ރެސްޓޯރެންޓް ހޮޓާ ފަދަ ތަންތަނުގައި އާއްމުކޮށް ކަސްޓަމަރުންނާއި މައްސަލަ ޖެހެއެވެ. ކާ އެއްޗެހި ގެނައުން ލަަސްވެގެންނާއި، ކާތަކެތި ނުބައިވެގެންވެސް މައްސަލަ ޖައްސާ މީހުން މަދެއް ނޫނެވެ.

ނަމަވެސް މިފަހަރު މައްސަލަ ޖެހިގެން މި އުޅެނީ އެފަދަ ކަމަކާ ނޫނެވެ. މިފަހަރު މައްސަލަ ޖެހިފައި މިވަނީ ކާތަކެތި ޑޭލިވަރިކޮށްދޭ ތަނެއްގެ ވެރިންނާއެވެ. ކުރެވުނުކަމަކުން އެ މީހާގެ ވަޒީފާވެސް ވަނީ ގެއްލިފައެވެ.

އެ މީހާގެ ވަޒީފާ ގެއްލިފައި މި ވަނީ އެ ތަނުން ކަސްޓަމަރުންތަކަކަށް ގެންދަން ތައްޔާރުކޮށްފައި ހުރި ކާތަކެތި އެ މީހުންނާއޮ ހަމައަށް ގެންދިއުމުގެ ކުރިން ވެއިޓަރު އޭގެން ކެއި މައްސަލާގައެވެ.

ޗައިނާގެ އަވަށެއްގައި މި ހާދިސާ ހިނގިއިރު، އެކަން ފަޅާއަރާފައި މި ވަނީ އެ މަންޒަރު ސީސީޓީވީއަށް އެރުމުންނެވެ. އެ ވީޑިޔޯ މިހާރު މީސް މީޑިއާގައިވެސް ދަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯއިން ފެންނަނީ އެ ޑެލިވަރީ ބޯއި ކަސްޓަމަރުން ތަކަކަށް ގެންދަން ތައްޔާރުކޮށްފައި ހުރި ޕާރުސަލްތަކަކުން ކެއުމަށްފަހު އޭނާ އޭގެން ނަގާފައި ހުރިކަން ނޭގޭ ގޮތަށް ރަނގަޅުކުރާ މަންޒަރެވެ.

އެއީ އޭނާ ބަނޑުހައިވެފަ ހުރިވަރުން ކުރިކަމެއް ކަމަށް ގިނަބަޔަކު ބުނަމުންދިޔަ ނަމަވެސް އެ ތަނުގެ ވެެރިން ވަނީ އެ މީހާ ވަޒީފާއިން ވަކިކޮށްފައެވެ.

މި ހާދިސާ ހިނގާފައި ވަނީ ޗައިނާގެ މަޝްހޫރު ފުޑްޗެއިންނެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު