ރައީސް ޑރ. މުހައްމަދު މުއިއްޒު ހިޔާ ސަރަހައްދަށް ވަޑައިގެން ދެއްކެވި ހިސާބުތަކާއި އިގްތިސާދީ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކަކީ ހުސް ދޮގު ވާހަކަފުޅުތަކެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ރައްދު ދެއްވައިފިއެވެ.

މާލޭގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ސޯލިހް ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަމުން ދަނީ ހުރިހާ މަޝްރޫއެއް ހެން ހުއްޓިފައި އޮތް މަންޒަރު ކަމަށެވެ. ވެރިކަމަށް ވަޑައިގަތުމަށް ރައީސް މުއިއްޒު ވައުދުތަކެއް ވެވަޑައިގެންނެވި އިރު، އެމަނިކުފާނު ހެއްދެވީ ބޮޑު ދޮގުތަކެއް ކަމަށް ގިނަ ރައްޔިތުން މިހާރު ގަބޫލު ކުރަމުން އަންނަ ކަމުގައި ސޯލިހް ވިދާޅުވިއެވެ. އެކަމާ ދޭތެރޭގައި ޝައްކު ކުރާ އެއްވެސް މީހަކު ރާއްޖޭގައި ނެތް ކަމަށް ވިދާޅުވިއެވެ.

"އަނެއްކާ ވެސް އަޅުގަނޑުމެން ކަންބޮޑުވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ދޮގު މައްޗަށް އަނެއްކާ ވެސް ދޮގު ހަދަމުންދާތީ. އޮޅުވާލަމުން ގެންދާތީ. މިކަން އެބަޖެހޭ ހުއްޓުވަން. ސުވާލު ކުރެވެން ޖެހޭ ކޮބައިތޯ ވީ ވައުދުތައް؟ ބަޖެޓަށް ލިބުނު ފައިސާ ހަރަދު ކުރަނީ ކިހިނެއްތޯ؟ ވަޒީފާތައް ޑަޒަނުން ޑަޒަނުން ދޭ އިރުގައި އަދަދަކީ ކޮބައިތޯ؟ ހާމައެއް ނުކުރޭ،" މި ސަރުކާރުގައި 1،500 އަށް ވުރެ ގިނަ ސިޔާސީ މަގާމުތައް އުފައްދާފައިވާ ކަން ފާހަގަ ކުރައްވައި ސޯލިހް ވިދާޅުވިއެވެ.

މާލޭގައި ބޭއްވި ކެމްޕެއިން އިވެންޓު. --- ފޮޓޯ: އެމްޑީޕީ

ސޯލިހު ވިދާޅުވީ އައްޑޫ ސިޓީގައި ފަށާފައިވާ ޕްރޮޖެކްޓުތަކަކީ ފައިސާ ވެސް ހޯދައި ޕްލޭނު ކުރެވިފައި ހުރި ޕްރޮޖެކްޓުތަކެއް ކަމަށާއި އެ ޕްރޮޖެކްޓުތައް ނިމުމުން އައްޑޫގެ ރައްޔިތުންނަށް ހަމަޖެހިލައިގެން އުޅެލެވޭނެ ކަމަށެވެ. އައްޑޫގެ މަގުތަކާއި ފެނާއި ނަރުދަމާގެ މަޝްރޫއަށް ފައިސާ ދީފައި ހުރިއިރު، ގުޅިފަޅު ފަދަ ތަންތަން ހިއްކުމަށް ވެސް ފައިސާ ދީފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވި ގޮތުގައި މިދިޔަ ހޯމަ ދުވަހުގެރޭ ހިޔާ ސަރަހައްދަށް ވަޑައިގެން ރައީސް ޑރ. މުއިއްޒު ހެއްދެވި ދޮގުތައް ވަރަށް ދެރަވަރެވެ. މި ސަރުކާރުން ދޮގު ނުހަދާ ވާހަކައަކީ ނުކުރާ ކަމެއްގެ ގޮތުގައި މިހާރު ވިދާޅުވެވެން ނެތް ކަމަށް ވެސް ސޯލިހް ވިދާޅުވިއެވެ.

އެމަނިކުފާނު އެއް ކަމަކަށް ފާހަގަ ކުރެއްވީ މުޅިން އަލަށް އޭޑީބީން 75 މިލިއަން ޑޮލަރުގެ ރައީސް މުއިއްޒު ހިލޭ ހޯއްދެވި ކަމަށް ވިދާޅުވި ވާހަކައަށެވެ. ރައީސް މުއިއްޒު އެ ރޭ ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި 75 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ޕްރޮޖެކްޓެއްގައި އޭޑީބީއާ އެކު ސޮއިކޮށްފައިވާ ކަމަށާއި މި ޕްރޮޖެކްޓްގެ ދަށުން ފެނާއި ވަޔާއި ސޯލާ ޕެނަލް ބޭނުންކޮށްގެން އެކި ކަހަލަ މަޝްރޫއުތައް ހިންގާނެ ކަމަށެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން ސޯލިހް ވިދާޅުވީ އެ މަޝްރޫއަކީ މީގެ ދެ އަހަރު ކުރިން އޭޑީބީއާ މަޝްވަރާކޮށްގެން ހަމަޖެއްސި ޕްރޮޖެކްޓެއް ކަމަށެވެ. އަދި މިކަން ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވި ގޮތުގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އާ ބެހޭ ގޮތުން ވެސް ރައީސް މުއިއްޒު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. ސޯލިހް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރުގައި އެސްޑީއެފްގައި ހުރީ ދެ މިލިއަން ޑޮލަރު ކަމަށާއި މިހާރު އެ އަދަދު 35 މިލިއަން ޑޮލަރުގައި ހުންނާނެ ކަމަށް އެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ.

"ދަންނަވަންތޯ ބޮޑު ދޮގެއް، ބުހުތާނު، ބޮޑު ދޮގެއް." ސޯލިހް ވިދާޅުވިއެވެ.

ހިސާބު އަކުރުތަކުން އިދިކޮޅު އެމްޑީޕީ ލަދުގަންނަވާލި ރެއެއް؟!

ސޯލިހް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ފައިބާ ވަޑައިގެންނެވި އިރުގައި އެ ފަންޑުގައި 33 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ. އޭގެ ތެރެއިން 30 މިލިއަން ޑޮލަރަކީ ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓްކޮށްފައި ހުރި ބޭނުން އިރަކުން ނެގެން ހުރި އަދަދުތައް ކަމަށް ސޯލިހް ވިދާޅުވިއެވެ. ސޯލިހް ވިދާޅުވި ގޮތުގައި އެސްޑީއެފްގައި ހުރި ފައިސާއަކީ "ކުރިމަތީގައި އަތުރާލައިގެން" ބަހައްޓަން ޖެހޭ ފައިސާއެއް ނޫނެވެ.

"އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި އެ ފަންޑުގެ ސައިޒަކީ 1.9 ބިލިއަން ރުފިޔާ. ވެރިކަމުން ފޭބި އިރުގައި ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެކައުންޓުގައި ހުންނާނެ. މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން އެ އެކައުންޓަށް ޑޮލަރުން ފައިސާ ޖަމާ ކުރަން ފަށައިފިން. އެހެންވީމަ ނިމުނު އިރުގައި އެ އެކައުންޓްގައި 30 މިލިއަން ޑޮލަރު ހުރީ،" ކޮވިޑް-19 ގެ ތެރޭގައި އެސްޑީއެފް އެކައުންޓްގައި ހުރި ފައިސާ ނަގަން ޖެހުނު ކަން ފާހަގަ ކުރައްވައި ސޯލިހް ވިދާޅުވިއެވެ.

މާލޭގައި ބޭއްވި ކެމްޕެއިން އިވެންޓުގައި ސޯލިހް ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

ސޯލިހް ވިދާޅުވީ ޕީއެސްއައިޕީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް އޮޅުވާލާފައިވާ ކަމަށެވެ. ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރު ނިމުނު އިރުގައި ފެނާއި ނަރުދަމާ މަޝްރޫއުގެ 98 މަޝްރޫއެއް ހިނގަމުން ދިޔަ އިރު 48 ރަށުގެ މަޝްރޫއު އޮތީ ނިމުމަކާ ހިސާބުގައި ކަމަށެވެ. އެމަނިކުފާނު ވަނީ ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ހިނގަންވީ 74 ރަށުގައި ނޫން ކަން ފާހަގަ ކުރައްވައި ހުރިހާ ރަށެއްގައި އެ މަސައްކަތް ކުރުމަށް ސަރުކާރުގައި އެދިވަޑައިގެންފައެވެ.

ސޯލިހް ވިދާޅުވީ ވެރިކަމުން ފައިބާ ވަޑައިގެންނެވި އިރުގައި ބަނދަރުގެ 52 މަޝްރޫއެއް ނިންމައި 42 މަޝްރޫއު އޭރުގައި ވެސް ކުރިއަށްދާނެ ކަމަށެވެ. ސޯލިހް ވިދާޅުވީ މި ސަރުކާރުން ހަރަދު ކުރި ކަމަށް ބުނާ 1.1 ބިލިއަން ރުފިޔާގެ ތެރެއިން %70 އަކީ އެމްޑީޕީގެ ސަރުކާރުން ހޯދާފައި ހުރި ކޮންސެޝަނަލް ލޯންގެ ތެރެއިން ހިންގާފައިވާ މަޝްރޫއުތައް ކަމަށެވެ. ސޯލިހް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ވެސް 36 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށެވެ. ކުރީގެ ސަރުކާރުން ދައްކާފައި ހުރި ލޯންތަކަށް ވެސް 26 ބިލިއަން ރުފިޔާ ދައްކާފައިވާނެ ކަމުގައި ސޯލިހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. މީހާ

    ވެރިޔާ އަށް ތިނޫން އެއްޗެއް ކިޔަން އެބައިގޭތޯ ނޫނީ ދައްކާނެ ވާހަކައެއް ނެތީތޯ

    83
    1
  2. Anonymous

    ފުޅައަޅާފައިވާ ދޮގު ދޮލަނގު، ހިބަރު ވަދު ، ކާޕެޓް

    84
    1
  3. ބޯހަރު

    މިވެސް ވެރިކަން ކުރި މީހެއްދޯ... މަނިކުފާނު ރަގަޅުވާނީ ދެން އިތުރަށް ވާހަކަފުޅު ނުދެއްކެވިއްޔާ.

    91
    2
  4. ހަޖަމް

    ދޮގު ދޮގު ދޮގު ދޮގު ދޮގު ދޮގު ހުސް ދޮގު މިނޫން އެއްޗެއް ހަމަ ކިޔަން ނޭގެނީތަ ހެދި ދޮގެއް ބުނެދެވެނީކީއެއްނޫން މިމީހުންނަށް މިހާރު ޔަގީން ވާކަހަ މިހާރު ވެރިކަން ކުރާމީހާ ރަނގަޅުވީމަ ހުރިހާ ރަތްޔަތުން ތާއިދުކޮށް އިދިކޮޅު މީހުންނަން ދުވަހަކުވެސް ވެރިކަމަށް ނާދެވިދާނެހެން ވަރަށް ކެރިހުރެ ދަންނަވާލަށް މިހާރު ވެރިކަން ކުރާމީހަކީ މިހާތަނަށް މިޤައުމުގަ ވެރިކަންކުރާ އެއްމެ ރަގަނޅުމީހާ މިވާހަކަ ގަބޫލު ނުކުރެވޭނީ ސިޔާސީ މަގާމުތައް ބޭނުންވެ ސިޔާސީ މަންފާ ހޯދަންބޭނުންވާ މީހުންނާއި އެމީހުން ފަތުރާ ފިތުނައިގައިޖެހޭ އަމިއްލަ ބުއްދި ބޭނުން ނުކުރާ ގަޅިން އަދި އެހެންމީހުންނަށް ލިބޭ މަގާމުތަކާއި މަންފާއަށް ހަސަދަވެރިވާ މީހުން އެކަނި

    83
    3
    • ހުވަދު

      އެހެންނުވާނީ ނުކިޔަވާ ހުރި ޖާހިލެއްވިއްޔަ

  5. ލޯބިވާ ވަޠަން

    ސްލޯލިހް އަކީ ވ މޮޅު އިކޮނޮމިސްޓެއް އިގްތިސާދޭ ކިޔާފަ ވާހަކަދައްކަން. 5 އަހަރުކޮށްފަ ދިޔައިރު މުޅި ގައުމު ދޮވެލާފަ އޮތީ ހުސް ތޮށިގަނޑު. ލައްކަ އިގްތިސާދު ކުރިއަރުވާފަ ދިޔައީ.

    88
    2
    • އހމދ

      މަސްކޮޅުވެސް ލާރިނުދީ ކާލާފަ

  6. ހޭލާ

    މިސްރާބު ޖަހަންމަޔަށް ގެންދިއުމަށް މަޖްލިސް ބޭނުން ވަނީ

    46
  7. މާނު

    ކީރިތިކުރައްވާ ސާލިހުބެ ކުރިޔައް އޮތްފަސް އަހަރައް ކަނޑައެޅި ޟިއާރަކި (ދޮގު ހުސްގޮގު) ހައްހައްހައް ހިތްދަތިވާލެއް ބޮޑުވީމަވާގޮތް ބަލަގަ ކުރިވެރިކަން ކަމުނުދިޔާމަ ރަތްޔިތުން ބަލާއިނުގަތީ ކަން ގަބޫލު ނުވަނީތަ ކުރިވައްކަމައް ޖަވާބުދާރީ ވާން ތައްޔާރު ވެގެންހުރޭ ގޮވާލާނެ ވ އަވަހައް

    ެ

    67
    0
  8. ހަސަން ފުތާ

    ދޮގު މައްޗަށް ދޮގު އިބުރާ ކަލޭގެ ސަރުކާރުގަ ތިޔަހުރިހާފައިސާއެއް ހުރިނަމަކަ މަސްވެރިންނަށް ފައިސާދީފަ ނުވޭ ސަރުކާރުގެ މަސައްކަތް ކުރުވި އެއްވެސް ޕަބުލިކު ކުންފުންޏަ ކަށް އެއްވެސް ފައިސާއެޢް ދީފަޏުވޭ! ޕުރައިވެޓު ހޮސްޕިޓާތަކާއި ފާމަސީތަކުގެ ބިލަކަށް ފައިސާދައއކާފަނުވޭ، ދެންކޯޗެކޭތިޔަ ކިޔަނީ

    62
  9. ހަމްދު

    ނިމިދިޔަ 5 އަހަރު މަޖިލީހާ ހުރިހާ ބާރަކާ އެއްކޮއްދިނީމަ އެއްވެސް ވައުދެއް ނުފުއްދާ މިކިޔަނީ އެހެން މީހުން ދޮގުހަދާ ވާހަކަ. ކޮންމެ ވައުދެއް ވެސްވާނީ ދޮގަކައް އެނުފުއްދުނީމަ

    59
    1
  10. ހަމްދު

    އަބަދު ވެސް އެމްޑީޕީއަކީ ދޮގު ފަތުރައިގެން ވެރިކަމައް އަންނަ ބައެއް. ޔާމީނު މީހުން މަރާ މީހެކޭ މިހިރިއްޔޭ ކިތާބީހެކި ޗައިނާ ލޯނުދަންތުރައިގަ ޖައްސަނިއްޔޭ މަސްވެރިންނައް ހަމައަގު ދޭނަމޭ އަދި ޑޮލަރުންނާ ޕައުންޑުން ޖީބުތައް ފުރާލަ ދޭނަމޭ ކިޔާފަ ދިނީ ކުޑައަގު ބޮޑުކުރީވެސް ރިޔާސީ އިންތިހާބުން ފުރަތަމަ ބުރުން ބަލިވީމަ އެރުފިޔާ ކޮޅުވެސް ދިނީ މިސަރުކާރުން.

