2010 ވަނަ އަހަރު ނޭޕާލްގެ ޔެޓީ އެއާލައިންސްއާ އަންޖޫ ޚަތިވާޑާ ގުޅުނީ އޭނާގެ ފިރިމީހާގެ ފަހަތުންނެވެ. އޭނާގެ ފިރިމީހާއަކީ ކުރީގެ ޕައިލެޓެކެވެ. ނަމަވެސް 2004 ވަނަ އަހަރު ޑޮމެސްޓިކް އެއާލައިނެއްގެ އަންޖޫގެ ފިރިމީހާ ދަތުރު ކުރަމުން ދަނިކޮށް، ބޯޓު ޖެއްސުމުގެ މިނެޓެއް ކުރިން ވެއްޓުނު އެކްސިޑެންޓެއްގައި މަރުވިއެވެ.'

މި ހާދިސާއަށްފަހު ޚަތިވާޑާ ވަނީ ޕައިލެޓަކަށް ވުމަށް ދަތުރު ފަށާ، އެކަން ފުރިހަމަ ކޮށްފައެވެ. އެހެން ނަމަވެސް އޭނާ އެކަމުގެ ތެރޭގައި އުޅެވުނީ 12 ވަރަކަށް އަހަރުއެވެ.

މިދިޔަ އާދީއްތަ ދުވަހު ކަތުމަންޑޫއިން ފުރައިގެން ދަތުރު ކުރަމުންދިޔަ ޔެޓީ އެއާލައިންސްގެ ފްލައިޓެއް ޕޮކަރާ ސިޓީ ކައިރިއަށް ވެއްޓުނު ފްލައިޓުގެ ކޯ ޕައިލެޓަކީ އުމުރުން 44 އަހަރުގެ ޚަތިވާޑާއެވެ.

ބޯޓުގައި ތިބި 72 މީހުންގެ ތެރެއިން މިހާތަނަށް އެއްވެސް މީހަކު ސަލާމަތް ކުރެވިފައެއް ނުވެއެވެ.

އޭނާގެ ފިރިމީހާ ދިޕަކް ޕޮކްރެލް މަރުވީ 2006 ވަނަ އަހަރު ޔެޓީ އެއާލައިންސްގެ ޓްވިން އޮޓާ މަތިންދާ ބޯޓެއް ވެއްޓިގެން ކަމަށް އެ އެއާލައިންގެ ތަރުޖަމާނު ސުދަރްޝަން ބާޓައުލާ ރޮއިޓާސް އަށް ވަނީ ވިދާޅުވެފައެވެ.

"ފިރިމީހާ މަރުވުމުން އިންޝުއަރެންސް އިން ލިބުނު ފައިސާއިން އޭނާ ޕައިލެޓް ތަމްރީން ހެދީ".

6،400 ގަޑިއިރަށް ވުރެ ގިނަ އިރު އުދުހުނު ޕައިލެޓެއް ކަމަށްވާ ޚަތިވާޑާ ވަނީ މީގެ ކުރިން ވެރިރަށް ކަތުމަންޑޫއިން އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޕޮކަރާ އަށް ދަތުރުކޮށްފައެވެ.

ޙަތިވަޑާގެ ހަށިގަނޑު ދެނެގަނެވިފައި ނުވި ނަމަވެސް އޭނާ މަރުވެފައިވާ ކަމަށް ވަނީ ބެލެވިފައެވެ.

"އޭނާއާއެކު އެ ބޯޓުން ދަތުރު ކުރީ އިންސްޓްރަކްޓަރ ޕައިލެޓެެއް، އެއީ އެ އެއާލައިންގެ ސްޓޭންޑަޑް ޕްރޮސީޖާ،" ޚަތިވާޑާ އަމިއްލައަށް ދަންނަ ޔެޓީ އެއާލައިންސްގެ އޮފިޝަލަކު ވިދާޅުވިއެވެ.