މުމްބާއީގައި ގެއެއް ބިމާ ހަމަވާ މަންޒަރު ފެންނަ ވީޑިއޯއެއް!އިންޑިއާގެ މުމްބާއީގައި ހަތަރު ބުރީގެ އިމާރާތެއް ބިމާ ހަމަވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވެއްޖެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ.

ބިމާ ހަމަވި އެ ގެ ހުންނަނީ މުމްބާއީ ބޮރިވަލީގެ ސައިބާބާ ނަގަރްގައެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ރައްޔިތުންނާ ސިފައިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

 

View this post on Instagram

 

A post shared by NDTV (@ndtv)

އޮފިޝަލުން ބުނީ، އެ އިމާރާތަކީ ވިީރާނާ ވެފައިވާ އިމާރާތެއް ކަމަށާއި، އެތަނުން މީހުން ހުސްކޮށްފައިވާ ކަމަށެވެ.

އެ އިމާރާތް ވެއްޓުމާއި ގުޅިގެން ގާ ފުނިތަކުގެ ދަށުގައި މީހުން ތާށިވެފައި ހުރެދާނެ ކަމަށް ބަލައި އެ ސަރަހައްދުގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ސިފައިންނާއި، އަށް ފަޔާ އިންޖީނިއަރުންގގެ އިތުރުން، މީހުން އުފުލުމަށް ދެ ވޭނާއި އެމްބިއުލާންސްވެސްަނީ ހަރަކާތްތެރި ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު