ؟

    56
    1
  5. މޫސަބޭ ޓިކްޓޮކް

    ވަގުތު އަށް އެކަނި ރީއްޗީ! 🤮🤮

    44
    2
  6. ހުވާސަހާދަތް

    ކުޑަކުއްޖަކު ވީމަ މިކޮމެންޓް ކުރާހިތެއްވެސް ނުވޭ. އެކަމަކު ލަވަ ރީއްޗެއްނޫން. ރީއްޗޭ ކިޔައިގެން މައުސޫމު ކުއްޖެއްގެ ލޮލުގަ އަޅުވާ އަނދުން ވަރަށް ހިތިއެއްޗަކަށް ވެދާނެ.

    53
    3
  7. ށަމާ

    ސަޅި

    6
    42
    • އަހްމަދް

      ސަޅި އެއް ނޫން 😐😐😐😐😐

      23
      2
  8. ރައްޔިތުމީހުން

    އުމުރާ ނުގުޅޭތީ މައްސަލައަކީ ދޯ.. އެލަވައިގަ ކިޔާއެއްޗިހިވެސް

    50
    1
  9. މަން

    އަސްލު ވަރަށް ހަޑި. ނޯ އޮފެންސް.

    48
    3
  10. އުގުރި

    ކަލޯ ތިޔައީ ހަރާމް ކަމެއް ނޫތޯ.

    10
    1
  11. ޝަރުމީލާ

    ކިހާވަރެއްދީގެންތޯ އެލީގެ ޚަބަރު ޖަހައި ދިނީ