ކުރީގެ ޖެންޑަރ މިނިސްޓަރު ސިދާތާ ޝަރީފް ވެސް އެންމެ ފަހުން ޓިކްޓޮކް ލަވައަކުން ފެނިއްޖެއެވެ.

ޓިކްޓޮކް ލަވައަކުން ސިދާތާ ފެނުނު ނަމަވެސް އެއީ ސިދާތާ އަމިއްލައަށް ޓިކްޓޮކަށް ލާފައިވާ ވީޑިއޯއެއް ނޫނެވެ. އެހެން މީހަކު ލާފައިވާ އެ ވީޑިއޯއިން ފެނިގެން ދަނީ ފަހަކަށް އައިސް ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަމެއް ލިބިފައިވާ ލަވައަކަށް ސިދާތާއާއި އެހެން މީހަކު އެކްޓް ކުރާ މަންޒަރެވެ.

ސިދާތާ ފެނިގެންދާ އެ ޓިކްޓޮކް މީޑިއާގައި އާންމުވުމާއި ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން އެޓިކްޓޮކަށް ވަނީ ހުއްޓިފައެވެ. އެގޮތުން މިހާތަނަށް 31،000 ވުރެ ގިނަ މީހުން އެ ޓިކްޓޮކް ބަލާފައިވާއިރު، 116 މީހަކު ވަނީ ވީޑީއޯއަށް ކޮމެންޓް ކޮށްފައެވެ.

@moses_kokky

My Sid 💙🤍 Love Youuu 💙🤍 #moseskokky #foryoupage

♬ Isii Nafta (Love You More Than My Life) - Nimco Happy

ވީޑިއޯއަށް ކޮމެންޓް ކޮށްފައިވާ ބައެއް ފަރާތްތަކުން ވަނީ ސިދާތާ ވެސް ޓިކްޓޮކްގެ ދުނިޔެއަށް ވަނީތޯ ސުވާލު އުފައްދާފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ސިދާތާއާއި އެކީ އެމީހުން ވެސް ޓިކްޓޮކެއް ކުޅެން ބޭނުންވާ ކަމަށް ބުނެފައެވެ.

ގިނަ ދިވެހިންގެ މެދުގައި މަގުބޫލު ކަމެއް ލިބިފައި އޮންނަ ޓިކްޓޮކް ކުޅެގެން މިހާތަނަށް ގިނަ ދިވެހިން ވަނީ މަޝްހޫރުވެފައެވެ. އެހެން ކަމުން ބައެއް ފަރާތްތަކުން ވަނީ ސިދާތާ މަޝްހޫރުވެފައިވާ ވަރަށްވުރެ ބޮޑަށް މަޝްހޫރުވުމަށް ދުވަސްކޮޅަކުން ޓިކްޓޮކަށް ނިކުމެދާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މަރީ

    ތިކަންކުރެވުނީމާ ދެން ހުރިހާ ކަމެއް ތިހަމަވީ އަދިކިރިޔާ ތި ފުރިހަމަ ވީ

    39
    1
  2. ސައްޕެ

    ވިސްނާލަބަލަ މިވަރު މީހެއް މިއުޅުނީ އަދާލަތުގައި، މިހިރީ މީނާގެ ދީންވެރިކަން ހިލޭ ފިރިހެނުންނާ ގައިގޯޅިވެ ވީޑިއޯވެސް ސޯސަލް މީޑިއާގައި

    56
    3
    • ޞަލަ

      ބަލަ ކިހިނެއް އެނގެނީ އެއީ ހިލޭ ފިރިހެނެއްކަމެއް؟ ވަރިވާންވެސަ އުޅުނެއްނު ފިލްމިސްޓާރާ. ވެދާނެ އެއްނު މީ މިހާރުގެ ކަމަކަށްވެސް. ތިނންކް ޕޮޒިިޓިވް.😉

      6
      12
  3. އަހަންމަދު

    އަސްލުފެންވަރުހާމަވީ!

    42
    2
  4. އަލިމާ

    ލަދުކޮބާ؟

    25
    2
  5. ފުންއަސަރު

    ދީންވެރި ފިރިއެއްގެ ބެލުމުގެ ދަށުގައި ހުރިނަމަ މިގޮތަށް ނުފެންނާނެ
    ހެޔޮވިސްނުން ދެއްވާށި އާމީން

    36
    2
  6. ބިންގޯ

    މިވަރުގެ މީހުން މިނިސްޓަރު ކަމުގަ އުޅުނީ. ބޯހަލާކު

    30
    2
  7. ހާމިދު ޝާހިދު

    ދެން މަސްތުވާ ތަކެއްޗާ އެކު ނުފެނިއްޖެއްޔާ ރަނގަޅު. މިހާރު ފިލުމު ކުޅޭ ކުއްޖާއާ ކައިވެނި ކޮށްގެންތޯ އުޅުއްވަނީ! މިއީ، ކޮން ފިރިހެން ކުއްޖަކާ އެކުތޯ މިއުޅެނީ.

    26
    2
  8. ކަންގަނާ

    އަދާލަތު ތީ މިހާރު ސިޔާސީޕާޓީއެތް އިލްމުވެރިންނެތް ދީންއިގޭ ބަޔަކު އުޅޭތަނެތްނޫން

    24
    3
  9. ސޯޓުބެ

    ސިޔާސީ ގޮތުން މީހުނަށް ވަގަށް ގޮވާ އުޅުނު މީހުންގެ ހަގީގަތް އަދި މިއެނގުނީ

    18
    2
  10. އަހްމަދު

    މާތް ﷲ މަގުފުރައްދައިފި މީހަކު ހަމަ މަގަށް އެޅުވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. ވަﷲ އައުލަމް..

    21
    1
  11. ުޔތު

    ސިދާތާ ޔޫސްކޮށް މަގުމަތި ކޮށްލީ ހަމަ ސީދާ އިމުރާން. ކިހިނެއް އުޅުނު މީހެއް މިއަދު ކިހިނެއް އެ އުޅެނީ. މަގުމަތީގައި ލާހޫރެނީ. ފަހަރަކު މީހަކު އުނގުން.. ޒަމާން ދިޔައީ ނޫންތޯ. ސިދާތާގެ ތަރި އޮއްސުވާފަ ފިސާރި ކެއްސެއްދީފަ އެ ހުރީ. ކިހާ ހަޑި ތޯ. މި ކޮމެންޓް ސިދާތާޔަށް ދައްކާތި. ދަރިންކޮޅު އުކާލާފަ 40 ވީމާ ދެން ކޮން މޮޅެއް ވާނީ. ވައަތްރު ނުޖައްސާ ގެއަށް ވަދޭ ހަމަ މިހާރު

    15
    2
  12. ސަދާން

    ބުރުގާ ބޮލުގައޮތަސް އެމީހާގެ ނަފުސު ތޯހިރު ނުވަޔާ ތިކަހަލަ ކިތަމެކަމެފެނާނެ

    9
    2