ލޯތްބަކީ ވަރަށް ތަފާތު އެއްޗެކެެވެ. އެކި މީހުންނަށް ލޯބީގaއި ދިމާވަނީ އެކި ހާދިސާތަކެވެ. ލޯބީގައި ވަރަށް ކާމިޔާބު މީހުންނާއި ނާކާމިޔާބީގެ ހިތިފެނިފައި ތިބި އެތައް ބަޔަކު އެބަތިއްބެވެ. ބައެއް މީހުންނަކީ ލޯބިވާކަމަށް ހެދިގެން މުދަލާ ފައިސާގެ ތެރެއަށް ވެއްޓިގަންނަ މީހުންނެވެ. މިކަހަލަ ކިތަންމެ ކަމެއް މި ކުޑަކުޑަ ރާއްޖޭގައި ވެސް ހިނގާފައި ވެއެވެ.

މިއީވެސް އެފަދަ ހާދިސާއެކެވެ. މާބޮޑަށް ލޯބި ވެވުނީއެވެ. މާބޮޑަށް އިތުބާރު ކުރެވުނީއެވެ. ހާދިސާ ފެށުނީ ލޯބިން ކުރި ކައިވެންޏަކަށް ފަހުއެވެ. މާލެއަށް ނިސްބަތްވާ ރާމިޒު އަލީ (އަސްލު ނަމެއް ނޫން) އަކީ ކިޔަވައިގެން ހުރި މީހެއް ނޫނެވެ. އޭނާ އެއިރު އެއީ ރާއްޖެއިން ބޭރަށް ދަތުރު ކުރަން ގޮސް އުޅުނު މީހެކެެވެ. ވަރަށް ފައިސާ ވެސް އެއްކޮށްފައި ހުރި މީހެކެވެ.

ރާމިޒަށް ނުކިޔެވި ހުއްޓަސް، އޭނާ އެގޮތަށް ކުރި ދަތުރަކަށް ފަހު އެނބުރި އައި ފަހުން ރަނގަޅަށް ކިޔަވައިގެން ހުރި މާލޭގެ އާއިލާގެ އަންހެނަކާއި ކައިވެނި ހަމަޖެހުނެވެ. އެއީ އާއިލާގައި ކުދިން ގިނަވުމުގެ ސަބަބުން މާ ތަނަވަސް އާއިލާއެއް ނޫނެވެ. މާލޭގެ އޮފީހެއްގައި ރަނގަޅު ވަޒީފާއެއްގައި އުޅެމުން ދިޔަ ފާތުމަތު އިނާޝާ (އަސްލު ނަމެއް ނޫން) އާ ރާމިޒު އެ ކައިވެނި ކޮށްފިއެވެ.

މީގެ 27 ވަރަކަށް އަހަރު ކުރިން ކުރި އެ ކައިވެނި ފުރިހަމަވެގެން ދިޔައީ އާއިލާއެއް ބިނާވެގެން ދިޔަ ހިސާބުންނެވެ. ދަރިން ބޮޑެތިވާން ފެށި ހިސާބުންނެވެ. ލިބުނީ ދެ ޖިންސުގެ ދެ ކުދިންނެވެ. ކައިވެނީގެ މަތީގައި ގިނަ ދުވަހު އުޅެވުނުއިރު، އެ ކައިވެނީގެ ތެރެއިން "ލޯބި" ފެނިގެން ދިޔައެވެ. އެކަމަކު އެއިރު މި ފެންނަނީ ކަނު ލޮތްބެއް ކަމެއް ނޭނގެއެވެ.

ކައިވެނީގައި މާބޮޑު މައްސަލައެއް ނުޖެހި ރާމިޒު އާއި އިނާޝާގެ ދިރިއުޅުން ކުރިއަށްދިޔައެވެ. ބޮޑުދަރިފުޅަށް 14 އަހަރުވީއެވެ. ރާމިޒުއަށް އޭނާގެ މަންމަގެ ގޯތިން ލިބުނު ތަންކޮޅުގައި ހަތަރު ބުރީގެ ރީތި ގެއެއް އަޅައިފިއެވެ. އޭނާ އެހާ ދުވަަސްވަންދެން ފައިސާ އެއްކޮށްފައި އާއިލާއަށްޓަކައި އެޅި ގެއެވެ.

"ވައިފް އެ ދުވަހު ބުނީ އޭނާ ދެކެ ލޯބިވަންޏާ އޭނާއަށް އެ އިމާރާތް ދިނުމަށް، ފިރިހެން މީހާ އަންހެން މީހާއަށް ސަޕްރައިޒެއް ދިނުމަށް އޭނާގެ ނަމަށް ގެ ރެޖިސްޓްރީކޮށްދިނީ". މިއީ މައްސަލަ ގޯސްވި ހިސާބެވެ. މިއީ ލޯބިން ފިރިހެން މީހާ ކޮށްދިން ކަމެކެވެ. އެކަމަކު އެއީ އިނާޝާ މާ ސީރިއަސްވެފައި ދެއްކި ވާހަކައެއް ނޫން ކަމަށް ވެއެވެ.

"އެކަމަކު ލޯބިވާވަރުންނޯ ރެޖިސްޓްރީކޮށްދިނީ".

މި ލޯބީގެ ތެރެއަށް ޒަހަރު އެޅިގެން ދިޔައީ އިނާޝާގެ އޮފީސް މީހުންނަށް އެކަން އެނގުނު ހިސާބުންނެވެ. ބައެއް މީހުން އިނާޝާ ގާތްކޮށްލިއެވެ. އިނާޝާ އާއި ރާމިޒްގެ ހަޔާތަށް ޒަހަރު އަޅަން ފެށިއެވެ. މުދަލާއި ފައިސާގެ ބޭނުމުގައެެވެ. އެރީތި ގޭގެ ބޭނުމުގައެވެ. މާބޮޑަށް އޮފީސް މީހުން އިނާޝާ އާ ގާތްވެ އޮފީހުގެ އިސް މީހަކާ އިނާޝާއާ ގުޅުމެއް އުފެދުނެވެ. އިނާޝާއަށް ވެސް އޮޅުނެވެ. ގޭގައި ދެމަފިރިން އުޅޭއިރު ވެސް މި ފިރިހެން މީހާ އެގެއަށް ގޮސް ހަދަން ފެށިއެވެ. ރާމިޒު ގޭގައި ނޫޅޭއިރު އެގެއަށް ގޮސް ހަދައެވެ. ރާމިޒު އާއި އިނާޝާ އާ ދެމަފިރިން އެކަނި ކޮޓަރި ތެރޭގައި އުޅޭއިރު ވެސް އަންނަނީއެވެ. ރާމިޒަށް މިވާގޮތެއް އެނގޭ ވަރު ނުވެއެވެ. އިނާޝާގެ ބޮސް ވީމަ ހުންނަނީއެވެ. އެކަމަކު މި ދެމީހުންގެ ދެމެދުގައި ނުހިނގާ ގުޅުމެއް ނެތެވެ.

އެއިރު އިނާޝާގެ ފަރާތުން މާބޮޑު ތަފާތެއް ނުފެނުނު ކަމުގައިވިޔަސް ފަހުން ފަހުން އައިސް އިނާޝާގެ އުޅުމަށް ބަދަލު ތަކެއް އަތުވެއްޖެއެވެ. ރާމިޒު ބޯޓު ދަތުރުކޮށްފައި އަންނަ ބައެއް ރޭރޭ ބޮސް އެގޭގައި އެ މީހުންގެ ކޮޓަރީގައި ނިދާފައި އޮވެއެވެ. ވެގެން އުޅޭގޮތް އެނގުނީ ހިސާބުގަނޑު މީހުންގެ ވާހަކަތަކުންނެވެ. ދަރިންގެ ކުރިމަތީގައި މަންމަ އުޅޭ ގޮތުންނެވެ. ދަރިންނަށްވެސް މަންމަ ގޯސްކަމުގެ އަޑުތައްވެސް ގަދަވީއެވެ.

އެކަމަކު އެއިރުވެސް އަސްލު ވާންވީ ގޮތް ރާމިޒަށް ނޭނގެއެވެ. މިއީ އެ ގޭގެ ބޭނުމުގައި ހިނގާ ކަމެއްކަން ނޭނގެއެވެ. ވާނީވެސް އެހެންތާއެވެ. ލޯބިވާ އަނބިމީހާ އުޅުނު ގޮތަކީ ވެސް މިއީއެވެ. އެކަމުގެ ސަބަބުން ވިސްނާ ވިސްނާ ރާމިޒުގެ ސިކުނޑިއަށް އަސަރު ކުރިއެވެ. ނަފްސާނީ މައްސަލަތައް ކުރިމަތިވި މުޅި މީހާ މައިތިރި ވެއްޖެއެވެ.

އެންމެ ފަހުން ކައިވެނި ރޫޅޭ ހިސާބަށް ދިޔައީ އިނާޝާ ނަހަލާލަށް ބަނޑުބޮޑުވެފައި އިންދާއެވެ. އެކަމަކު އިނާޝާ ކޯޓަށް ފޯމުލީ ފިރިހެން މީހާގެ ފަރާތުން ލޮތްބާއި އަޅާލުން ނުލިބޭ ކަމަށް ބުނެއެވެ. ދެމީހުންގެ ދެމެދުގައި މާބޮޑު ގުޅުމެއް ނުހިނގާތާ ގިނަ ދުވަސްވީ ކަމަށް ބުނެއެވެ. ފިރިމީހާ ރަށުގައި ނުހުންނަ ކަމަށް ބުނެއެވެ. އެކަމަކު މިއީ ހަގީގަތެއް ނޫނެވެ. ކޯޓު ތެރޭގައި ރާމިޒުގެ ދޫ ބަންދު ކުރެވޭ ވަރު ކުރުވީ ދޮގު ވާހަކަތަކުންނެވެ.

