އަނބަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ފަސޭހައިން ލިބެން ހުންނަ މޭވާގެ އާންމު ބާވަތަކެވެ. ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހުންނަނީ އަނބުގެ އެކި ބާވަތްތައް ކަމުން އާންމު ގޮތެއް ގައި އެ ބާވަތެއް ނުލިބޭ ހިސާބެއްގައި ވިއްކާ ނަމަ އަގުގެ ފަރަގު ވެސް ބޮޑުވެގެންދެއެވެ. އަދި ވަކި މޫސުމެއްގައި ވިއްކާނަމަވެސް އަގަށް ބޮޑު ބަދަލެއް އާދެއެވެ.

އަވަށްޓެރި އިންޑިއާގައި މިހާރު އަނބުގެ ބާވަތެއް 3000 ޑޮލަރުން މަތީގައި ވިއްކަމުން ދާތީ ގިނަ ބަޔަކަށް ވަނީ ބޮޑު ހައިރާން ކަމެއް ލިބިފައެވެ. "މިޔަޒަ"ކީ ގެ ނަމުން ނަންދެވިފައިވާ މި ބާވަތުގެ އަނބަކީ އެންމެ ފުރަތަމަ ޖަޕާންގެ މިޔަޒަކީ ސިޓީގައި ހެއްދި ބާވަތެކެވެ. އަނބުގެ އެހެން ވައްތަރު ތަކާއި އަޅާ ބަލާއިރު މިޔަޒަކީ އަނބު 15 އިންސައްތަ ފޮނިވެފައި ސައިޒުން ވެސް ބޮޑު އަނބެކެވެ. އަދި މިއީ ވަރަށް މަދުން ނޫނީ ނުލިބޭ ބާވަތެއް ވެސް މެއެވެ.

މިޔަޒަކީ އަނބުގެ ގަސް އިންޑިއާ ގައި މިހާރު އެންމެ ފުޅާ ގޮތެއް ގައި ހައްދަމުން އަންނަނީ އެ ގައުމުގެ ޖަބަލްޕާގައެވެ. މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައި އެ ސަރަހައްދުގައި މިޔަޒަކީ އަނބު ގަސް އިންދައިގެން ދަނޑުވެރިން ފެށި މަސައްކަތުގެ ކުލަ ޖެހެން ފަށާފައިވާއިރު، އަނބު މޫސުން އެންމެ ބޮޑަށް ތިޔާގި ވާނީ އޭޕްރީލް މަހުން ފެށިގެން އޯގަސްޓް މަހާއި ދެމެދު ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު