އޮސްޓްރޭލިއާގެ ކުއީންސްލޭންޑްގައި ދިރިއުޅެމުންދާ މީހަކަށް ފެނުނު "އޭލިއެން" އަކާއި ވައްތަރު އެއްޗެއްގެ ސަބަބުން އޭނާއަށް ލިބިގެން ދިޔައީ ޝޮކެކެވެ.
އެލެކްސް ޓާން ނަމަކަށް ކިޔާ އެ ޒުވާނާ ސަންޝައިން ކޯސްޓްގެ މަރޫޗީޑޯރ ބީޗުގައި ހިނގާފައި ދަނިކޮށް، އޭނާ އަށް މި ޖަނަވާރު ފެނުނެވެ. އަދި އެ އެތީގައި ޖަނަވާރުން ހުންނަ ޒާތުގެ ބޯ ކަށިގަނޑެއް ހުރި ކަމަށް ބުނެފައި ވާއިރު، ނިގުލަކާއި އެއްޗެހި އޭގައި ހުރި ކަމަށް ވެއެވެ.
ޓޭން ބުނީ، އޭތި ފެނިފައި ވަނީ އެ ސަރަހައްދުގައި ފެންބޮޑުވި ހާދިސާ ހިނގިތާ ހަފްތާތަކެއް ފަހުންނެވެ.
ޓޭން އިންސްޓަގްރާމްގައި އޭގެ ވީޑިއޯއެއް ހިއްސާ ކޮށްފައި ވެއެވެ. އަދި އެއީ އޭލިއެންއެއް ކަމަށް ބުނެފައި ވެއެވެ. އަދި ކައިރިން ބަލާއިރު، އެއީ ކުއްތާއެއް ނޫނީ ކެންގަރޫއެއް ހެން ވެސް ހީވާ ކަމަށް ބުނެފައި ވެއެވެ.
View this post on Instagram
އެ ފެނުނު އެއްޗާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އޭނާ ވަނީ އެފަދަ ކަންކަން އެނގޭ މީހުންގެ އެހީއަށް އެދިފައެވެ.
އޭތީގެ ވީޑިއޯއާއެކު ބައެއް މީހުން ވަނީ ބިރުގަންނަ ކަމަށް ބުނެފައެވެ.
އިތުރަށް ޓޭން ބުނީ، އޭނާ ފަހުން އެ ގޮނޑުދޮށަށް ދިޔައިރު، އެތަނުގައި އޭތި ނެތް ކަމަށެވެ.
މީގެ ކުރިންވެސް ގޮތް ނޭނގޭ ދިރޭ އެއްޗެހިތަކެއް ފެނިގެން އެތައް ބައެއްގެ ސަމާލުކަމަށް ގެނެސްފައި ވެއެވެ. އަދި މިހެން ފެންނަ ގޮތް ނޭނގޭ އެއްޗެއްސަށް އޭލިއަން ކުރިއަށް ލާފައި ނަންވެސް ދެއެވެ. އަދި އެއީ އޭލިއަން އާ ވައްތަރު އެއްޗެއް ކަމަށްވެސް ބުނެ ގިނަބައެއްގެ ސަމާލުކަން ހޯދައެވެ.
ތީ ހާރުގެރި. ނުބައި ތާކަށް ދެވިގެން އެ އުޅެނީ.
ދެންމެ ވިހާފާ އޮތް ޅަ ކުއްތާއެއްކަމަށް މަ ހީކުރީ