އިންޑިއާގެ ތެލެގޫ ބަހުން ކިޔާފައިވާ ލަވަޔަކަށް ގޯލްޑަން ގްލޯބްސް އެވޯޑް ލިބިއްޖެ އެވެ.

ތެލެގޫ ބަހުން ނެރުނު ފިލްމެއް ކަމަށްވާ "އާރުއާރުއާރު" ގެ ލަަވައެއް ކަމަށްވާ "ނާޓޫ ނާޓޫ" އަށް ގޯލްޑަން ގްލޯބްސް އެވޯޑް ލިބުނީ އެ ކެޓަގަރީގައި ވާދަކުރި ޓޭލާ ސްވިފްޓް އަދި ރިހާނާ އާއި ވެސް ވާދަކޮށެވެ.

އެ ލަވަ ތައްޔާރުކޮށްފައި ވަނީ އެމްއެމް ކީރަވާނީ އެވެ. އެ ލަވަ ޝޫޓްކޮށްފައި ވަނީ ޔުކްރޭންގެ ރައީސް ވޮލޮޑޮމިއާ ޒެލެންސްކީގެ ގެކޮޅުގަ އެވެ.

އެ ލަވައަށް ގޯލްޑަން ގްލޯބްސް ލިބުމާ ގުޅިގެން އިންޑިއާގައި ދަނީ ވަރަށް ބޮޑަށް އުފާ ކުރަމުން ނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ އެ ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ.

އޭގެ އިތުުރުން ބޮލީވުޑްގެ ފަންނާނުން ވެސް ދަނީ ވަރަށް ބޮޑަށް މަރުހަބާ ކިއަމުން ނެވެ.

"އަހަރެން ހެނދުނު ހޭލުމަށް ފަހު ނަޓޫ ނަޓޫ އަށް މިހާރު ނަށަނީ" ބޮލީވުޑްގެ ސުޕަ ސްޓާ ޝާހުރުކް ހާން ބުނެފައި ވެއެވެ.

ނަޓޫ ނަޓޫ ހިމެނޭ ލަވައިގެ ފިލްމު "އާރު އާރު" ޑައިރެކްޓްކޮށްފައި ވަނީ އިންޑިއާގެ ތެލެގޫ ސިނަމާގެ އެންމެ ކާމިޔާބު ޑައިރެކްޓަރު އެސްއެސް ރާޖާ މޯލީ އެވެ. އޭނާ އަކީ މަޝްހޫރު ފިލްމު ބަހޫބަލީގެ ޑައިރެކްޓަރުވެސް މެއެވެ.

އެ ފިލްމުގައި ފެނިގެން ދަނީ އިންޑިއާ އިނގިރޭސިންގެ އިސްތިއުމާރުގައި އޮތް ދުވަސްވަރު އިނގިރޭސިންނާ ދެކޮޅަށް މަސައްކަތް ކުރި ދެ މީހެއްގެ ވާހަކަ އެވެ.

އެ ފިލްމަށް އިންޑިއާގައި ވަނީ ބޮޑު ކާމިޔާބީއެއް ވެސް ލިބިފަ އެވެ.