ބޮލީވުޑްގެ މަޝްހޫރު ލަވަ "އޯ ސާކީ ސާކީ" އަށް އުމުރުން ދުވަސްވީ ނޭޕާލް ފިރިހެނަކު ނަށާފައިވާ ވީޑިއޯ ކުޅަދާނަ ނެށުންތެރިޔާ ނޯރާ ފަތޭހީއަށް ކަމުގޮސްފިއެވެ

"ސާކީ ސަކީ" ލަވަ އަށް އުމުރުން ދުވަސްވީ މީހަކު ނަށާ ވީޑިއޯއެއް އިންޓަނެޓްގައި ދައުރުވަމުން އަންނަ އިރު އެ ވީޑިއޯގައި އެމީހާ ނަށަނީ އެ ލަވައަށް ވަރަށް ބޮޑަށް ޝައުގުވެރިވެ ހުރެގެންނެވެ.

އެ ވީޑިއޯ މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވައިރަލްވެފައިވާ އިރު، އެތައް ހާސް ބަޔަކު އެ ވީޑިއޯ ޝެއާކޮށް، އެމީހާގެ ނެށުން ކަމުގޮސްގެން ކޮމެންޓްކޮށްފައިވެއެވެ. ބޮލީވުޑްގެ ބަތަލާ އަދި ނެށުންތެރިޔާ ނޯރާ ފަތޭހީ ވެސް ވަނީ އެމީހާގެ ނެށުމުގެ ހުނަރާއި ހަކަތައަށް ކޮމެންޓްކޮށް ތައުރީފުކޮށްފައެވެ.

އެ މީހާ ވަނީ ނެށުމަށް އޭނާގެ ހުންނަ ޝައުގުވެރިކަމާއި ހުނަރުން މުޅި އިންޓަނެޓްގައި ގިނަ ބައެއްގެ ލޯބި ހޯދައިފައެވެ. އުމުރަކީ ހަމައެކަނި ނަންބަރެއްކަން ސާބިތުކޮށްދީ، ކޮންމެ މީހަކަށްވެސް އޭނާގެ ޝައުގުވެރިކަން ކުރިއަށް ގެންދެވޭނެ ކަމަށް ސާބިތުކޮށްދިނުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފް ކޮށްފައެވެ.

"އޯ ސާކީ ސާކީ" ލަވައަކީ ބޮލީވުޑް ފިލްމު "ބަޓްލާ ހައުސް" ގެ ލަވަ އެކެވެ. އިންޑިއާ އާއި އެހެން ގައުމުތަކުގައި ވެސް މި ލަވަ ފުދޭވަރަކަށް މަގުބޫލުވެ، ގިނަ ބަޔަކަށް ވަނީ މި ލަވައަށް އަމިއްލައަށް ނެށުމަށް ފަހު އިންޓަނެޓްގައި ވީޑިއޯތައް ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުބީނު މާރނީ

    އަލަމްގިރި މަތިން ހަނދާންވީ.

    8
    2
    • ސިމްޕް

      ދިވެހި ފިރިހެނުންގެ ހިތްތައް ހަމަ ރަނގަޅަށްވެސް އޭނަ ފަތަހަ ކޮއްފި އިންޓަނެޓު ކޮންމެ އެއްޗެއް ބެލިޔަސް އަލަމްގިރީގެ ނަން ފަވާ ނުލާ އެންމެ ދުވަހެއް ނުދޭ އެއަށް ފަހުން