އަމިއްލަ ފަސްގަނޑު އެބައެއްގެ އަތުގައި ނެތް ގައުމުތައް އުޅޭ ހާލު އަބަދުމެ ފެންނަ ކަމަށާއި ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއްކަމުގައި ހަދާނެ ކަމަށް ރައިސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޝަހީދުންގެ ދުވަހާއި ގުޅިގެން ދެއްވި ހިތޯބުގައެވެ.

ފަލަސްތީނު މިސާލަކަށް ނަންގަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު އެބައެއްގެ އަތުގައި ނެތް ގައުމުތައް އުޅޭ ހާލު އަބަދާ އަބަދު އެބަ ފެންނަމުންދާ ކަމަށެވެ. އެހެންކަމުން ދިވެހި ކަނޑުން ގެއްލުނު ބައިވެސް ދިވެހިންނަށް ހޯދައި ދެއްވާނެ ކަމަށާއި އަދި ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަނެތް ބިމަކަށް ހަދާނެ ކަމަށް ވިދާޅުވިއެވެ. އެފަދަ ދުވަހެއް މި އަމާންކަމުގެ ސުވަރުގެއިން ދެކޭކަށް ނޭދޭ ކަމަށްވެސް އެމަނިކުފާނު ވިދާޅޫވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޕޯޗުގީޒުން އަރައި ރާއްޖޭގައި ހިންގި ހަނގުރާމައާއި ހާދިސާގެ ފަސްމަންޒަރަށް ބަލައިލުމަކީ މިއަދު ކޮންމެ ދިވެއްސެއްގެ ގައުމީ ވާޖިބެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

"އެއް ފަރާތުން މިފެންނަނީ އަމިއްލަ އެދުން. ދިވެހީން ދިވެހި ގައުމަށް ހިޔާނާތްތެރިވުން. ހަމަ އެއާއެކު މި ފެންނަނީ ބޭރުގެ ބާރުތަކުން މަސައްކަތްކުރާ ގޮތް. އެމީހުންގެ ހީލަތްތެރި ރޭވުން. ދިވެއްސެއްގެ އެދުމަށް އެ މީހުން ދިވެހިރާއްޖެ އަޅުވެތިކޮށްފި. ނަމަވެސް އޭނާއަށް އޭނާ އެދޭ ބާރެއް ރަސްކަމެއް ހޯދައެއް ނުދިން. މިއަދު އަޅުގަނޑުމެން ބަލައިލަން ޖެހޭ އަނެއް ހަގީގަތްތަކަކީ އަލިރަސްގެފާނުގެ އީމާނުގެ މަތިވެރިކަން. އެ ރަދުން ގައުމާ މެދު އޮތް ލޯބީގެ ފުންކަން. ހިތްވަރުފުޅު ގަދަކަން. ދައުލަތަށް ހުރި ވަފާތެރިކަން. އަދި ދިވެހި ރައްޔިތުންނާ މެދު ހިތްޕުޅުގައި
އޮތް ކުލުނާއި އިހުސާންތެރިކަން." އެމަނިކުފާނު ވިދާޅުވިުއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އަލީ ރަސްގެފާނު އަމިއްލަ ފުރާނަފުޅަށް ވުރެ އިސްކުރެއްވީ ދީނާއި، ގައުުމަށް ތެދުވެރިވުމާއި ދައުލަތަށް ވަފާތެރި އަދި ރައްޔިތުން ސަލާމަތްކުރަން ކަމަށެވެ.

އަލިރަސްގެފާނުގެ ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާ މުހާތަބުކުރާ ކަމަށާއި ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން ގޮވާލާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ދިވެހީންގެ ސަލާމަތް ދިވެހީން ހޯދުމަށާއި އަލިރަސްގެފާނުގެ ޖިހާދު މީޑިޔާއާ މުހާތަބު ކުރާކަމަށްވެސް ފާހަގަކުރެއްވިއެވެ.

