ގދ. ތިނަދޫން މީހުން ބޭލި ހާދިސާގެ ހަނދާންތައް ކުރާ މީހުން މަދެއް ނޫނެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި މިކަން ހިނގިއިރު، އެރަށުން މީހުން ބޭލިއިރު ބައެއް މީހުން ގޮސް ވަޒަންވެރިވީ ފަޅު ރަށްތަކުގައެވެ. އެ ރަށްތަކުގައި މީހުން ދިރިއުޅުނީ ވަރަށް ހާލުގައެވެ. ގެތައް ހުރީ ފަނުންނާއި ދަނޑިން އަޅާފައެވެ. ބައެއް މީހުން ދިރިއުޅެނީ އެހެން މީހުންގެ ތައްޕާހުގައި މަސައްކަތް ކުރާށެވެ. އެހާ ހާލުގައިވެސް ބައެއް މީހުން އުޅުނެވެ.

އެރަށުން މީހުން ބާލަފައި ވަނީ 1962 ވަނަ އަހަރުއެވެ.

އެރަށުން މީހުން ބޭލިއިރު ކުޑަކުއްޖެއްގެ ގޮތުގައި ހުރި މިހާރު އުމުރުން 70ގެ އަހަރުތައް ގުނަމުންދާ އަންހެނަކު ކިޔާދިން ގޮތުގައި އެ މީހުން ރަށުން ބޭލުމުން ގޮސް އުޅުނީ ދައްތައެއް ކައިރީ މަސައްކަތް ކުރާށެވެ. އެގޮތުން އެއިރު ރުކުރާ އަޅާ ރަށެއްގެ ގޮތުގައި އޮތް ގދ. ހިޔަނިގިލިހުއްޓާގައި އާއި ދޫނިރެހާގައި އޭނާ ދިރިއުޅެމުން ދިޔައީ އެ ދައްތަ އާއި އިތުރު ބައެއް ކައިރީގައެވެ.

އެއިރު އޭނާ އެ ދެ ރަށުގައިވެސް ދިރިއުޅެމުންދިޔައިރު، ހިޔަނިގިލިހުއްޓާއާ ވަރަށް ކައިރީގައި އޮންނަ ގދ. އާކިރާހުއްޓާ ބެލެހެއްޓުމުގައި އުޅުނީ އޭނާއެވެ. އެއީ އެރަށުގެ ވެރިޔާގެ އެދުމުގެ މަތިން، އެރަށުގައި ވަގަށް ކާށި އަޅާތީ އެކަން ހުއްޓުވުމުގެ ގޮތުންނެވެ.

އާކިރާހުއްޓާއަކީ ފުރޭތަ އަރާ ރަށުގެ ގޮތުގައި އެއިރު މީހުން ކިޔަމުންދާ ރަށެވެ.

އެރަށް ބަލަހައްޓަން އޭނާއާއެކު ދެ ރާވެރިއެއްގެ އިތުރު ދެ ދަރިން ފޮނުވައެވެ. އެ މީހުން ރަށް ބަލަހައްޓައި އެރަށް ސާފް ކުރުމުގައިވެސް އުޅެއެވެ. އެރަށާއި ހިޔަނިގިލިހުއްޓާ އާ ވަރަށް ކައިރިއެވެ. އެހެންކަމުން އެރަށުން ބައެއް ކާތަކެތި އެ މީހުންނަށް ގެނެސްދީ ހަދައެވެ.

"އެރަށުގައި އަހަރެން ބަހައްޓާފައި އެ މީހުން ހުންނަނީ އެ މީހުންނަށް ކާށި ނުލިބޭތީ. ވަގަށް އެރަށުގައި ކާށި އަޅާތީ، އެރަށަށް އަރާ މީހުން ލައްވާ އަހަރެން އެތަން ސާފްކޮށް ހަދަން، ކުރުބާ ކަހަލަ އެއްޗެއް އެ މީހުންނަށް ދިނީމަ އެ މީހުން ތިބޭނީ ހަމަޖެހިފައިތާ". އެ ވާހަކަ ކިޔާދެމުން ބުންޏެެވެ.

އެރަށުގައި ހަތަރު މަސް ވަންދެން އެ މަސައްކަތުގައި އޭނާ އުޅުނެވެ. އެ ހަތަރު މަސް ދުވަސް ވަންދެންވެސް އޭނާ އާއި އޭނާއާއެކު އުޅޭ ދެ މީހުން ބަލާ ދެ ނަމާދު ދޭތެރެއާ ކައިރިކޮށްފައި ބޮއްކުރައިގައި އާދެއެވެ. އެގަޑިއަކީ ފުރޭތަ އަރާ ގަޑިއެވެ.

