މ. ރަތްމަންދޫ ކައިރި އަށް މަހަށް ގޮސް އުޅެނިކޮށް ގެއްލުން ދޯނި ހޯދާފައިވާ ކަމަށް އެމްއެންޑީއެފް އިން މިއަދު ހަވީރު ވިދާޅުވެއްޖެއެވެ.

ގެއްލިފައިވަނީ ތިން ފަޅުވެރިންނާ އެކު މަސް ބާނަން ނުކުތް "ފަރިހި 2" ނަމަކަށް ކިޔާ ދޯންޏެކެވެ. އެމްއެންޑީއެފް ކޯސްޓްގާޑް ހާބާ ކްރާފްޓް 114 ލޯންޗު ރޭގައި 23:20 އިން ފެށިގެން ދިޔައީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ދޯނި ގެއްލުނުއިރު އޭގައި ތިން މީހަކު ތިއްބެެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ގެއްލުނު ދޯނި ހޯދުމަށް އެމްއެންޑީއެފް އެއަރ ކޯރގެ ޢަަސްކަރީ ޔޫއޭވީ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ކުރަމުންދިޔަ މަސަައްކަތުން ދޯނި ހޯދާފައިވާ ކަމަށެވެ.

ޑްރޯންގެ އެހީގައި ސިފައިން ދޯނި ހޯދުމުގެ މަސައްކަތް ކުރިއަށް ދިޔައިރު ނަގާފައިވާ ފޮޓޯއެއް

އަދި ދޯނި ފެނިފައިވަނީ މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީން ހުއްޓިފަައިވަނިކޮށް ކަމަށް ވިދާޅުވިއެވެ.

ދޯނީގައި ތިބި މީހުންނާ ގުޅޭ ގޮތުން އެމްއެންޑީއެފް އިން ވިދާޅުވީ އެ ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ކުރަނީ

މަހަށް ނުކުމެ އުޅެނިކޮށް ދޯނި ގެއްލިފައިވާއިރު އެދޯނީގައި އުމުރުން 45 އަހަރާއި 25 އަހަރުގެ ދިވެހި ފިރިހެނަކާއި އިތުރު ފިރިހެނަކު ތިއްބެވެ.

ތިން ވަނަ މީހެއްގެ މައުލޫމާތެއް އަދި ނުލިބެއެވެ. އެ މީހުން ރޭ އަށެއް ޖަހާއިރު، ރަށަށް އެނބުރި އަންނާނެ ކަމަށް ބުނި ނަމަވެސް އެއްވެސް ހަބަރެއް ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި އެމީހުންގެ ފޯނަށް ނުގުޅޭ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. އަޅި އަލި

    އިންޑިއާ ސިފައިން ނުލާވެސް މިކަން ވެއެއްނު!

    89
    1
  2. ކާމިލް

    މިކަހަލަ ދަތުރުތައް ކުރާއިރު ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ދަތުރުކުރާނަމަ ދިވެހި ސަލާމަތީ ބާރުތަކުގެ ބޭކަލުންގެ އެތައް މަސައްކަތަކާއި ވަގުތުތަކާއި އަދި ދިވެހި ދައުލަތުން އެތައް ފައިސާއެއް ޚަރަދު ކުރާކަށް ނުޖެހޭނެ. ތިންމީހުން އެ އުޅަނދުގައި ތިބި އިރު އެންމެ ކުޑަވެެގެން ކަމާއިބެހޭ ފަރާތަކާއި ނުވަތަ އެހެން ކޮންމެވެސް ފަރާތަކާއި ނަމަވެސް މުވާޞަލާތު ކުރެވޭނެ ގޮތް ހުންނަންވާނެ ނޫންތޯ؟ އެވަރުވެސް ނެތީއެވެ. މި ގެއްލުނު މީހުން ނުފެނި ދިޔަނަމަ ކޮންމެވެސް ބަޔަކު ގޯސް ކުރާނީ ދިވެހި ސަރުކާރު. މިއަދު ދިވެހި ޤައުމުގެ ޙާލަތަކީ މިދެންނެވީއެވެ.

    51
    1
  3. އޭނާ

    ސާބަސް ތީޒުވާންޤާބިލްބޭފުޅުންކަންކަމައް އިސްކުމުގެފައިދާ.. ރައްޔިތުންވިސްނާނެ ތިކަހަލަކަންކަމުގަ.

    62
  4. މުއިއްޒުއާއި އެކު މަޖިލިސް

    އަލްހަމްދުލިﷲ. އިންޑިޔާގެ ދަށުނުވިއްޔާ ކުކުޅުބިސްކޮޅެއްވެސް ނުލިބޭނެޔޭ މާރިޔާމެންކި. އެކަމަކު މި ސަރުކާރުގަ މިދަނީ ހަމަ މުއިއްޒު ސްޕީޑުގަ ކުރިއަށް

    76
    1
  5. ޅަސޮރު

    ހުރިހާ ޝުކުރެއް ﷲއަށް
    ކުރެއްވި މަސައްކަތަށް ދިފާޢީބާރަށް ސާބަސް އަރިސްކުރަން

    87
    • ކަހަނބޭ

      ޢެއްވެސް ދެބަސްވުމެއް ނެތް...

      35
    • އަޙްމަދު

      ސެލިއުޓް، ސެލިއުޓް..

      13
  6. އުފާ

    އަލްހަމްދު ލިﷲ. ސަރުކާރުން ޑްރޯން ގެނައުމުގެ ފައިދާ ވަރަށްވެސް ބޮޑު. ގައުމުގެ މިނިވަންކަން ހިމާޔަތްކުރުމާ، އޮޕަރޭޝަން ތަކަށް ވަރަށް މުހިންމު ޑްރޯން.

    75
  7. ޒާ

    އަލްހަމްދު ލިއްލާހި

    60
  8. ލޮލް

    އަލްހަމްދުﷲ. ހޯދުނުކަމަށް ޚަބަރެއް ލިބެނީ ވަރަށް މަދުން. ވަރަށް އުފާވެއްޖެ

    67
    • ކަހަނބޭ

      ދެން އިރާދަކިރެއްވިއްޔާ އަބަދު ވެސް އިވޭނީ ފެންނަ އަޑު!!!

      35
  9. ވިލް

    ޝުކުރިއްޔާ ޑރ.މުއިއްޒު

    60
  10. ހަސަން

    ސާބަހޭ!

    50
  11. ޟމ

    މި ގައުމު ޖޯގްރަފިކަލީ އޮތް ތަނުގެ ގޮތުން މި ގައުމު އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް މަސައްކަތްކުރާ ގައުމުތައް އެބަތިއްބެވެ. ސަބަބަކީ އަހަރެމެން އަބަދުވެސް އެމީހުންގެ ތައްޕާހުގައި އުޅެން ޖެއްސުމެވެ.

    64
  12. ޙެހެހ

    ޝުކުރިއްޔާ ޑރ.މުއިއްޒު ، ސާބަސް ދިވެހި ސިފައިން

    56
    1
  13. ށމހ

    ސޓނޓއ

    4
    13
  14. ޢަހުމަދު ނައީމް

    ކޮބާ އެއްކަލަ އިންޑިޔާ ސިފައިންތައް؟
    މިފަހަރު ދޯނި ހޯދަން މަސައްކަތެއް ނުކުރޭތަ؟

  15. Anonymous

    މިކަމުންވެސް އެގެނީ ދިވެހީންގެ ކަނޑު ތާ އަބަދު ބޭރުގެ ބައެއްގެ އަތްމަތީ އޮތުމުގެ ބޭނުމެއްނެތްކަން..ދިވެހީންނަކީ މިއަދު ފުދުންތެރި ބައެއް....ޝުކުރިއްޔާ ޑރ މުއީޒް..

    11
  16. ހިކި ކިރު

    މި ޤަރުނުގައި ދެން ދެއްކޭނެ ކަމަށް ލަފާ ކުރެވެނީ ތިޔަ ޑްރޯނެއްގެ މޮލުކަން!

  17. ސަރަފަކައްދަ

    ދެނެއް ތިޔަ ޑްރޯނާއި ނުލައި ގެއްލޭ އެއްވެސް އެއްޗެއް ނުހޯދޭނެ ކަމަށް ލަފާ ކުރެވެނީ!

  18. އިސްމާލު

    އިންޑިޔާ މީހުން ނުލާ މިފަދަ ކަނކަން ވާއިރު ހެލްކޮޕްޓަރެއްހިފައިގެން ކީއްކުރަން ބައިތިއްބާ އިންޑިޔާ މީހުންނެއް.

    12
  19. އަލީ

    އަލްހަމްދު ލިﷲ. ސަރުކާރުން ޑްރޯން ކިތއްމެ ބޮޑުއަގެއްދީގެން ގެނައިނަމަވެސް އެއްވެސް މަސްއަލާއެއްނެތް. އެކަމަކު އެމޑީޕީ މީހުން ފަޔަށް ހިނިއަރައިގެން އުޅެނީ އެގަތް އަގުނޭގިގެން. އެމީހުނަށްނޭގޭ އިންސާނުންގެ ފުރާނައިގެ އަގެއް. ވީސެލިއުޓްޔޫ.

  20. ކުޅިކަނބިލި

    މިޤާއުމުގައި ކިޔަވައިގެންތިބި ޢިލްމީ ކެރޭ ހުނަވެރި ހިތްވަރުގަދަ އެތައްދަރިންނެއް އެބަތިބި އެކަމަކު ކީއްކުރާނީ އެންމެ އަދަބުއަޚްލާޤު ދަށް މީހުންނަށް ޤަައުމުގެ ބާރުތައް ދެމުން ދާތީ ހިތާމަކުރަންޖެހެނީ..މިހުރި ދިވެހި ޒުވާޏް ސިފައިންގެ ބޭކަލުންގެ މަސައްކަތް ﷲ ބަރަކާތްލައްވާށި. ސިސިޓަމް އެބަޖެހޭ ބަދަލުކުރަން