"ހަބަރު ފަތުރާ އިރު ގައުމާ އެއްކޮޅަށް ހަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ. ދޮގު ހަބަރުތައް
ނުފަތުރަން އެބަ އިންޒާރުދޭ. އަލިރަސްގެފާނުގެ ޖިހާދު ދިވެހި ޒުވާނުންނާ އެބަ މުހާތަބުކުރޭ. ޒުވާންކަމުގެ އޮއިވަރުގައި އަމިއްލަ ދީނާއި އަމިއްލަ ގައުމު ފަހަނައަޅައި ނުދާން އެބަ ނަސޭހަތްތެރިވޭ. ހަގީގަތުގައި އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު
އެއްފިލާވަޅަކީ މާތް الله ހައްގަށް ނަސްރުދެއްވާނެކަން. އެއީ ބިމުގެ ކުޑަ ކަމަކާ
އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަން." އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ކާބަފައިން ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްފި ކަމަށާއި ކާބަފައިން ބޭރުގެ ބާރަކަށް ނަފާލިބޭ ގޮތަށް ކަޅު މުހައްމަދު ރަސްގެފާނު ދޫކުރެއްވި ފިނޮޅަކާއި އެހެން ރަށްރަށް އަލުން ދިވެހީންނަށް ހޯދައިދިން ކަމަށެވެ. އެހެން ކަމުން އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދައިދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި އަމާންކަމުގެ ސުވަރުގެއިން އަޅުވެތިކަމެއް ދެކެން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ގައުމަށް ތެދުވެރިވެ، ދީނަށް ހުރުމަތްތެރިކޮށް ހިތައި ދައުލަތަށް ވަފާތެރިވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ޝަހީދުންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޝައުބާންމަހުގެ އެއްވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަންނު

    މަނިކުފާނު އިންޑިޔާ ސިފައިން ބޭރުކުރަން ބުނި ވައުދު ފުއްދަވާފި. ރާއްޖޭގައި ތިބި ސިފައިން ބަދަލުގަ ދެން އަންނަނީ ކުލަހެދުމުގަ ތިބޭ ސިފައިން. ރާއްޖޭގަ ތިބި އިންޑިިޔާ ސިފައިން ފޮނުވާލައި ވައުދު ފުއްދާފި.

    6
    1
    • އާދަނާ

      ތިކަމުންވެސް ދިވެހި ރަޢްޔިތުން ފިލާވަޅެއް ހާސިލުކުރަން އެބަޖެހޭނޫންތޯ؟؟؟އިންޑިޔާސިފައިން އަންނިގެ ވެރިކަމުގަ މިގައުމަށް އައީ ދެއަހަރުތެރޭ ދިވެހި ޓުރެއިންކޮށްފަދާން، މިގައުމަށް ހަދިޔާކުރި ހެލިކަޕްޓަރެކޯ! އެކަމަކު މިތަނުން ފައިބަންވީމަ އެއުޅެނީ އެކިބަހަނާދަކައިގެން ނުގޮސް! އަންނި މިގައުމަށް އެމީހުން ގެނައީ ކޮންޑީލެއްހަދައިގެންތޯ ބަލާލުން މުހިންމު! ގައުމަށް ގައްދާރުވާ މީހުންނަށް ހަރުކަށިއަދަބުދޭން ގޮވާލަންވީ ވަކިކުލައަކަށްނުބަލާ!

  2. އަމިއްލަގެ

    އަމިއްލަ ގޯތި ގެދަރު ނެތް މީހުން މާލޭގައި އުޅޭ ހާލުވެސް ރައީސަށް އެގިވައިގަންނަވާ.
    ދައްކާ ކުއްޔާއި ކުލި ޖަމާކުރާގޮތްވެސް އެގިވަޑައިގަންނަވާނެ.

  3. ހަސަން

    ދިވެހިބިމަށް ކުރިން އަބަދުވެސް ހަތިޔާރުއެޅިބޭރުބަޔަކު އެތެރެވެފައިވަނީ ދިވެހިންގެއަތުން މިތަންފޭރެން! ހަތިޔާރުބޭނުންކޮށްގެން އެމީހުންގެ އަމިއްލަގައުމަށް ހިދުމަތްކުރާބަޔަކު މިތަނަށްއެތެރެވީ ކިހިނެއް؟

  4. ބަންގާޅީންގެ އަތްދަށުވިޔަސް އޯކޭ ދެއްތޯ!

    ދިވެހި ގައުމު މިއޮތީ ނުކިޔަވާ، ޖާހިލު ރަށްފުށު ހިސާބުގެ ނަތަހުޒީބު ބަންގާޅީންގެ އަތްދަށުގަ އެވެ. އޭގެން މީހެއްގެ ގައިގައި ލައިނުގަނެ މާލޭގެ މަގެއްގެމަތިން 15 ފޫޓަށް ހިނގާ ނުލެވެއެވެ. ރޭގަނޑު ވެއްޖިއްޔާ މަގުމަތީ ޕާރކް ކޮށްފައި ހުންނަ ސައިކަލުތައް މަތީގައި ސައްލާކުރަން ކޯޅިކޯޅިއަށް އެމީހުން ތިބޭނެ އެވެ. މުޅި ހިސާބުގައި އޮންނާނީ ސިނގިރޭޓް ދުމެވެ.