އެޓްލާންކިޓް އޯޝަންގެ ނޯވޭ ކަނޑަަށް މަސްވެރިކަމަށް ނުކުމެ އުޅުނު މަސްވެރިއަކު "ޑްރެގަން"އަކާއި ވައްތަރު ކުޑަ މަހެއް ބާނައިފިއެވެ.

ރޯމަން ފެޑޯޓްސޮވް ނަމަކަށް ކިޔާ މި މީހާ އެއިރު މަސްވެރިކަން ކުރަމުން ގޮސްފައި ވަނީ ޓްރޮމްސޫގެ އައްސޭރިފަށުގައެވެ. އޭނާ ބުނެފައިވާގޮތުގައި އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި އޭނާއަށް ވަނީ ގޮތް ނޭނގޭ ޒާތުގެ މަހެއް ފެނިފައެވެ.

ފެޑޯޓްސޮވްއަކީ އާއްމުކޮށް ކަނޑުމަތީގައި އުޅޭއިރު އޭނާއާށް ފެންނަ އެއްޗެހިތަކުގެ ފޮޓޯތައް ހިއްސާ ކުރާ މީހެކެެވެ. އަދި އޭނާ މިގޮތަށް ހިއްސާ ކުރާ ފޮޓޯތަކަށް އާއްމުންގެ ބޮޑު ސަމާލުކަމެއްވެސް ލިބެއެެވެ.

އޭނާ އެންމެ ފަހުން އޭނާ ހިއްސާ ކުރި މަހަށް ބަލާއިރު، އެ މަހުގައި ހުރީ ޕިންކް ކުލައެވެ. އަދި އޭގައި ބޮޑު ދެ ލޯ ހުރިއިރު، ފިޔަގަނޑެއް ޒާތުގެ އެއްޗެއް އޭގެ ހަށިގަނޑާއި ގުޅިފައި ވެއެވެ. އަދި ދިގު ނިގުލެއް އެ މަހުގައި ވެއެވެ.

މިއާއެކު އެއްބަޔަކު ވަނީ އެއީ "ބޭބީ ޑްރެގަން"އެއް ކަމަށް ބުނެފައެވެ.

މި މަހަށް ކިޔަނީ ޗިމައިރާ އެވެ. ބައެއް މީހުން މި މަހަށް "ގޯސްޓް ޝާރކް"ގެ ނަމުންވެސް ނަން ދީފައި ވެއެވެ.