"އަހަރެން ބުނީ ހިޔަނިގިލިހުއްޓާގައި ދިރިއުޅޭ މީހުން ކައިރީގައި މަޣްރިބް ނަމާދާއި އިޝާ ނަމާދު ނުވަނީސް އަހަރެންނާއި ދެކުދިން އެރަށަށް ލައިދޭން".

އޭނާ ބުނާގޮތުގައި، އެ ބުނާ ގަޑިއަށް ކޮންމެ ދުވަހަކުވެސް ބަލާ އައި ނަމަވެސް، ބައެއް ދުވަސް ދުވަހު އެރަށަށް ދެވޭނީ ކިރިޔާއެވެ.

"އަހަރުމެން ހިޔަނިގިލިހުއްޓާގައި ތިބޭއިރު، އޭތި ފުރޭތަ/ އާކިރާހުއްޓާއަށް އަރަނީ". އޭތި އަރާ ހުންނަ އިރު އަލި ފެންނަ ކަމަށް ވެއެވެ.

އެ ފުރޭތަ ސިފަ ކިޔާދެމުން އޭނާ ބުނީ އެ ފުރޭތަ ރޯވެފައި ހުންނައިރު ދެލޯ ހުންނާނީ ކުކުޅު ބިހުގެ ކިންދާ ކުލައިގައި ކަމަށެވެ. ދުރުން ފެންނަ ގޮތް ސިފަ ކުރަމުން އޭނާ ބުންޏެވެ.

އޭނާ ކިޔާދިންގޮތުގައި، ހަމަލޮލަށް ސީދާ ކައިރިން އޭނާއަށް އެ ފުރޭތަ ނުފެނެއެވެ. އެހެން ފެނުނު ނަމަ "ހިތްފަޅައިގެން މަރުވެދާނެ" ކަމަށް އޭނާ ބުންޏެވެ. އަދި އެއީ ފުރޭތައެއްކަމުން އޭތީ މީހުންވެސް ކާލަފާނެ ކަމަށް އޭނާ ބުންޏެވެ.

އެ ފުރޭތަ އިތުރު ރަށްރަށަށްވެސް އަރާ ކަމަށް ވެއެވެ. މާދުއަާ ފަދަ ރަށްތަކަށްވެސް އެ ފުރޭތަ އަރާ ކަމަށް ވެއެވެ.

"ދޫނިރެހާގައި ތިބޭއިރު، ސީދާ މާދުއާ ކޮޅަށް އެ ފުރޭތަ އަރާ ހުންނަ ތަން ފެނޭ". އެކަމަކު ސީދާ އެ ފުރޭތަ އެ މީހުންނަށް ނުފެންނަ ކަމަށް ބުންޏެވެ. ފެންނަނީ އެ ފުރޭތައިގެ އައްޔެވެ.

އޭތީގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނޫނީ އަނިޔާއެއް ނޫނީ ކާލި ވާހަކައެއް އަޑުނާހާ ކަމަށް އޭނާ ބުންޏެެވެ. އެއީ އޭތި އަރާ ރަށްރަށުގައި އަނެއްހެން މީހުން ނޫޅޭތީއެވެ. މީހުންނަށް އޭތީ ފެންނަނީ ދުރުންނެވެ. ބައެއް ރަށްރަށުގައި ތިބޭއިރުއެވެ.

އެހެން ނަމަވެސް އެ ފުރޭތައިގެ ވާހަކަ ފަހުން ފަހުން އައިސް ނުދެކެވޭ ކަމަށް ވެއެވެ. އެހެންކަމުން މިހާރު އެރަށުން އެ ފުރޭތަ ނުފެންނަނީއެވެ.

އާކިރާހުއްޓަކީ މިހާރު ވަރުވާއަށް ދޫކޮށްފައިވާ ރަށެކެވެ. އެއީ 7.5 ހެކްޓަރުގެ ބިމެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ވެރީ ފަނީ

    ކާޑެއްދޫ އެއާޕޯޓަށް ޖައްސާ ފްލައިޓުގެ އަލި ދައްތައަށް ތިޔަ ފެނުނީ. ހަހަހަހަ. ފުރޭތަ އެއްޗިހި ނޫޅެކޭ ނޫން އިނގޭ. ކަން ވީ ގޮތް ކިޔާދިނުމުން މިހެން މިބުނީ ވާާން އެންމެ ޗާންސު ބޮޑު އެއްގޮތް މީ. އަހަރުމެން ރަށުގެ ޗެޓީ ސަރަހައްދުގަ ތިބޭއިރު ރީތިކޮށް ފެންނާނެ ފްލައިޓުގެ އަލިގަޑު

    6
    9
    • Anonymous

      ފްލައިޓް ނުދާނެ އެހާ ދުރަަކައް . ތިބުނާ ފަޅުރައް އޮންނަނީ ނަޑެއްލާ އާއި ރަތަފަންދޫ އާއި ދެމެދުގައި.

