ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލިޔުއްވި ކީރިތި ގުރުއާނުގެ "ޚުލާސާ ތަފުސީރު" ފޮތުގެ ދެވަނަ ބައި ނެރެފިއެވެ.

އެ ފޮތުގެ ފުރަތަމަ ބައި މިދިޔަ އަހަރު ނެރުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 17 ގައެވެ. ފުރަތަމަ ބައި ނެރުމާ ގުޅިގެން ކިޔުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތައުރީފެއް ލިބުނެވެ. ދެވަނަ ބަޔަކީ ކީރިތި ގުރުއާނުގެ ހަ ވަނަ ފޮތުން ފެށިގެން 10 ވަނަ ފޮތުގެ ނިޔަލަށް ހުރި އާޔަތްތަކުގެ ޚުލާސާ ތަފްސީރެވެ. މި ބައި ޝާއިއު ކުރެވުމުން، ކީރިތި ގުރުއާނުގެ ތިންބައިކުޅަ އެއްބައިގެ ޚުލާސާ ތަފްސީރު ކިޔުންތެރިންނާ ހަމައަށް ވަނީ ގެނެސްދީފައެވެ.

މަހާޒު ވިދާޅުވީ ތިންވަނަ ބައި ވެސް އޮތީ ލިޔެ، މުރާޖައާކޮށް ނިމިފައި ކަމަށާއި މިހާރު ކުރިއަށް ދަނީ އެ ބައި ފާސްކުރުމަށް އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅުމުގެ ކުރިން އެންމެ ފަހުން ކިޔަން ޖެހޭ ކިޔުންތަކުގެ މަރުޙަލާ ކަމަށެވެ.

މަހާޒް ވިދާޅުވި ގޮތުގައި ފުރަތަމަ ބައެކޭ އެއްގޮތަށް ދެވަނަ ބައި ވެސް ނެރެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކުގައެވެ.

ޚުލާޞާ ތަފުސީރު" ދެވަނަ ވޮލިއުމް ނޮވެލްޓީގެ ބުކްޝޮޕްތަކުންނާއި އެތަނުގެ ވެބްސައިޓް މެދުވެރިކޮށް ވެސް ގަނެވޭނެއެވެ. ޖުމްލަ 446 ސޮފްހާގެ ފޮތުގެ އަގަކީ 420ރ. އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމް

    ގްރްއާން ދިވެހި ތަރުޖަމާތަށް ވަރަށް ގިނައިން ނެރެފައި ހިލޭގޭގެއަށް ލިބި އިންޓަނެޓްންވެސް ޤްރްއާނުގެ މާނަ ބެލޭއިރު ތިފޮތް ގަންނަން ޖެހެނީ އެތަރުޖަމާތަކަކީ ނުބައިކޮށް ލިޔެފައިވާ ތަރުޖަމާތަކަކީބާ!؟ ދެން ޚްލާޞާ ތަފްސީރަކީ ޤްރްއާނުގެ ކޮންމެ ލަފްޒެއްގެ މާނަލިޔެފައިވާ ފޮތެއްބާ!

    • ކޮމެންޓްކުރާމީހާ

      އެއް މައުލޫއަށް އެތައް ފޮތްތަކެއް ލިޔެފަ ހުރޭ... ހަމަ އެ ބީދައިން ތަފްސީރުތައް ވެސް ވ ގިނަ.. ހަމަ އެ ބީދައިން ތަރުޖަމާވެސް އެކި މީސް މީހުން ނު ލިޔަންވީ ކީއްވެ.. ގިނަ ދިވެހީން ވ މޮޅުވާނެ ތާކުންތާކުން ނުޖެހޭ ފާޑުކިޔަން... ދިވެހިބަހުން ލިޔެފަ، ތަރުޖަމާކޮށްފަ ހުންނަ ދީނީ ލިޔުންތައް ހާއްސަކޮށް ވ މަދު.. މީހަކު ރަނގަޅުކަމެއް ކުރަންޏާ އެކަމަށް ހިތްވަރުދިނުމުގެ ޤާބިލްކަން އަށަގެންނުވުމަށް ދަސްކުރަން އެބަޖެހޭ..