މިއީ ރާއްޖޭގައި ވަރަށް އާންމު ކަމެކެވެ. ގިނަ މީހުން ބުނަނީ ބުރުގާ އަޅައިގެން އުޅޭ އަންހެނުން ކުރު ހެދުންތައް ލައިގެން ތިބެ ނަގާ ފޮޓޯތައް ނުވަތަ އެމީހުންގެ އިސްތަށިގަނޑު ދެއްކުމަށް ފަހު ނަގާ ފޮޓޯތައް މީސް މީޑިއާއަށް އަޕްލޯޑް ކުރަނީ މަޝްހޫރުވާން ވެގެން ކަމަށެވެ.
ނަމަވެސް ސައިކޮލޮޖިސްޓުން ނުވަތަ ނަފްސާނީ ކަންތައްތަކާއި ބެހޭ އިލްމުވެރިން ބުނަނީ ތަފާތު ވާހަކައެކެވެ. އޮރެގަން ސްޓޭޓް ޔުނިވަސިޓީ އިން ތައްޔާރުކޮށްފައިވާ ދިރާސާއެއްގެ ރިޕޯޓްގައި ބުނެފައި ވަނީ މީސް މީޑިއާގައި އެފަދަ ފޮޓޯތައް އާންމު ކުރާ މީހުންނަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަބައެއް ކަމަށެވެ.
އެމީހުން އެފަދަ ފޮޓޯތައް އާންމު ކުރަނީ އެމީހުންނަކީ "ވަރުގަދަ ބައެއްކަން" ދެއްކުމަށެވެ. އެމީހުންނަކީ ކޮންމެ ފަދަ ކަމެއް ވެސް ކުރަން ކެރޭނެ ބައެއް ކަމަށް ދެއްކުމަށެވެ.
މިފަދަ ފޮޓޯތައް އާންމު ކުރާ ގިނަ މީހުންނަކީ އަމިއްލަ ދިރިއުޅުމުގައި ގިނަ މައްސަލަތަކުގެ ތެރޭގައި އުޅެން ޖެހިފައިވާ މީހުން ކަމަށް ވެސް ސައިކޮލޮޖިސްޓުން ބުނެއެވެ. އެމީހުންގެ ކަންބޮޑުވުންތަކާއި ހާސްކަން ފިލުވުމަށްޓަކައި ފޮޓޯތައް އާންމު ކުރެއެވެ. އެމީހުންނަށް ހީވެފައި އޮންނަނީ އެފަދަ ފޮޓޯތައް އާންމު ކުރުމުން އެމީހުން ވިސްނަން ޖެހޭ ހަޤީޤީ މައްސަލަ މަތިން ހަނދާން ނައްތާލެވޭނެ ކަމަށެވެ. ނަމަވެސް ގިނަ ފަހަރު އިތުރު މައްސަލަތައް ދިމާވެ އަނެއްކާ އިތުރު ކަންތައްތަކާއި ވިސްނަން ޖެހެއެވެ.
ހަށިގަނޑުގެ ވަނާތައް ފެންނަ ފޮޓޯތައް އާންމު ކުރާ މީހުންނަކީ އަބަދުވެސް މޮޅުވާން ބޭނުންވާ މީހުންނެވެ. އެހެން މީހުން އަބަދުވެސް އެމީހުންގެ ވާހަކަ ދައްކަން ބޭނުންވާ މީހުންނެވެ. އެމީހުންގެ ރީތިކަމާއި އެމީހުންގެ ބަނިޔާދަންކަމުގެ ވާހަކަ އެހެން މީހުން ދައްކަން އެމީހުން ލޯބި ކުރެއެވެ.
ވިސްނާލަން ޖެހޭ އިތުރު ކަމަކީ މިއީ ނަފްސާނީ މައްސަލައަކަށް ވެސް ވެދާނެ ކަމަށް ދިރާސާ ރިޕޯޓްގައި ބުނެފައި ވާތީއެވެ. އެހެންކަމުން ލަސްނުކޮށް ސައިކޮލޮޖިސްޓެއްގެ ލަފާ ހޯދުން މުހިންމެވެ.
އެހެންވީއިރު ލަވަ ކިޔަނިއްޔޭ ކިޔައިގެން ބުރުގާތައް އަޅަ އަޅާފަ ނަގައިގެން އެ އުޅޭ މީހުން ސައިކޮލޮޖިސްޓަކަށް ދަށްކަން މާ ލަސްވެސް ވެއްޖެ
އެއީ އެމީހުން ބުރުޤާ އަޅަނީ ނިވާކުރާކަށް ނޫނޭ! ތީދެން ސުވާލެއްވެސް ނޫނެއްނު!
އެމީހުން ބުރުޤާ އަޅަނީ އެމީހުންނަށް މީހުން ލަންބުވާ! އަދި މީހުންވެސް އެމީހުންނަށް ލެނބުމަށް.
ސޯޝަލް މީޑިއާގައި ބުރުޤާ ބާލަނީ އެއީ ވަޅުކޮޓަރިވީމަ! އެތާ ބާލާނެ ހުރިޙަ އެއްޗެއްވެސް.
އިޓިޒް ސޯ ސިމްޕަލް!
ތިޔަ ސުވާލު ކުރިމަތިކުރައްވަން ޖެހޭނީ އެގޮތަށް ފޮޓޯ އަޕްލޯޑުކުރާ އަންހެން ކުދީންނާ...
އަހާ ވީޕީ ޝޭކު ކުރެން
ކޯޒް ވައި ނޮޓް
ފަޒްނާ
????????????????????????????????????????
އަސްލު މީސްމީޑީގައި ފޮޓޯ އަޕްލޯޑް ކުރަނީ އެމީހުންގެ ހުންނަ ނަފުސާނީ މައްސަލަ އެއްގެ ސަބަބުން.
ﷲއަށް ބިރުވެތި ނުވަނީ ހަމަ... ކީއް ކުރާނީ... ފަހު ޒަމާނު ގެ ޢަލާމާތެއް
ހިސާބަށްވުރެއް ލާދީނީ. ޢެއީ ވާގޮތހަކީ
ހިސާބަށް ވުރެން ލަދުކުޑަވީމަ ވާނީ ތިހެން ދޯ
މަޖިލިސް ރައީސް ބުނީތީ............
އީމާންކަމެއް ހިތުގަ ނެތީމަ