އަމާން ވިޝްކަރްމާއަށް ފޯނެއް ކޯލެއް އަންނަނީ ހޮސްޕިޓަލްގައި އޮތް 19 އަހަރުގެ ފިރިހެން ދަރިފުޅުގެ ފަރާތުންނެވެ. ދަރިފުޅެގެ އެއްވެސް އަޑެއް ނެތެވެ. ކުއްލިއަކަށް ދެން އިވުނީ ވަރަށް ބާރަށް "ބައްޕާ މުޅި މިތަނުގައި ހުރީ ރޯވެފައި، އަވަހަށް އާދޭ، އަހަރެން ސަލާމަތް ކުރޭ". މިހެން ބުނާ އަޑެވެ.

އެއީ އެއީ އޮގަސްޓް އެއް ވަނަ ދުވަހު މަދްޔަ ޕްރަދޭޝްގެ ޖަބަލްޕޫރުގެ އަމިއްލަ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އަށް މީހުންގެ ތެރެއިން އެންމެ ޒުވާން މީހާ ކަމަށްވާ ޓަންމޭ ވިޝްވާރްމާގެ އެންމެ ފަހު ބަސްތަކެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ޖަބަލްޕޫރުގެ ދަމޯހް ނަކާ ސަރަހައްދު ކައިރީގައި ހުންނަ ނިއު ލައިފް މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލުގައެވެ.

އޭނާގެ ބައްޕަ އޭނާއާ ގުޅައިގެން ވާހަކަދައްކައިގެން ހުންނަން ބޭނުންވިއެވެ. އެކަމަކު އެ ފޯން ކޯލް ކުރިއަށް ނުދިޔައެވެ.

އޭގެ ދެ ގަޑިއިރު ކުރިއެވެ. ޓަންމޭ ވަނީ އާއިލާ އާއި ރައްޓެެހިންނަށް އެ ހޮސްޕިޓަލްގައި އޮވެ ފޮޓޯ ނަގާފައި ފޮނުވާފައެވެ. އަދި ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށް ބުނެފައި ވެއެވެ. އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ ވަރުބަލިވެ، މާބޮޑަށް މީހާގެ ހާލަތު ދަށްވާކަމުގެ ޝަކުވާތައް ކުރަން ފެށުމުންނެވެ.

އެންމެ ފުރަތަމަ މައްސަލަ ޖެހުނީ އޭނާގެ ކަންފަތުގައެވެ. ފަހުން އޭނާގެ ހާލު ދެރަވާން ފެށި ކަމަށް އޭނާގެ ބައްޕަ އެންޑީޓީވީއަށް ބުންޏެވެ.

"ޑރ ސަންޖޭ ޕަޓޭލް (ނިއު ލައިފް މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލުގައި) ހެނދުނު 11 ޖަހާއިރު އައުމަށް އެދިފައި އޮތީ. އޭނާ ލަސްވީ، އަދި އެންމެ ފަހުން މެންދުރު ފަހު ދިޔައީ. ޑޮކްޓަރުން ލަފާ ދިނީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް." ޓަންމޭގެ ބައްޕަ އެންޑީޓިވީއަށް ބުންޏެވެ.

އޭނާއަށް ފޯން ކޯލެއް އައީ މެންދުރު 2:49ގައެވެ. "ބައްޕަ އަހަރެން ސަލާމަތް ކުރޭ". ދަރިފުޅުގެ ފަހު ބަސްތައް ކިޔާދެމުން އޭނާ ބުންޏެވެ.

އޭނާގެ ބައްޕަ ވަނީ އެ ހޮސްޕިޓަލަށް ފިޔަވަޅު އެޅުމަށް އެދިފައެވެ.

ފުލުހުން ބުނެފައި ވަނީ، މި ހާދިސާ ހިނގާފައި ވަނީ ކަރަންޓް ސޯޓެއް ވެގެން ކަމަށެވެ.

އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ކޮންމެ މީހަކަށް ފަސް ލައްކަ ރުޕީސްގެ ބަދަލެއް ދޭނެ ކަމަށް މަދްޔަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޝިވްރާޖް ސިންގް ޗޯހާން ވަނީ އިއުލާން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު