ކޮވިޑާއި މަކުނު ވިދުރި އަދި އެއިޑްސް އަށް އެއް ފަހަރާ މީހަކު ފައްސި ވެއްޖެ އެވެ.

ޖާނަލް އޮފް އިންފެކްޝަންގައި ޝާއިއުކުރި ލިޔުމެއްގައި ބުނީ މިއީ އެ ތިން ބައްޔަށް އެއްފަހަރާ މީހަކު ފައްސިވި ފުރަތަމަ ފަހަރު ކަމަށެވެ.

އެ ތިން ބައްޔަށް ފައްސިވީ އިޓަލީގެ ފިރިހެނެކެވެ.

އޭނާއަކީ ރައްކާތެރި ނޫން ގޮތުގައި ފިރިހެނުންނާއެކު އެއް ޖިއްސުން ގުޅުން ހިންގާ މީހެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އެ މީހާ އެއްމެ ފުރަތަމަ އައީ ހުމެއް ކަމަށާއި އަދި އޭގެ ދުވަސްތަކެއް ފަހުން ޓެސްޓް ކުރުމުން ކޮވިޑަށް ފައްސިވި ކަމަށް ޖާނަލްގައި ބުނެފައި ވެއެވެ.

އަދި ލަހެއް ނުވެ އޭނާގެ އަތުގައި ފިއްތަކެއް ވެސް ނެގި ކަމަށާއި އަދި ޓެސްޓް ކުރުމުން މަކުނު ވިދުރިއަށް ވެސް ފައްސިވި ކަމަށެވެ.

ފިއްގަނޑުތައް ހުރި ގޮތުން ޖިންސީ ގުޅުމުން އަރާ އެހެނިހެން ބަލިތައް ކަމަށްވާ އެއިޑްސްއާއި ގޮނޮރިއާއާއި ކްލަމީޑިއާ އަދި ހެޕަޓައިޓިސް އަށް ވެސް ޓެސްޓްކުރި ކަމަށް ވެއެވެ.

އަދި އެ ޓެސްޓްތަކުން އެއިޑްސް ބަލި ޖެހިފައިވާކަން ވެސް އެނގުނު ކަމަށް ބުނެފައި ވެއެވެ.

ތިން ބަލި އެއް ފަހަރާ ޖެހުނު ނަމަވެސް އެ މީހާއަށް ފަރުވާ ދިނުމުން ވަރަށް އަވަހަށް އޭނާގެ ހާލަތު ރަނގަޅުވި ކަމަށް ކަމަށްވެސް ބުނެފައި ވެއެވެ.

މަކުނު ވިދުރި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ އިރު އެ ބައްޔަށް ޕޮޒިޓިވްވާ 98 ޕަސެންޓް މީހުންނަކީ އެއް ޖިންސުން ގުޅުން ހިންގާ މީހުން ނެވެ. ހަމަ އެހެންމެ އެއް ޖިއްސުން ގުޅުން ހިންގާ މީހުންގެ ތެރޭގައި ވެސް އެއިޑްސް ބަލި ވަރަށް އާންމެވެ.