ދުނިޔޭގެ ކަނޑުތަކަކީ އޭގެ ހަގީގަތް އިންސާނުންނަށް އަދި ހޯދިފައި ނުވާ ތަނެކެވެ. ނަމަވެސް ސައިންސްވެރިންނާއި ތަޖުތިބާކާރުން ދަނީ އާ ދިރުންތައް އަބަދުވެސް ހޯދަމުންނެވެ. ދާދި ފަހުން މީހަކު ބޭނި އާދަޔާ ހިލާފު މަހަކަށް ވަނީ ވަރަށް ސަމާލުކަން ލިބިފައެވެ.

ނޯވީޖިއަން ކަނޑުގައި މަސް ބާނަން އުޅުނު މި ރަޝިއާގެ މަސްވެރިޔާއަށް މި ފެނިފައިވަނީ މުޅިން އާ ދިރުމެކެވެ. ރޯމަން ފެޑޯސްޓޯވް ނަމަކަށް ކިޔާ މީހާ އަށް ބޭނިފައިވަނީ ވުލްފް ފިޝް ނުވަތަ އާންމު ނަމުންނަމަ ޑެވިސް ފިޝްއެކެވެ.

އެ މަހުގައި ނޫކުލަ އާއި އަޅިކުލަ ހުރެއެވެ. އޭގެ އިތުރުން އަނގަމަތީގައި ވަރަށް ތޫނު ދަތްތަކެއް ހުރެއެވެ. ރޯމަން ވަނީ މީސް މީޑިއާގައި އެ މަހުގެ ފޮޓޯތައް ހިއްސާކޮށްފައެވެ.

އެ ފޮޓޯތަކަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ. އެ މަހުގެ ބޮޑު ލޮލާއި އަނގައަކީ ގިނަ ބަޔަކު ހައިރާން ކަން ގެނުވި ކަމެކެވެ. މި މަހުގެ ޕޯސްޓް ވަނީ 3،18،000 މީހުން ބެލުމުގެ އިތުރުން 11،000 ލައިކްސް ވެސް ލިބިފައެވެ. މިމަސް ބާނާފައިވަނި މިދިޔަ ޖެނުއަރީ 1 ގައެވެ.

ގިނަ ބަޔަކު ވަނީ އެ މަހާއި އެމެރިކާގައި އުޅޭ މަޝްހޫރު ކާޑޭޝިއަންއާ އެއްގޮތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު