ބްރެޑް ޕިޓްގެ "ބުލެޓް ޓްރެއިން" ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

ސްޓޫޑިއޯގެ އަންދާޒާތައް ދައްކާ ގޮތުން، ބްރެޑް ޕިޓް ލީޑް ރޯލް ކުޅެފައިވާ އެކްޝަން "ބުލެޓް ޓްރެއިން" އަށް ވަނީ އެމެރިކާގެ ބޮކްސް އޮފީހުގައި ފިލްމު ރިލީޒް ކުރި ހަފްތާގައި އެކަނިވެސް 30.1 މިލިއަން ޑޮލަރު ހޯދާފަ އެވެ.

ސޮނީ ޕިކްޗާސްގެ "ބުލެޓް ޓްރެއިން" އަކީ 90 މިލިއަން ޑޮލަރު ހަރަދުކޮށްގެން އުފެއްދި ފިލްމަކަށް ވިޔަސް އެ ފިލްމަށް ޕިޓްގެ ފުދޭވަރެއްގެ އެހީތެރިކަމެއް ލިބިގެން ދިޔަ އެވެ. ކުރިއަށް އޮތް ހަފްތާތަކުގައި މި ފިލްމު ތިއޭޓަރުތަކުގައި އަޅުވައިގެން ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް އަދިވެސް ބެލެވެއެވެ. އަދި އެންމެ އުފާވާން ޖެހޭ އެއް ކަމަކީ މި މަސް ނިމެންދެން މިއާ ވާދަކުރެވޭނެ އާ ފިލްމެއް އަދި ސިނަމާއަކަށް ނުނެރޭ ކަމެވެ.

ހޫނު މޫސުމުގެ ފަހު ދުވަސްވަރަކީ އަބަދުވެސް ތިއޭޓަރުތަކުގައި ވަރަށް ހަލަބޮލި ދުވަސްވަރަކަށް ވާއިރު، މި އަހަރު ވަކިން ހާއްސަކޮށް މި ދުވަސް ވަރަށް ހަލަބޮލިވާނެ ކަމަށް ބެލެވެ އެވެ. "ޓޮޕް ގަން: މޭވްރިކް"، "ޖުރެސިކް ވޯލްޑް: ޑޮމިނިއަން"، "މިނިއަންސް: ދަ ރައިޒް އޮފް ގްރޫ" އަދި އެނޫންވެސް ހިތްގައިމު ފިލްމުތައް އަދި އަންނަން އެބަ ހުއްޓެވެ.

ދުނިޔެއަށް ފެތުރުނު ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ބޮކްސް އޮފީސް ވަރަށް ބޮޑަށް ފަހަތަށް ޖައްސާލިއެވެ. ނަމަވެސް ކޮވިޑަށް ލުޔެއް ލިބި ކަންކަން ހަމައަކަށް އެޅެން ފެށުމާއެކު ސިނަމާތައް ވަރަށް ހަލަބޮލިވާން ވަނީ ފަށާފަ އެވެ.