ކިޑްނީ އަކީ ބަނޑާ ދިމާލުގައި ހުންނަ އަތްތިލަ ސައިޒްގެ ގުނަވަނެކެވެ. އެއީ ހަށިގަނޑުގެ މުހިއްމު ގުނަވަންތަކުގެ ތެރޭގައި ހިމެނޭ ގުނަވަނެކެވެ.

އެއީ ލޭގެ ތެރެއިން ނަޖިސްތަކާއި، އިތުރު ފެނާއި، އަދި އެހެނިހެން ކުނި ތަކެތި ފިލްޓަރ ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކިޑްނީ ދުޅަހެޔޮކޮށް ބެހެއްޓުމަށް ބޭނުންނަމަ ވިސްނަންޖެހޭ ބައެއް އިރުޝާދުތައް ތިރީގައި މިވަނީއެވެ.

1. ގަވާއިދުން ކަސްރަތު ކުރުން

ރަނގަޅަށް ބެލެންސްޑް ޑައިޓެއް ބޭނުކޮށް ގަވައިދުން ހަރަކާތްތެރިވުމަކީ ލޭމައްޗަށް ދިއުން ހުއްޓުވައި، ހަށިގަނޑުން ގިނަ ސަރުބީތައް ނައްތާލުމަށް އެހީތެރިވެދޭ ކަމެކެވެ. އަނެއްކޮޅުން ދުޅަހެޔޮކޮށް ހުންނަން ބޭނުން ނަމަ ގަވާއިދުން ކަސްރަތު ކުރަން ޖެހެއެވެ.

2. ލޭގެ ހަކުރު ކޮންޓްރޯލް ކުރުން

ހަކުރުބަލީގެ ނުވަތަ ލޭގައި ހަކުރު މަތިވާ ފަދަ އެހެން ހާލަތެއް ހުންނަ މީހުންގެ ކިޑްނީއަށް ގެއްލުން ލިބުމުގެ ފުރުސަތު ބޮޑުކަން ވިސްނަން ޖެހެއެވެ. އެހެންކަމުން މިކަންކަމުން ރައްކާތެރިވުމަށްޓަކައި ލޭގެ ހަކުރު ކޮންޓްރޯލް ކުރާށެވެ.

3. ގިނައިން ފެން ބުއުން

އަޅުގަނޑުމެން ހައިޑްރޭޓް ވެފައި ތިބޭނަމަ ލިބޭނެ ގިނަ ފައިދާތަކެއް އެބަހުއްޓެވެ. އެއްގޮތަކަށް ފެން ބޭނުންކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، ހަމައެއާއެކު ކިޑްނީއަށް ވެސް ސިއްހަތަށް ފައިދާހުރި ކަމެއް ކަމަށް ވެސް ޑޮކްޓަރުން ބުނެ އެވެ. ފެނަކީ ގުނަވަންތަކުން ވިހަ މާއްދާތަކާއި ސޯޑިއަމް ސާފުކުރުމަށް އެހީތެރިވެދޭ އެއްޗެއްކަން ވިސްނަން ޖެހެ އެވެ. މިކަމުގެ ސަބަބުން ކިޑްނީގެ ދިގުދެމިގެންދާ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެގެންދާނެއެވެ.

4. ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ހަށިގަނޑުގެ ލޭހޮޅިތައް ހަލާކުކޮށްދީ ކިޑްނީއަށް ގެއްލުން ލިބިދާނެ ކަމެކެވެ. އެކަން ފިޔަވައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގުނަވަންތަކަށް ކެންސަރު ޖެހުމުގެ ނުރައްކާ އިތުރުވާ ކަމެއްކަން ފާހަގަކުރުން މުހިންމެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން ރަނގަޅީ އެހެންވެ އެވެ.

ހަކުރުބަލި ހުންނަނަމަ ދިގުދެމިގެންދާ ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ކިޑްނީގެ ސިއްހަތު ބެލުމަށް އެއް ނުވަތަ އެއަށްވުރެ ގިނަ ކިޑްނީ ޓެސްޓް ހެދުމަށް ޑޮކްޓަރު ލަފާ ދެއްވުން އެކަށީގެންވެ އެވެ. ކިޑްނީގެ ސިއްހަތު އަވަހަށް އެނގޭ ވަރަކަށް އެ ކިޑްނީ ރައްކާތެރި ކުރުމަށް ފިޔަވަޅުތައް އަޅަން ފަސޭހަވާނެ އެވެ. މި ޓެސްޓްތަކުން ކުރާ ކަންކަމާއި، ތިބާގެ ނަތީޖާތަކުގެ މާނައަކީ ކޮބައިކަން ދަސްކުރައްވާށެވެ.