ކައިވެނީގެ ހަފްލާއަށް ވަރަށް ހަރަދު ދެއެވެ. އާއްމުކޮށް ދެފަރާތުގެ އާއިލާއިންވެސް އެކަމަށް ވަރަށް ބޮޑަށް ހޭދައެއް ކުރެއެވެ. އެހެން ނަމަވެސް ބައެއް ފަހަރު އެ ހަރަދުތަކުންވެސް ބޭނުންވާ ހުރިހާ ކަމެއް ހަމަނުޖެއްސެއެވެ. އާއްމުކޮށް އެންމެ ބޮޑު ހަރަދެއް ހިނގާ ކަމަކީ ކެއުމެވެ.

އެކަމަކު އެހެން މީހެއްގެ ކައިވެނީގެ ހަފްލާއެއްގެ މެހްމާނެއްގެ ގޮތުގައި ބައިވެރިވެގެން، އެ ތަނުން ކާ އެއްޗަކަށް ފައިސާ ދައްކަން ޖެހޭނަމަ މިއީ ދެން ތަންކޮޅެއް ބޮޑުވާރޭ ބުނެވިދާނެއެވެ.

އެކަމަކު އެފަދަ ޕްލޭނެއް ގެންގުޅޭ އަންހެނެއް ވާހަކަ ދައްކާލަން އެބަ ޖެހެއެވެ.

އޭނާ ވިސްނަމުންދަނީ ހަދިޔާގެ ބަދަލުގައި ކައިވެނީގެ ހަދިޔާއަކަށް ކެއުމަށް ފައިސާ ދެއްކުމަށެވެ.

އެގޮތުން ރެޑިޓްގައި މީހަކު އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ކައިވެނި ކުރަން ތައްޔާރުވަމުންދިޔަ އަންހެން މީހާ ބޭނުންވަނީ ގެސްޓުން އޭނާގެ ކައިވެނީގެ ހަފްލާގެ ކެއުންތަކަށް ފައިސާ ދިނުމަށް ކަމަށެވެ.

"އެއްވެސް މީހަކު އެމީހުންގެ ކައިވެނީގެ މެހްމާނުން ކައިރީ ކައިވެނީގެ ހަފްލާގެ ކެއުންތަކަށް ފައިސާ ދައްކަން އެންގިތަ". ހުރިހާ އެއްޗެއްވެސް މިހާރު އަަގުބޮޑު". މިހެން ލިޔެފައި ވެއެވެ.

"އަހަރުމެން މިދަނީ އޮކްޓޯބަރު މަހުގެ ކައިވެނި ފަސްކޮށް، ގެސްޓް ބައި ކެންސަލް ކުރަން. އެހެން ނޫނީ ހަދިޔާގެ ބަދަލުގައި އަހަރުމެންގެ މެހެމާނުންނަށް ކެއުމަށް ފައިސާ ދެއްކުމަށް އެދެން. އަހަރެން ދައުވަތު ވަނީ ފޮނުވާފައި އަހަރެމެން އެކަން ކުރާނެ ގޮތެއް ޔަގީން ނުވޭ. އެހީތެރިވެދީ އަހަރެން ސްޓްރެސްވެ ދެރަވެއްޖެ". އޭނާ ލިޔެފައި ވެއެވެ.

އެ ޕޯސްޓަށް ކޮމެންޓް ކުރި މީހުން ވަނީ ހަދިޔާގެ ބަދަލުގައި އެފަދަ ކަމެއް ކުރާނަމަ އެ މީހުން އެކަމަށް އެއްބަސްވާ ކަމަށް ބުނެފައެވެ.

އަދި ބައެއް މީހުން ވަނީ ތަކެތީގެ އަގު އަސްލުވެސް ބޮޑު ކަމާއި، އެފަދަ ހާލަތަކަށް ގޮސްފައިވާ ކަމަށް ބުނެފައި ވެއެވެ.