ބޮލީވުޑުގެ އެންމެ ފާހަގަ ކޮށްލެވޭ ބަތަލާ އާލިއާ ބަޓް ދެކެ ރުޅި އަންނަ ފަރާތްތަކަށް އޭނާ ރައްދު ދީފިއެވެ.

ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި ''ނެޕޮޓިޒަމް'' ގެ ވާހަކަތަކަކީ އެންމެ ގިނައިން ދެކެވޭ އެއް ވާހަކައެވެ. އަދި އެކްޓަރުންގެ ދަރިން އިންޑަސްޓްރީގައި އުޅޭތީ އެކަމާ ފާޑުކިޔާ ފަރާތްތައް ވެސް ވަރަށް ގިނައެވެ.

މިގޮތުން އާލިއާއަކީ ވެސް ''ނެޕޮޓިޒަމް'' ގެ ސަބަބުން އިންޑަސްޓްރީގައި ހުރި މީހެއް ކަމަށް ބުނެ ގިނަ ފަރާތްތަކަކުން އެ ވާހަކަ ދައްކާތީ މިޑް-ޑޭ އިން ވަނީ މިކަމާއި ގުޅިގެން އާލިއާއާއި ސުވާލު ކޮށްފައެވެ.

މި ސުވާލަށް ޖަވާބުދެމުން އާލިއާ ބުނެފައިވަނީ އަބަދު އެކަމުގެ ދިފާއުގައި ވާހަކަ ނުދެއްކޭނެ ކަމަށެވެ.

''އެއްވެސް ސަބަބަކާއި ނުލައި ކީއްވެ ވާކަމެއްތަ މިއީ؟ އަނގަބަހުން އަބަދު އަހަރެންގެ ދިފާއުގައި މިކަމަށް ވާހަކައެއް ނުދެއްކޭނެ. އަހަރެން ދެކެ ރުޅި އަންނަންޔާ އަހަރެންގެ ފިލުމުތައް ނުބަލާ. މީހުން އަބަދުވެސް ވާހަކަ ދައްކާނެ. އެކަމެއް ނުހުއްޓުވޭނެ. އަހަރެން އިންޑަސްޓްރީގައި އުޅެނީ އަހަރެންގެ ވެސް އެ ހުނަރު ހުރީމަކަން ދައްކުވައިދޭނީ އަހަރެންގެ ފިލުމުތަކުން. މިއަދު އިންޑަސްޓްރީގައި އަހަރެންނަށް ލިބިފަ އޮތް މަގާމަކީ އަހަރެންގެ މަސައްކަތާއި ހުނަރުން ހޯދާފައިވާ އެއްޗެއް ސާބިތު ކޮށްދޭނީ ފިލުމުތަކުން'' އާލިއާ ބުނެފައިވެއެވެ.

މި އިންޓަވިއުގައި އިތުރަށް ވާހަކަ ދައްކަމުން އާލިއާ ބުނެފައިވަނީ އޭނާގެ ފިލުމު ''ގަންގުބާއި ކަތިއަވަޑީ'' އަށް ލިބުނު ކާމިޔާބީއިން ގިނަ ބަޔަކަށް ޖަވާބު ލިބިފައިވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

ފިލުމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ބައެއްގެ ފަރާތުން އުފަންވުމަކީ އާލިއާގެ މައްސަލައެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސެއިން

    ކަލޭނޫޅެ ފެންވަރުއޮޅިގެން، ކަލެއާއިމެދު ހިތް ހަމަނުޖެހޭމީހުންގެވެސް އެހީއާއިއެކު ކަލެއަށް ތިފިލްމުތައްކުޅެންލިބެނީ، އެމީހުން ކަލޭގެ ފިލްމުތައްނުބަލާނަމަ ކަލޭގެ ފިލްމުތަކުގެ އާމްދަނީދައްވީސް، ކަލެއަކަށް ތިޔަމަގާމެއްނުލިބުނީސް، ކަލޭނޫންތަބުނީ ފަލަސްތީނު ރައްޔިތުން މަރާހުސްކުރަންވީއޭވެސް، ތީޖަނަވާރެއް ކުއްތާއެއްބޮޑު!

    3
    3
  2. މުފުލީ 136-101

    ބެސްޓ ގާލ

  3. ކަދުރު

    ބްރޯ. ނުބަލަމޭ.

  4. ސަޓޮ

    ރުޅި އަންނަން އެނގޭނީ ތީ ކާކުކަން އެނގިގެެެއނު ؟