    55
  11. ދވހސކ

    މުއީޒަކީ މިހާތަނައް ވެރިކަމައް އައި މީހުނައް ވުރެން ތެދުވެރި މީހެއް ކަންޔަގީން. ބަޔަކު ސިޔާސީ މަންފާ ހޯދަން ވެގެން ދޮގު ތުހުމަތު ކޮއްގެން އަބަދުވެސް ވެރިކަމައް އަންނަނީ. އެކަމުގަ އަބަދުވެސް އުޅެނީ އަސްލު ތެދު ހަދައިގެން ކުރި ނާރާނެ ކަން އިނގޭތީ

    63
    2
  12. ޔަހޫޔާ

    ދިވެހިން ދިވެހިރާއްޖެ ހަލާކުގެ ތެރެއަށް ވައްޓާލައިފި. އޭގެ އެންމެ ބޮޑުހެކި މިއެމްޑީޕީ އާ އެފިކުރުގެ މީހުން މިގައުމުގެ ވެރިންނަށްވުން. މިއެމްޑީޕީއެއް ވެރިކަމަށްއެރި ދެފަހަރުވެސް މި ގައުމަށް ޖެއްސީ އިއާދަ ނުކުރެވޭނެ ބޮޑެތިގެއްލުން. ވެރިކަމަށްޓަކައި ދިވެހިންގެ ލޭ އޮހޮރުވާލާފަތިބި ބައިގަނޑެއް. ހައްގޭ، މިނިވަންކަމޭ، ރައްކާތެރިކަމޭ ކިޔާ ވާވައްދާ. ދިވެހިންނަށް ހެޔޮ ވިސްނުން ދެއްވާ މިރާއްޖެއަށް އަމާންކަމާ ބާއްޖަވެރިކަން ދެއްވެވުން އެދި ދުޢާ ކުުރަން.

    57
  13. އައިމަން

    އިބޫ އެހެން އެ ވިދާޅުވެވެނީ އިބޫއަށް ލަފާދިން ބަޔަކު ދީފައިވާ ލަފާގެ މައުލޫމާތަށް ބުރަވެކަމަށް ވަރަށްބޮޑަށް ބެލެވޭ، ސަބަބަކީ ހަމަ ހިސާބު ޢަދަދައް ހައްތަހާވެސް އިޝާރާތް ކުރައްވާތީ، އެއްފަރާތުން ކިޔަނީ 2 އަނެއް ފަރާތުން ބުނަނީ ނޫން، 3 ކަމަށް އެހެންވީމާ އިބޫއަށް 3 ދައްކާފައިވާކަމަށް ވަރަށްބޮޑަށް ބެލެވޭ...

    35
    2
  14. ރާއްޖެތެރެމީހަ

    ކީރިތިކުރައްވާ ، ދެންވެސް ކީރިތިކުރައްވާ ، ކުރައްވާފަ ކުރައްވާ ، މިކަލޭގަ ފަސްއަހަރު ވަންދެން ކީރިތި ކުރެއްވުން ފިޔަވާ ކުރިކަމެއް ހަރާމް .. ތިގޮތަށް ވާހަކަ ދެއްކީމަ ރައިއްޔަތުން ކުރިމަތީގަ މުންޑުބޭލެނީ ،،

  15. ޙެހެހ

    ރައްޔިތުން ބަލައިނުގަތް މީހެއްގެ ފަހަތުގައިވެސް ތިބޭނީ ބަލައިގަންނަން ނުޖެހޭވަރު މީހުން ، މިމީހުންނަކީ މިމުޖުތަމައުގެ ލަދުހަޔާތް ކަނޑާލި ބައިގަނޑު އެހެންވެ ލަދު ހަޔާތްނެތިގެން އަލުން ރައްޔިތުން ކުރިމައްޗަށް އަރާމި އަނގަތަޅަނީ ، އެމްޑީޕީއަށް ރައްޔިތުން ކޯޗެއްނުދެނީ ، 2018 ގައި ފައްޓަރުބައިވެސް ދިން އެކަމަކު ރައްޔިތުންނަށް ދިނީ ދަރަނި ބިލްތަކެއް ، ދަމުން ދިޔައީ ބިންތައްވެސް ފޭރިގަނެގެން

  16. ައަންހެންމަންޖެ

    ކެހާބޮޑުބަލާއެއް މި މީހާއަށް އަބަދުވެސް ދެއްކެނީދޮގުގެވާހަކަ އާއެހެންތާވާނީ އެހާވަރަށް އެކަންކުރެވުނީމަ މަރުމަތީގަވެސް ދޮގުގެވާހަކަ ނުދެއްކިދާނެހެނެއް ހިއެއްނުވޭ ދެރަވަރުކަންތައް
    ކުދިންނޭ ދައްކަވަންހުރިތަނެއް ދައްކަވާފަ ގެންދަވާނީ

  17. ލާބަ

    ހީހީ ހަލާކު. ހިތައް އަރަނީ ހަމަ ލަދުގަންނަން ނޭގެނީ ބާއޭ.

