އިންޑިއާގައި 14 އަހަރުގެ އަންހެން ދަރިފުޅު ރޭޕް ކުރަން އުޅުނު މައްސަލައިގައި މަންމައަކު އޭނާގެ ލޯބިވެރިޔާގެ ޖިންސީ ގުނަވަން ބުރިކޮށްލައިފިއެވެ.

އުއްތަރަ ޕްރަދޭޝް ސްޓޭޓް ހިސާބުގެ ގެއެއްގެ ތެރޭގައި މި ހާދިސާ ހިނގިއިރު، އެ އަންހެން މީހާއަށް ގެއަށް އާދެވުނީ، އޭނާގެ ލޯބިވެރިޔާ އެ އަންހެން ކުއްޖާ ރޭޕް ކުރަން އުޅުނު ވަގުތު އެވެ.

އެ އަންހެން މީހާ، އޭނާގެ ލޯބިވެރިޔާއެކު ދިރިއުޅެމުންދާ ދެ އަހަރު ވެދާނެ ކަމަަށް ވެއެވެ.

"އަހަރެން ހުރީ ދަނޑުގައި މިކަން ހިނގަން ފެށިއިރު، ނަމަަވެސް ގެއަށް އާދެވުނީ ހަމަ ރަނގަޅު ވަގުތުގައި". އެ އަންހެން މީހާ ކިޔާދިނެވެ.

އޭނާ އިންޑިއާ މީޑިއާތަކަށް ކިޔާދިންގޮތުގައި، އޭނާއަށް އެ މަންޒަރު ފެނުމާއެކު، ލޯބިވެރިޔާ އޭނާއަށްވެސް އަނިޔާ ކުރަން މަސައްކަތް ކުރިއެވެ.

"އެހެންވެ އަހަރެން ބަދިގެއިން ވަޅިއެއް ހިފައިގެން އައިސް އޭނާގެ ޖިންސީ ގުނަވަން ބުރިކޮށްލީ ފިލާވަޅެއް ދަސްކޮށްދޭންް. އަހަރެން ކުރި ކަންތަކާ މެދު އަހަރެން ހިތާމައެއް ނުކުރަން".

އެ އަންހެން ކުއްޖާ ރޭޕް ކުރަން އުޅުނު މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައެވެ.

އަދި އެ ފިރިހެން މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެއެވެ. އަދި އޭނާއަށް އިތުރު ފަރުވާ ދިނުމަށް ލަކްނައުއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ތިއީ މުސްކުޅު އަންހެނުން ޒުވާން ފިރިހެނުންނާ އިނީމާ ވާ ގޮތެއް.

    6
    10
  2. ހުސޭނުބޭ

    ރަގަޅު ފިލާވަޅެއް ތި ދެވުނީ. ދަރިން ރައްކާތެރިކަމަށް އަބަދުވެސް މައިންބަފައިން މަސައްކަތްކުރާނެ

    40
    1
  3. މަ

    ޔާﷲ. އެއަންހެން މީހާ ވެސް ކުއްވެރި ނުވާނެތަ؟

    1
    5
  4. ނައުފާ

    ހަމަ ރަގަޅަށް ތި ހެދީ

  5. ނުރަބޯ

    ބަރާބަރު. ގިނަފަހަރު މިކަންވެސް ވެފަ އޮންނަނީ މައްމަ ވެސް ބައިވެރިވެގެން. އެކަމަކު މިފަހަރު މި ދިޔައީ އިދިކޮޅަށް.