އުތުރު ކޮރެއާއަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ ކުއްޖަކު ދެކުނު ކޮރެއާ ފިލްމެއް ބެލި މައްސަލައިގައި 14 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ޔަންގްގަންގް ޕްރޮވިންސްއަށް ނިސްބަތްވާ އެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ ނޮވެމްބަރު ހަތް ވަނަ ދުވަހުއެވެ. އަދި އެ ކުއްޖާ 14 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ދެކުނު ކޮރެއާގައި ފިލްމް ޑައިރެކްޓަރ ކިމް ހުޔަންގް-ޖިންގެ ފިލްމް "ދަ އަންކަލް" ބެލި ކަމަށް ބުނެއެވެ.

.

ދަ ޑެއިލީ އެންކޭއިން ރިޕޯޓްކޮށްފައިވާގޮތުގައި، އޭނާ ހައްޔަރުކޮށްފައި ވަނީ ފިލްމް ބަލަން ފެށިތާ ފަސް މިނިޓް ތެރޭގައެވެ.

މި މައްސަލާގައި ބެލެނެވެރިޔާއަށް ފިޔަވަޅު އަޅާނެ ކަން ނުވަތަ ނޫންކަން ސާފް ނުވާ ކަމަށް ބުނެއެވެ. އެކަމަކު އެ ގައުމުގެ ގާނޫނު ބުނާގޮތުން އެފަދަ ފިޔަވަޅެއް އެޅޭނެ މައިންބަފައިންނަށް އެޅޭނެއެވެ. އެކަމާ ބައެއް މީހުން ކަންބޮޑުވާކަމަށް ވެއެވެ.

އުތުރު ކޮރެއާއަކީ ހަރުކަށި ގާނޫނުތަކާއި ހިލާފުވާ ކަމަށް ފެނިއްޖެނަމަ ހައިރާންކުރުވަނިވި އަދަބުތަކެއް ދިނުމަށް މަޝްހޫރު ގައުމެކެވެ. އެ ގައުމުން ދެކުނު ކޮރެއާ އާއި އެމެރިކާ ފަދަ 'ދެކޮޅުވެރި' ގައުމުތަކުން ސަގާފީ ތަކެތި ކައި ބޮއި ނުވަތަ އިމްޕޯޓް ކުރުން މަނާ ކޮށްފައި ވެއެވެ.