ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ވޯޓުލުން މާދަމާ ކުރިއަށްދާއިރު މާލޭގައި ބަރު އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނީ ފަސް ކެޓަގަރީއެއްގެ އުޅަނދު މާދަމާގެ ވޯޓުލުން ކުރިއަށްދާ ވަގުތު ދުއްވުން މަނާވާނެ ކަމަށެވެ.

1- C2 އަދި CO ކެޓަގަރީގެ އުޅަނދުތައް.

2- D ކެޓަގަރީގެ އުޅަނދުތައް.

3- E ކެޓަގަރީގެ އުޅަނދުތައް.

4- V ކެޓަގަރީގެ އުޅަނދުތައް.

މި އެންގުމާއި ހިލާފުވާ ފަރާތްތަކާމެދު އެއްގަމުދަތުރުފަތުރުގެ ގާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައި ވެއެވެ.

މަޖިލީސް އިންތިޚާބުގެ ވޯޓުލާ ވަގުތު 17:30 އާ ހަމައަށް ވަނީ އިތުުރުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ "ވަގުތު" އަށް ވިދާޅުވީ ވޯޓްލާ ވަގުތު އިތުރު ކުރުމަށް ނިންމީ އެ ކޮމިޝަނުން ބޭއްވި ޖަލްސާގައި ކަމަށެވެ. އެގޮތުން ވޯޓްލާ ގަޑި ހެނދުނު 8:00 އިން ހަވީރު 17:30 އަށް އިތުރު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު