(ފުވައްމުލައް ސިޓީ) މި ސިޓީއަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ފާހަގަކޮށްލެވޭ އެއް ސިޓީއެވެ. ތާރީހީ ގޮތުން ކަމުގައިވިޔަސް އަދި ގުދުރަތީ މުއްސަނދި ކަމުގެ ގޮތުން ބެލިކަމުގައި ވިޔަސް އެ ސިޓީ މުއްސަންޖެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ތަނަކީ ފުވައްމުލަކު "ކަޅޮ އަކިރިގަނޑެ"ވެ.

އާންމު ބަހުރުވަ އިން ނަމަ "ކަޅު އަކިރިގަނޑު"ގެ ނަމުން ނަން ދީފައިވާ މިތަނަކީ ވަރަށްް ހާއްސަ ތަނެކެވެ. ތާރީހީ ގޮތުން ވެސް މުހިންމު ކަމަކާ ގުޅިފައިވާ ކަޅޮ އަކިރިގަނޑު ފަދަ އިތުރު ތަނެއް ރާއްޖޭގައި އޮންނަ ކަމަކަށް މިހާތަނަށް އެނގިފައެއް ނެތެވެ.

އަކިރި ދިވެހިން އާންމުކޮށް ކިޔައި އުޅެނީ ހުދު ވެލީގެ ތެރޭގައި ހުންނަ ވެއްޔަށް ވުރެ ބޮޑެތި އެއްޗިއްސަށެވެ. އެކި ނަކަތްތަކާ ދިމާކޮށް ރަށް ރަށުގެ ގޮނޑުދޮށަށް ހުދު ރީތި އަކިރި ލަށްވެއެވެ. ވެއްޔާއި ގާ އަތިރިމަތިން ނެގުން މަނާކުރުމުގެ ކުރިން އަކިރި ނަގައިގެން މީހުން ދިރިއުޅޭ ގޭގެއަށް ހާއްސަކޮށް ބިންގަނޑުގެެ ސާފުތާހިރުކަން ދެމެެހެއްޓުމަށް ލައި އުޅުނެވެ. އެކަމަކު ކަަޅޮއަކިރިއަކީ މި މިފަދަ އަަކިރިއާ "އެތައް ހާސް" ގޮތަކުން ތަފާތު އަކިރިއެކެވެެ.

ފުރަތަމަ ކަމަކަށް ބަލާ އިރު އާންމުކޮށް އަކިރިއޭ މިކިޔާ ބާވަތަށްވުރެ މާ ބޮޑުތަންވެސް ކަޅޮއަކިރިގަނޑުގައި ހުންނަ އަކިރި ބޮޑެއްޗެވެ. އެތަނުގައި ހުންނަ އަކިރިއަކީ ހިރިގާ ހުންނަ ގޮތަަށް ކަޅު ކުލައަށް ހުންނަ އެއްޗެކެވެ. ފުވައްމުލަކު އެއާޕޯޓު ރަންވޭއާ ދިމާ ބޭރުން އޮންނަ މި އަކިރިގަނޑު އޮންނަ ސަރަހައްދު ގާތްގަނޑަކަށް ރަންވޭގެ ދެެބައިކުޅައެއްބައިހާ ބޮޑެވެ.

ކަޅޮ އަކިރިގަނޑު އޮންނަ ސަރަހައްދަކީ މީގެ ކުރިން ފުވައްމުލަކު ބަނދަރު އޮތް ސަރަހައްދުގެ އިރުމަތީ ފަރާތް ކަމަށް ވެއެވެ.

ފުވައްމުލަކު ބޮޑު ކަތީބުކަން ކުރެެއްވި މުނީރު ހަސަން ވިދާޅުވީ، ބަނދަރު އޮތުމުގެ ސަބަބުން ކަޅޮއަކިރިގަނޑު އޮންނަ ސަރަހައްދަށް ރާޅު ޖެހުން އެއްކޮށް ހުއްޓުނީ ކަމަށެވެ. އެކަމުގެ ސަބަބުން އެތަނުގައި ހުރި އަކިރިތަކުގައި ފެހި ޖަހައި އަވި ދިނުމުގެ ސަބަބުން އަކިރިތަކުގެ މަތީބައި އެއްކޮށް ހުންނަނީ ކަޅުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކު ކަޅު އަކިރިގަނޑު - ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

"ކަޅު އަކިރިގަނޑަކީ ބަނދަރުގެ އެއް ފަޅި. އޭރު އެތަނުގައި ބަނދަރެއް އޮތީމާ ރާޅެއް ނާންނާނެތާ ދެއްތޯ.. އެހެންވީމަ އަކިރިގަނޑު މިހެން އޮވެ އޮވެ އަތްވާއި ވާރޭ ވެހި ދުވަސްވީމާ އެ އަކިރިތައް ކަޅުވެފައި މި ހުންނަނީ" މުނީރު ވިދާޅުވިއެވެެ.

މުނީރު ދެއްކެވި ވާހަކައިގައި ހަގީގަތެއްވެއެވެ. އެތަނުގައި ހުންނަ އަކިރީގެ މަތި ގަދަ ކަޅު ކުލައަށް ހުންނަ އިރު "ބަނޑުފުށް" ހުންނަނީ ހުދުކުލައިގައެވެ. މިކަމުގެ ސަބަބުން އަކިރިއަަށް މި ކުލަ އައުމަށް މެދުވެރިވެފައި ވަނީ އަތްވާއި ވާރޭ އަދި ފެހިޖެހުމުގެ ސަބަބުން ކަން އެނގެއެވެ.

