ޕްރިޔަންކާ ޗޮޕްރާ އަށް އޭނާގެ ފިރިމީހާ އާއި އެކު އެމްޓީވީ ވީޑިއޯ މިއުސިކް އެވޯޑް ނައިޓް އަށް ނުދެވުމުން، އެތަނަށް ނިކް އާއި އެކު ދިޔަކަން ހާމަވާ ގޮތަށް ޕްރިޔަންކާ ފޮޓޯޝޮޕް ކުރުމަށް ފަހު ފޮޓޯއެއް މީސް މީޑިއާ އަށް އަޕްލޯޑް ކޮށްފިއެވެ.

މި ހަފްލާ އަށް ނިކް އާއި އެކު ދެން ހުރި 2 ޖޯނާސް ބްރަދާސްގެ ލޯބިވެރިންވެސް ހާޒިރު ވެފައި ވާއިރު، އެތަނުން މަދުވަނީ ހަމައެކަނި ޕްރިޔަންކާއެވެ. އެހެންކަމުން އޭނާ ވަނީ ނިކް ކައިރީ އޭނާ ގައިގައި ބައްދާލާ މަންޒަރު ދައްކުވައިދޭ ފޭކް ފޮޓޯ އަޕްލޯޑް ކޮށްފައެވެ.

ޖޯނާސް ބްރަދާސް

މި ފޮޓޯ އަޕްލޯޑް ކުރުމާއި އެކު ވަގުތުން އެތައް ބަޔަކަށް ވަނީ އެއީ ފޭކް ފޯޓޯއެއްކަން ފަޅާ އަރާފައި ވީ ނަމަވެސް، މިއީ ޕްރިޔަންކާ ސަމާސާ ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެކެވެ. އިންސްޓަގްރާމް އަށް ޕްރިޔަންކާ އަޕްލޯޑް ކުރި މި ފޮޓޯ އަށް 2.5 މިލިއަނަށް ވުރެ ގިނަ ލައިކްސް ލިބިފައި ވާއިރު، އެތައް ހާސް ކޮމެންޓެއްވެސް ލިބިފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕްރިޔަންކާ އަށް ނިކް އާއި އެކު އެ ހަފްލާ އަށް ހާޒިރު ނުވެވުނީ އޭނާ އައު ފިލްމެއްގެ ޝޫޓިންގެ މަސައްކަތް ކުރިއަށް ދާތީއެވެ. މި ހަފްލާގައި ޖޯނާސް ބްރަދާސް އަށް ވަނީ އެންމެ ރީތި ޕޮޕް ވީޑިއޯ ލަވައިގެ އެވޯޑް ލިބިފައެވެ. މި އެވޯޑު ލިބިފައި ވަނީ އެމީހުންގެ "ސަކާ" މި ލަވައަށެވެ.