ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބެގޭޖުން ގަވާއިދާ ހިލާފަށް ޑޮމެސްޓިކް ޓާމިނަލް އަށް ގެންދިޔަ ދަބަހަކުން ފަސް ކިލޯގެ މަސްތުވާތަކެތި ފެނިއްޖެއެވެ.

މި މައްސަލަ އާއި ގުޅިގެން 32 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ އަކީ އެއަރޕޯޓުގައި ވަޒީފާ އަދާކުރާ މީހެކެވެ.

ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރުމުގެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ފެހިއަލި، އަލީ ހުސައިނެވެ.

އޭނާ ހައްޔަރުކޮށް ބަންދާމެދެ ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް 30 ދުވަސް ވަނީ ދީފައެވެ.

ބަންދު އަމުރުގައިވާ ގޮތުން، އިންޓަރނޭޝަނަލް ޓާމިނަލުން ގަވާއިދާ ހިލާފަށް އަލީ ޑޮމެސްޓިކަށް ގެންދިޔަ ދަބަހެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. އެގޮތުން މި މަސްތުވާތަކެތީގެ ބަރުދަނުގައި ގާތްގަނޑަކަށް ފަސް ކިލޯ ހުންނާނެ ކަމަށް އަމުރުގައިވެއެވެ.

ކޯޓުގައި އޭނާ ބުނެފައިވަނީ ލަގެޖު ދަބަހަކީ މީހަކު ބުނެގެން އޭނާ ގެންދިޔަ ދަބަހެއް ކަމަށެވެ. އަދި އޭގައި މަސްތުވާތަކެތި ހުރިކަމެއް އޭނާ އަކަށް ނޭނގޭ ކަމަށެވެ.

މީގެ އިތުރުން އޭނާ އަކީ ޑްރައިވަރެއްގެ ވަޒީފާ އަދާކުރާ މީހެއް ކަމަށްވެސް ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ލަގެޖު ދަބަސް ޑޮމެސްޓިކަށް ގެންދިޔަ ދުވަހު އޭނާގެ އަމަލުތައް ހުރީ އެއަރޕޯޓުގެ ގަވާއިދާ ހިލާފަށް، އަދި އޭނާގެ މަސްއޫލިއްޔަތުތަކާ ހިލާފަށް ކަން ހެކިތަކުން އެނގޭ ކަމަށްވެސް އަމުރުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލަކީ

    ހެހެ ހުރިހާކަމެއް ހިންގަނީ ހަމަ ތިގޮތަށް ތަނުގެ މުއަށްޒަފުން އެމީހުންނަށް ކަމިޝަނެއް ލިބޭގޮތަށް ތީހަމަ އާންމު ކަމެއް މަދުފަހަރެއްގަ ހިފެނީ މިހާރު މިގައުމުގެ ހާލަތު އޮތީ ތިހެން ހުރިހާކަމެއްވެސް މިސާލަކަށް ބައްްލަވާ ބޭރުމީހުން އެތެރެކުރުން އުމްރާޔައް މީހުން ގެންދިއުން މީ ހުސް މިގޮތަށް ދާ ކަންތައް ސަލާމް

    17
    1
  2. Anonymous

    ކަސްޓަމަށް ނޭނގި ކިހިނެއްތޯ ތިޔަ އެތެރެވަނީ
    ކީކޭ ބުނާނީ ދެން. ލާރިލިބޭތީ ޙަރާމެއް ޙަލާލެއް ނުބެލެނީ ދޯ

    20
    1
    • އަބްދުﷲ

      ދެލޯފުޅާ... ތަނެއް ދޮރެއް ނޭނގުނަސް ކޮމެންޓް ކުރަންވާނެ. ކަސްޓަމްސްގެ ސްކޭނިންގ މެޝިނާ ހަމައަށް އެތަކެތި އުފުލުމާއި، މުދާ ލޯޑު ކުރުމާއި މިކަންކަން ކުރާނީ އެއަރޕޯޓް (އެމް.އޭ.ސީ.އެލް) ސްޓާފުން. މިގޮތަށް ލަގެޖްތައް ނުގަވާއިދުން ގެންދާތީވެ މި ފަހުން ކަސްޓަމުން ވަނީ، އެއަރޕޯޓް އޭޕްރަން އޭރިއާ ސުޕަވައިޒް ކުރުމަށް ކަސްޓަމްސްގެ ވެހިކަލް ބޭނުން ކުރަން ފަށާފަ. މިހުރި ކަންކަން ހޯދައި ބަލައި ދިރާސާކޮށްފަ، ދެން ތި ކިޔާ ފަތިވަރެއް ކިޔާބަލަ. ނޫންނަމަ، މައިތިރި ވެގެން ހުރެބަލަ.

  3. ކާނާ

    ކޮންމެކަމެއް ވިޔާނުދާކޮށް ކުރާއިރައް ގައުމުގެ ވަލިއްޔުލްއަމްރު
    ނުބައިމީސް ކުރާނެ. ދެން ނުބައިމީސްވާނީ ކާކުބާ؟
    މިހާރަކީ ވަޒީފާފުރުސަތު މަދުއިރެއް. އެއާޕޯރޓްއަކީ ރަންގަޅު މުސާރަކޮޅެއްލިބޭ އަދި އެހެނިހެން އިތުރުއިނާޔާއި ކުރިއެރުން ލިބޭ ރާއްޖޭގެ ނިސްބަތުން ރަންގަޅު ކުންފުންޏެއް ،ފުރުސަތު ލިބުނީމަކުތިއައްދާން މަސައްކަތް ކުރުމުގެ ބަދަލުގަ އަމިއްލައަތުންފައިން ހަދާގޯހުން އެގެއްލެނީ ވަޒީފާ. ބޮލުގަ ތެތްކަމެއްވެސް ނުހުންނަނީ.