އައްޑޫ ސިޓީގެ ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ނިމިގެންދާނީ 20 އަހަރަށް އައްޑޫގެ ކަރަންޓްގެ ހާލަތާ މެދު ކަންބޮޑުވާން ނުޖެހޭ މިންވަރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހިރިޔާ ސްކޫލްގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އައްޑޫގެ ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތާއެކު ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ނިމޭއިރު އައްޑޫސިޓީގެ ކަރަންޓްގެ ނެޓްވޯކް އަޕްގްރޭޑްވެގެން އެ ދަނީ 20 އަހަރު ދުވަހަށް އިރާދަކުރެއްވިއްޔާ ދެން އެކަމާ ކަންބޮޑުވާން ނުޖެހޭ މިންވަރަށް" ރައީސް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ކަރަންޓު ހިދުމަތުގެ ފެންވަރު ރަނަގަޅު ކުރުމަށް ކަރަންޓު ވިއުގައިގެ މަޝްރޫއެއްގައި ދާދިފަހުން ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް ކޯޕަރޭޝަންއާ ފެނަކަ ކޯޕަރޭޝަނުންނެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއެކު ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރެވިގެންދާނެއެވެ. މި މަޝްރޫއަށް ފައިނޭންސް ކުރާނީ ޑޮންފަންގް އިލެކްޓްރިކްއިންނެވެ.

ޑޮންފަންގް އިލެކްޓްރިކްއިން ފައިނޭންސް ކުރިނަމަވެސް މި ފައިސާ ފެނަކައިން ދައްކާ ނިންމަން ކަނޑައަޅާފައި ވަނީ 12 އަހަރު ދުވަސް ފަހުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މި މަޝްރޫއު ކުރިޔަށް ގެންދާނީ ފޭސްތަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފޭސްގައި އިންސްޓޯލް ކުރާނީ 9.8 ގެ ދެ ޖެން ސެޓާއި އަދި 5.8 ގެ ދެ ޖެން ސެޓެވެ.

އައްޑޫ ސިޓީގައި ކަރަންޓުގެ މައްސަލަ ވަރަށް ބޮޑެވެ. ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެ ރައްޔިތުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ރައީސް ވަނީ ސަރުކާރުން އައްޑޫގައި ބޮޑު 5 މަޝްރޫއު ފަށާފައިވާކަން ފާހަގަކުރައްވާ މާލެއާ އެއްފެންވަރަށް އައްޑޫ ސިޓީ ތަރައްޤީ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުއިއްޒުއާއި އެކު މަޖިލިސް

    5 އަހަރުތެރޭ ކުރެވުނު ވައްކަމެއް ކޮށްގެން ފިލަން އުޅުނު އެމްޑީޕީގެ ބަދަލުގައި ކުރިއަށް އޮތް ޖީލުތަކަށް ހިދުމަތްކޮށްދޭ ވެރިއެއް ލިބުމަކީ މިގައުމަށް ލެއްވި ރަހުމަތެއް. މުއިއްޒުގެ ވެރިކަން ދިފާއުކުރަން މާދަމާ ވޯޓުލުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއް

  2. ވިލިމާލެ ކަމަނަ

    އައްޑުގެ ހުރިހާބޭފުޅުންނޭ މުއިޒުއެވިދާޅުވަނީ ތެދުފުޅެއް އެ އަޑުފުޅު އައްސަވާ އެ އީ ވަރައްވާހަކަ އަމިއްލަ އެދުމެއް ނުތި މަސަކަތް ކުރައްވާ ތެދުވެރި ބޭފުޅެއް ސާބަހޭ ލޮބުވެތި ރައީސް އަޅުގަނޑު ސެލިއުޓް ކުަރަން

    3
    2
  3. އެކްސްވައި

    އައްޑޫގެ އާ އިންޖީނުގެއެއްއަޅާ އާ އިންޖީނުތައްބަހައްޓާ ކަރަންޓް އަޕްގްރޭގް ކުރުމުގެ މަސައްކަތަކީ ރައީސް ޔާމީން ސަރުކާރުގައި ޗައިނާއާއި ހަވާލުކޮށްފަވާ ޕޮރިޖެކްޓެއް، އެކަން ކުރިއަށް ނުގެންދެވިފައޮތީ އެކަމަށް ޗައިނާއިން ބޭނުންވިބިން އައްޑޫސިޓީ ކައުންސިލުން ނުދީ މިހާރުވެސް އާރު އޭފު ތެރޭގައި ހުރި އިންޖީނުގޭގެ ބިމުގައި އެކަން ކުރަންބުނުމުން އެކަންކުރެވެންއޮތީ ޖެހިގެންހުރި ހުސްބިމަށް އެތަނުގެ އޮފީސް އިމާރާތް ބަދަލުކޮށްގެންކަމަށްވާތީ އެކަން އަދިނުނިމިގެން އެބިން ހުސްނުކުރެވިގެން އުޅޭތީ ، ހަމަ ހައްތާ ކަނޑާފަހުރި ރިބަން އަލުންބަލުން ތިކަނޑަނީ ، ހަންކެޑެ ޕްރޮޖެކްޓްވެސް ފަށަނީ އޭކިޔާފަކެނޑީ ހަމަ އެކަހަލަ ރިބަނެއް