      4
      1
    • ށަލަޟް

      ދައްތަގެ ވާހަކައިން އަދި ފުރޭތައެއް ފެނުނުކަމަކަށް ނެތް ނިންމޭކަށް.
      އަދި އެޒަމާނުގައި ކާދެއްދޫ އެއަރޕޯޓެއްވެސް ނޯންނާނެ.

      12
    • .

      1962 ވެސް އެެއަރޕޯޓް އޮވޭތައް

  2. Anonymous

    ތިބުނާ އައްޔެއް އަހަރެނވެސް ދެކުނިން 2009 އަހަރު ޗުއްޓީއައް ގޮސް އުޅެނިކޮއް.

  3. ފުރޭތަ ހަމަލޮލުން ފެނުނު މީހެއް

    މިހާރު ފުރޭތަ އަރާ ރަށަކީ ގދ.ހަވަރު ތިނަދޫއެވެ. މިފުރޭތަ އަރަނީ ކޮންމެ ފަސް އަހަރުކުން އެއްފަހަރުއެވެ. އެފުރޭތަ ރަށަށް އަރާ ކަނީ މީހުންގެ ސިކުނޑިއެވެ. މިބުނާ ސިކުނޑި ކައިފައި ތިބި ބަޔަކު ވަނީ އޭގެ ކުޑަ ފުރޭތައަކަށް ފަސް އަހަރަށް ރައް ހަވާލު ވެސް ކޮއްފައެވެ. މިބުނާ ކުޑަ ފުރޭތައިގެ މައިގަނޑު ކަމަކަށް އޮތީ 64 ހެކްޓަރު ބިން ކައި ހުސްކުރުމެވެ.

    31
    1
  4. ފުރޭތަ

    އަހަރެން ބިރުން ހަލާކު ވެއްޖެ.

    10
  5. Anonymous

    އޭރު އައްޑޫ ގަމަށް އިނގިރޭސިންގެ ފްލައިޓްތައް ޖައްސާނެ. ދެން ދުރުން ފުލައިޓްގެ އަލި ފެނިފައި ދެފިޔަގަނޑުގެ ދެއަލި ދެލޯ ފެންނަހެން ފެނިފައިވަނީ.

    7
    1
  6. އަލިބެ

    އޭރުގަ ވަގައް ކާށި އަޅާ މީހުންގެވެސް ހާދަ ވިސްނުން ތޫނޭ ދޯ.

  7. ޒައިން

    ކުރީޒަމާނުގައި ވަރުވާއަށް ލިޔެގެން ބަލަހައްޓާ ރަށްރަޢް ފުރޭތައަރާކަމަށް ދައްކާވާހަކައަކީ އެރައްތަކަށް އެހެންމީހުން ދިއުންމަދު ކުރުމަށް ރަށުގެ ވެރިން ދައްކާއުޅޭ ވާހަކައެއް. ބޭނުމަކީ ރައްރަށުގައި ހުންނަކާއްޓާއި ދަރާއި އަކިރި ފަދަ ތަކެތި ރައްކާތެރިކުރުން. ޢަދި މިގޮތަށް ފެންނަ ފުރޭތައަކީ ފަރުމައްޗަށް މަސްހިފަން ގެންދާ ހުޅު. ދުވަހަކުވެސް ކައިރިން އެފަދަ އެއްޗެއްފެނުނު ކަމަށް މީހަކު ކީއަޑެއްނީވޭ.

    9
    1
  8. ރަންނަމާރި ޕްރޯ

    ޒަމާންތަކެއް ވަންދެން ރަންނަމާރިވެސް އެރި ނޫންތޯ، ތިޔަވާނީ ހަމަ އެހެން އަރާ އުޅުން އެއްޗަކަށް

    4
    1
  9. ޖޯން

    ތިވާހަކަ އަދި މުޅިއަކުން ތެދެއް ނޫން ތިކަން ހިގީ ތިގޮތަކަށް ނޫން ރަގަޅު މައުލޫމާތު އޮޅުން ފިލުވާފަ ލިޔޭ