ރާއްޖޭގެ މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި އެމްއެންޑީއެފް އާއި ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު ރާއްޖޭގެ ކަނޑިގެ ސަރަހައްދަކުން މަސްވެރިކަމަށް ނުކުމެ އުޅުނު ތިން ދޯންޏަކަށް އިންޑިއާ ސިފައިން ވަނީ އަރައި ބިރުދައްކައި ސުވާލުކޮށްފައެވެ. އޭގެ ފަހުންވެސް ކުރިން އެރި ދޯނީގެ ތެރެއިން ދޯންޏަކަށް ފަހުންވެސް ވަނީ އަރައިފައެވެ.

އެކަމާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، ޖެނުއަރީ 31 ވަނަ ދުވަހާއި މި މަހުގެ އެއް ވަނަ ދުވަހު ރޭ އިންޑިއާ ކޯސްޓްގާރޑް މަނަވަރަކުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި މަސްވެރިކަންކުރާ ދޯނިތަކަށް ބޯޑްކޮށްފައިވާތީ، އެކަމާއި ގުޅިގެން ސަރުކާރާއި ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފަިއވާ ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ރޭ އިންޑިއާ ސިފައިން ރާއްޖޭގެ މަސްވެރިކަން ކުރާ ސަރަހައްދަކަށް ވަދެ، މަސްދޯނިތަކަށް އަރައި، އެ މަސްދޯނީގައި ތިބި މަސްވެރިންނާ ވަނީ ސުވާލުކޮށްފައެވެ. އެމީހުން އަތުގައި ހަތިޔާރު ހުރިކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.

އެކަމާއި ގުޅިގެން ގައުމީ ދިފާއީ ވުޒާރާއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނި ތަކަށް ކަމާ ގުޅޭ އެއްވެސް އިދާރާއަކާއި ކޯޑިނޭޓް ކުރުމެއް ނެތި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާއި ހިލާފަށް އިންޑިއާގެ އަސްކަރިއްޔާގެ ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފްސީލު ދިނުމަށް ރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް ދަންނަވާފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ފިޔަވަޅު އަޅާ ވަރަކަށް ދަށަށް ދަނީ ނުބައިވަނީ. ޝައިޠާނާގެ ފިޔަވަޅެކޭ އެއްގޮތް.

    1
    2
  2. އިބްރާ

    އިންޑިއާގެ އެހީގައި ނުހިއްޕަވާ. ދެނީ ޒަހަރު އެހީގެގޮތުގައި.

    5
    1
  3. ޙސހސ

    ސަރުކާރަށް ގޮވާލަން މިހާރުން މިހާރަށް އިންޑިޔާގެ އަސްކަރީ އުޅަނދުތައް ރާއްޖޭގެ އެއަރޕޯޓް ތަކުން ބޭރުކުރޭ.