ރޮބޮޓުން ޚިދުމަތް ދޭން ފެށިތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.. މިހާރު ރޮބޮޓިކްސް އަކީ ވަރަށް ބޮޑަށް ބޭނުންކުރަމުން އަންނަ އަދި އެކި ސިނާއަތްތަކުގައި ވެސް މާސްކޮށް ބޭނުންކުރާ އެއްޗެކެވެ. މި ޕްރޮގްރާމޭބަލް މެޝިންތައް ބަހައްޓަން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އެ މެޝިންތަކުގެ އެފިޝިއެންސީ މަތިވުމާއި ވަރުބަލިނުވެ އިންސާނުންނަށް ވުރެ ގިނަ އިރު މަސައްކަތް ކުރުމުގެ ގާބިލުކަން ހުންނާތީއެވެ.

ނަމަވެސް ކޮންވެއާ ބެލްޓެއްގައި ޕްލާސްޓިކް ކޮންޓެއިނަރު ބަހައްޓާ ރޮބޮޓެއް ވަރުބަލިވެގެން ވެއްޓޭ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. މި ވީޑިއޯ އަކީ ރޮބޮޓް މަސައްކަތުގައި އުޅޭތާ އެތައް ގަޑިއިރެއް ވެފައިވާ ވީޑިއޯއެއްކަން އެ ވީޑިއޯއިން އެނގެއެވެ. އެގޮތުން ވީޑިއޯއިން ފެންނަނީ މެޝިނުން ކޮންޓެއިނަރެއް ހިފައިގެން ދާން އުޅެނިކޮށް އެ ރޮބޮޓް ބިންމައްޗަށް ވެއްޓިގެންދާ ތަނެވެ.

 

މިއީ ކޮން ތަނެއްގައި ކޮން އިރަކު ނަގާފައިވާ ވީޑިއޯއެއްކަން އެނގެން ނެތްއިރު، މި ވީޑިއޯއަށް މިހާތަނަށް 8،000 ވިއުސް ލިބިފައި ވެއެވެ.

މީގެ ކުރިންވެސް މިފަދަ ވީޑިއޯތައް މީސް މީޑިއާގެ ސަމާލުކަން ހޯދާފައި ވެއެވެ.