  18. ރެކިފުތާ

    ފަސް އަހަރު ދޮގާމަކަރުން ސަރުކާރެއް ހިންގިބަޔަކައް ކިޔާނީވެސް އެހެން. ޓޫރިޒަމް މިނިސްޓްރީގެ ޖިންސީ ފުރައްސާރަ، ޕޕމރސ ގެ 2 ވަގު 5އަހަރު ނިދާކޮޓަރީގަ ބާއްވައިގެން ކުޅުނު ޑްރާމާ، ވެންޓިލޭޓަރުގެ ވައްކަން، ކޮވިޑްގަ ގެންނަންބުނި ފްލޯޓިން ހޮސްޕިޓަލް، އިންޑިޔާ ސިފައިން މިހެންގޮސް ލިސްޓު ކިޔާނުނިމެ. އެހެންވީމަ އެވަރުގެ ބަޔަކައް ހީވާނީ ދެންތިބޭނީވެސް ހަމައެގޮތައް ކަންކުރާނެ މީހުންކަމައް.

  19. ސަރުދާރު

    ތިޔަ ތިލަފަތަށް ވޯޓު ދެވޭނީ އަދީބު ދޫލޮއްލި ސަބަބެއް ބުނި ދުވަހަކުން

  20. މެސީ1

    އެއްކަަލަ ރެއެކްޓް ނުކުރަާ ސޯލިހު ވެރިކަމުން ދުރު ކުރީމަ ހާދަ ރެއެކްޓޭ ދޯ

  21. ޑޖވ

    ސްލޯބެ ވީޑޯންޓް ނީޑް ޔޫ ބިކޯޒު ޔޫ އާރ އެކްސްޕަޔާރޑް

  22. ނައި

    ސްލޯލިހް އަކީ ވ މޮޅު އިކޮނޮމިސްޓެއް ކިޔަވާ ވިދާޅުވީ އަލްމްގިރި ޔުނިވަރސިޓީންނޯ އެބަކިޔާ

  23. ކައުންސެލަރު 🙌

    ކަލޭ ބުނިންތަ މިތާ އިންޑިޔާ ސިފައިނެއްނެތޭ. ހޭބަލި. ކާކު ދޮގުހެދީ؟ ބުރާންޗާ

  24. ފީޔާލު

    މިހާރު ތެދުހަދަނީ ކާކުކަމެއް ނޭނގުނު

  25. ހުވަދު

    ތީ ހުރިގޮތަށް ހުރި ޖާހިލެއް. ގައުމުދަވާލާފަ ގޮސްހުރި ދޮގު އިބުރޭ

  26. ޙައްޖަ

    މި ދެންކޮން ސޯލިހެއްތަ އަންނި ތަބަކައްލާފަދިނީމަ ކާލީ، މުޅިމާލޭން ބިންބަހާފަ މީ މީނަގެ ފައިސާއިން ހިއްކާފަ ހުރި ބިންތައަޅެ މީނާއައް ހައްގު އަދަބުދޭތި ނޫނީ މުއިޒް ތީ ކަމެއްވާމީހެއްކަމަށް ނުބަލާނަން

  27. މާލިކު

    ދޮގު ހުސްދޮގު ބުހުތާނުދޮގު އޮޅުވާލާއިފި މުޅިންއޮޅުވާލައިފި ތިއީހަނމަ ތެދެއް ޓުވެރިޒަމް މިނިސްޓަރު ކުރެއްވިއަމަލުގެ ނުރައްކާ އަންހެންބޭފުޅުންނައް އޮތްމިންވަރުފެނި ބުޑުތަނުން ކީރިތިކުރެއްވި ރައީސުމީހާ މިއަދުއެބޭފުޅަކު އަތުކުރީގަ ހިއްޕަވައިގެން ރައްޔިތުންގެ ކުރިމައްޗައް ވަޑައިގަތީމަ އެވާނީ ބޯބުރާންޗަކައް އެހެންނޫންތޯ ކާކައްތޯއޮޅުވާލަން ތިއުޅުއްވަނީ