ހަންގަނޑުގައި މެލަނިން ގިނަވުމުގެ ސަބަބުން ހަންގަނޑުގެ ކުލައަށް ބަދަލު އައިސް ރަތްކުލަ އަދި ކަޅު ކުލައިގެ ލައްގަނޑު ތަކެއް މޫނުގައި ނަގައެވެ.

މިއީ ވަރަށް ގިނަ ބަޔަކަށް ކުރިމަތިލާން ޖެހިފައިވާ ކަމެކެވެ. މި ކަމަކީ ގޭގައި ވެސް ފަރުވާ ދެވިދާނެ ކަމެކެވެ. އެހެންކަމުން މޫނުގައި ހުންނަ ލައްގަނޑުތައް ފިލުވާލުމަށް މި ތަކެތީގެ ބޭނުން ކުރެވިދާނެއެވެ.

އެލޯވެރާ

މިއީ ވަރަށް ފަސޭހައިން ލިބެން ހުންނަ އެއްޗެކެވެ. މީގައި ހިމެނޭ އަލޮއިންގެ ސަބަބުން ހަންގަނޑު އަލި ކޮށްދެއެވެ. އަދި މިއީ ލައްގަނޑުތައް ފިލުވާލުމަށް ވެސް އެހީތެރިވެދޭ އެއްޗެކެވެ.

މިލްކް

މިލްކް، ބަޓަރ މިލްކް، ކާޑް މިލްކް، އަދި ކާޑްގައި ހިމެނޭ ލެކްޓިކް އެސިޑްގެ ސަބަބުން ހަންގަނޑު އަލިކޮށްދެއެވެ. އަދި ހަންގަނޑުގައި ހުންނަ ލައްތައް ފިލުވާލުމަށް އެހީތެރިވެދެއެވެ. މިއީ ހަންގަނޑަށް ވަރަށް ރަނގަޅު މޮއިސްޗަރައިޒައެކެވެ.

އެޕަލް އެސިޑް ވިނެގާ

މީގައި ހިމެނޭ އެސެޓިކް އެސިޑްގެ ސަބަބުން މޫނުގައި ހުންނަ ބިހިތައް ނައްތާލާ ދެއެވެ. މީގެއިތުރުން މިއީ ތެޔޮ މޫނުތަކަށް ވެސް ވަރަށް ރަނގަޅު ފަރުވާއެކެވެ. ހަންގަނޑުގެ ކުލަ އަލިކޮށްދީ، މޫނުގައި ހުންނަ ވަޅުގަނޑުތަކަށް ވެސް މިއީ ރަނގަޅު ފަރުވާއެކެވެ.

ސައިފަތް ޕެކެޓް

ގްރީން ޓީގެ ޕެކެޓަކީ ހަންގަނޑު އަލިކޮށްދީ ލައްގަނޑުތައް ފިލުވާލުމަށް އެހީތެރިވެދޭ އެއްޗެކެވެ.

މީގެއިތުރުން މޭވާގެ ބައެއް ބާވަތްތަކަކީ ވެސް މިކަމަށް އެންމެ ރަނގަޅު ފަރުވާއެކެވެ. އޭގެތެރޭގައި ލުނބޯ، އޮރެންޖު، މޭބިސްކަދުރު ފަދަ މޭވާ ހިމެނެއެވެ. ވިޓަމިންސީ ގިނަ ކޮންމެ މޭވާއަކީ ވެސް މޫނުގައި ހުންނަ ލައްގަނޑުތައް ފިލުވާލުމަށް އެހީތެރިވެދޭނެ އެއްޗެކެވެ.