ކަނާތް ފަރާތުގައި އަކިރީގެ ބަނޑުފުށް، ވާތްފަރާތުން އަކިރީގެ މަތި ފުށް ހުންނަ ގޮތް - ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

މި އަކިރިގަނޑަކީ މީހުންނަށް ގޮސް އުޅެން އެހާ ފަސޭހަ ތަނެއް ނޫނެވެ. ކަޅޮ އަކިރިގަނޑަށް ދާން ބޭނުން ނަމަ އެކަމަށް ހާއްސަ ހުއްދައެެއް ފުވައްމުލަކު އެއާޕޯޓުން ހޯދަން ޖެހެއެވެ. އެ ސަރަހައްދަށް ދިއުމަށް ހުރަސްކުރަން ޖެހެނީ ފުވައްމުލަކު އެއާޕޯޓު ރަންވޭއެވެ. ރަންވޭ ހުރަސް ކުރުމަށް އެއާޕޯޓުން ހާއްސަ ވެހިކަލެއް ހަމަޖައްސައިދެއެވެ.

ކަޅޮއަކިރިގަނޑަކީ ތާރީހީގޮތުންވެސް ފާހަގަކޮށްލެވޭ ވަރަށް މުހިންމު ހަނދާނަކާ ގުޅިފައިވާތަނެކެވެ. އެގޮތުން މިހާރު ރާއްޖެއިން އެއްކޮށް ނައްތާލެވިފައިވާ ޖުޒާމް ބަލި (ލެޕްރަސީ) ޖެހުނު ފުވައްމުލަކުގައި ދިރިއުޅުނު ހައްވާދީދީ ނަމަކަށް ކިޔާ އަންހެނަކު އެތަނުގައި އެކަހެރިކޮށްފައި ބެހެއްޓިކަަމަށްވެއެވެ. ހައްވާދީދީގެ ހަނދާން ހުންނަ މީހުންނަށް އެ ސަރަހައްދުގެ ކޮންމެ ތަނަކުން ގެނުވަނީީ އޭނާގެ ހަނދާންތަކެވެ. ހައްވާދީދީ އެތަަނުގައި އެކަހެރިކޮށްފައި އަހަރަކަށްވުރެ ގިނަ ދުވަހު ބެހެެއްޓިކަަމަށް ވެއެވެ. ނަމަވެސް އެ ސަރަހައްދަކީ އެފަދަައިން އަންހެނަކު ބަހަައްޓަން އެންމެ އެކަށީގެންވާ ގޮތަށް އޮތް ސަރަހައްދެއް ނޫނެވެ.

ގުދުރަތީ ގޮތުން ވެސް ފުރިހަމަކަން ލިބިފައިވާ ކަޅޮ އަކިރިގަނޑަށް ޒިޔާރަތްްކުރުމަށް ބޭނުންވެފައި ތިބި ބަޔަކު ފުވައްމުލަކުގައިވެސް އެބަ ތިއްބެވެ. ފުވައްމުލަކުން ވާހަކަދެއްކި ބައެއް މީހުން ބުނަނީ އެތަނަށް ދިއުމަށް ހުއްދައެއް ހޯދަން ޖެހޭތީ އާއި، ދިއުމަށް ކުރަން ޖެހޭ މަސައްކަތް ބުރަކަމުން އެތަން ފެނިފައި ނުވާ ކަމަށެވެ.

ފުވައްމުލަކު ކަޅު އަކިރި ގަނޑު - ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

ކަޅޮއަކިރިގަނޑުގެ އަސްލު ނުގެއްލި އެތަން އެތަނުގެ ގޮތުގައި އަދިވެސް އެބައޮތެވެ. މިއީ، ބަލާލަން ހިތްގައިމު، ރާއްޖެއިން މަދުން ނޫނީ ނުފެންނަ ރީތި ތަނެކެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހިތރެ

    ކޮބާ ރަސްރަސްކަލުންގެ ދަރި ދަރި މިރި މިރި މީހުން ކީކޭ ބުނަނީ؟ އެހެން ވީމައޭ ފުވައްމުލަކު އިސްޕެސަލް ވަނީ. ވަގުތު ހޭރިޔާ ޓީމަށް ހާދަ ލޯތްބާއި އިހުތިރާމެ.

    10
    7
  2. ައާންމުން

    ތިތާކުން އަކިރިއެއް ނުފެނުން، މުޅިންގާ، ބުރާންތިވެފަ ހުރި މީހަކު ތިތަނަށް ނަންކީ

    10
    2
  3. Anonymous

    ތިބޭފުޅުން ކިހާވަރެއްގެ ދިރާސާއެއްބާ. ކިތަންމެ ރަށެއްގައި ތިކަހަލަ އަކިރިގަނޑު އޮވޭ.
    ދެން ފޮއްމުލަކު މީހުން ކިޔާހެން ކަޅި އަކިރި ގަނޑެކޭ ނުކިޔާނެތަ.

    11
    1
  4. މިމީހާ

    ތަންތަން ޕުރޮމޯޓް ކުރަން

  5. ސާބަސް

    އަކިރިޔޯ ހެހެހެހެހެހެހެހެހެހެހެހެހ

    4
    1
  6. ޚކ

    ތި ގޮތަށް އޮވޭ ތުރާކުނު ބައްތި ކައިރީގަ ވެސް