އިނގިރޭސިވިލާތަށް ނިސްބަތްވާ ބެން ލިލީ ނަމަކަށް ކިޔާ 40 އަހަރުގެ ފިރިހެނަކު އޭނާގެ ދުއްވަމުންދިޔަ ކާރު ކުއްލިއަކަށް މަޑުކޮށްލަން ޖެހުނީ އެއްވެސް ވަރަކަށް ހަރަކާތެއް ނުކޮށް އޮތް އެއްޗެއް އޭނާގެ ކާރުގެ ކުރިމަތިން ފެނުމާއި އެކު އެކީގައެވެ. އެއި ލެޕާޑެއް ކަމަށް އޭނާއަށް ހީކުރެވުނެވެ.

ދެކުދިންގެ ބައްޕައެއް ކަމަށްވާ ބެން އޭނާގެ ކާރު ދުއްވަމުން ދިޔައީ ހުޅަނގު ޔޯރކްޝަޔަރ ހެބްޑެން ބްރިޖް ކައިރިންނެވެ. އޭނާ އެ ހިސާބުން ދަނިކޮށް އަނިޔަވެފައި އޮތް ޖަނަވާރެއް ފެނިގެން އޭނާގެ ކާރު މަޑުކޮށްލިއެވެ. އެއްވެސް ޖެހި ލުމަކާއި ނުލައި އޭނާ ކާރު މަޑު ކޮށްލީ އެ ޖަނަވާރަށް އެހީތެރިވުމުގެ މަގްސަދުގައެވެ.

އޭނާ ބުނެފައިވަނީ އެ ފެނުމާއި އެކު މަގުމަތީގައި ބޮޑު ބުޅަލެއް އުޅެމުން ދާ ކަމަށް ގިނަ ރިޕޯޓް ތަކުން ބުނަމުންދިޔަ ކަން ހަދާނަށް އައި ކަމަށެވެ. ނަމަވެސް އޭނާ އޭތީގެ ކައިރިއަށް ޖެހިލިއިރު އެ ފެނުމުން އޭނާއަށް ހެވުނެވެ. އެއީ ޖަނަވާރެއް ކަމަށް ހީކޮށް އެހީތެރިވާން ދިޔަ ނަމަވެސް އެއީ ޖަނަވާރެއްގެ ކަހެރި ބޭނުން ކޮށްގެން ހަދަފައިވާ ޖަމްޕްސޫޓެކެވެ.

އޭނާއަށް މި ކުރެވުނީ ކޮން ކަހަލުގެ މޮޔަ ކަމެކޭ ހިތަށް އެރި ކަމަށް ބުންޏެވެ. އަދި އޭނާ އަށް ފެނުނު ޖަންޕްސޫޓްގެ ފޮޓޯއެއް ނެގުމަސްފަހު މީސްމީޑިއާގައި ހިއްސަކުރިއެވެ.

އޭނާ ފޮޓޯ ހިއްސާ ކުރުމާއި އެކު އެ ފޮޓޯ އަށް ގިނަ މީހުންގެ ސަމާލުކަން ލިބިގެން ގޮސްފައިވާ އިރު 7000 ވުރެ ގިނަ މީހުން މި ފޮޓޯ ޝެއާ ކޮށްފައިވެއެވެ.