އެ ކައިވެނި ރޫޅިގެން ދިޔައިރު، ރާމިޒަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކުރިއެވެ. ވަޒީފާއަށް އެނބުރި ދެވޭނެ ހިތްވަރެއް ނެތިއެވެ. އެންމެ ފަހުން އެކައިވެނީގެ ގުޅުން ނިމުނު ފަހުން ރާމިޒު ގެއިން ވެސް ނެރެލައިފިއެވެ. އަސްލު ބޭނުންވި ގޮތަކީ އެއީއެވެ. އަދި ދުވަސްތަކަކަށްފަހު އެ ބޮސް އާއި އިނާޝާ ކައިވެނި ކުރިއެވެ. އޭގެ ފަހުން ދަރިންނަށް ވެސް އެގޭގައި ނޫޅެވޭ ވަރު ކުރިއެވެ.

ދަރިން ބޮޑެތިވީ ވަރަށް ނިކަމެތި ހާލުގައެވެ. ރާމިޒުގެ ކުއްލި މަރާއި ވެސް އެކުގައެވެ. އޭނާ މަރުވީ ގުދުރަތީ މަރަކުން ކަމަށް ބުނެއެވެ. އެކަމަކު އެންމެ ފަހުން ކަންތައް ނިމިގެން ދިޔައީ އިނާޝާގެ ކައިވެނި ވެސް ރޫޅިގެންނެވެ. އޭނާގެ ބޮސްގެ ހަގީގަތް އެނގި، އަސްލު ހިތާމައިގެ ތެރެއަށް މީހާ ޣަރަގުވެގެންނެވެ. ދަރިންގެ ފަރާތުން ލޯބި ނުލިބިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހާމާނު

    ފޭކު ސްޓޯރީއެއް، މަންމަ ގެ ، އެހެންވީމާ ކޮބާ ދަރިންގެ ހައްގު ލިބޭނެ،

    28
    7
    • Anonymous

      ފޭކެއް ނޫން. މީ ހިނގާ ކަމެއް މިހާރުވެސް.

      15
      3
  2. ރަދީފުލް ކުމާރު

    ތިމާގެ ހަރުމުދާ އެނެކާއަށް ރަޖިސްޓުރީކޮށްދޭނީ މޮޔައިން. ލޯބިވާކަންދައްކާކަށް ކޮންމެހެން ގޯތިދޭކަށްނުޖެހޭ. ދޭންޖެހޭނީ ލޯބި.

    48
    • Anonymous

      ބައެއް އަންހެނުން ތިބޭ ތިކަން ގަބޫލު ނުކުރާ.

      15
      2
  3. ނަޒީ

    ކުންނު ނެތް ފްލޯކެއް

    6
    3
  4. ށަވިޔަނި

    ޙިޔާލީ ވާހަކަ އަކާ ވައްތަރީ

    9
    4
  5. 1

    ލޯތްބަކީ ވަރަށް ތަފާތު އެއްޗެކެެވެ. އެކި މީހުންނަށް ލޯބީގaއި ދިމާވަނީ އެކި ހާދިސާތަކެވެ. ލޯބީގައި ވަރަށް ކާމިޔާބު މީހުންނާއި ނާކާމިޔާބީގެ ހިތިފެނިފައި ތިބި އެތައް ބަޔަކު އެބަތިއްބެވެ. ބައެއް މީހުންނަކީ ލޯބިވާކަމަށް ހެދިގެން މުދަލާ ފައިސާގެ ތެރެއަށް ވެއްޓިގަންނަ މީހުންނެވެ. މިކަހަލަ ކިތަންމެ ކަމެއް މި ކުޑަކުޑަ ރާއްޖޭގައި ވެސް ހިނގާފައި ވެއެވެ.

    9
    1
    • ކޮއްކޮ

      ވާހަކައިގެ ފުރަތަމަ ޕެރެގުރާފް ކޮޕީ ކޮއްފަ ޕޭސްޓް ކޮއްލި އިރު އެ އިންނަ އޭ އަކުރު ކަނޑާލިނަމަ🙃

      2
      1
  6. ކަލޯ

    ހުސް އަންހެނުންތަ ކޮމެންޓް މިކުރަނީ ؟ ފިރިހެނުން ރަނގަޅުކޮށްދޭންމިޖެހެނީ؟🤣